logo
Bank of Maldives

Bank of Maldives

ޚަބަރު

މޫސުން އާންމުގޮތެއްގައި ރަނގަޅު، ނަމަވެސް ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ: މެޓް

ޒިދާން މުޙައްމަދު
3 ޖުލައި 2026 - 13:23
މޫސުން އާންމުގޮތެއްގައި ރަނގަޅު، ނަމަވެސް ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ: މެޓް

ރާއްޖޭގެ މޫސުން ކުރިއަށް އޮތް ވަގުތުތަކުގައި އާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ލަފާކޮށްފިއެވެ. މިއަދުގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް ވައި ޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ.

މޫސުން ރަނގަޅުވި ނަމަވެސް، ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މިގޮތުން ކަނޑުގެ ރާޅުގެ އުސްމިން ހުންނާނެ ކަމަށް ބެލެވެނީ 3 ފޫޓާއި 6 ފޫޓާ ދެމެދުގައެވެ. އެހެންކަމުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަކީ މުހިންމު ކަމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުނޯސް ނަކަތުގެ މޫސުން

ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ދެމިގެންދާ "ފުނޯސް" ނަކަތަކީ ހުޅަނގު މޫސުމުގެ ހަތްވަނަ ނަކަތެވެ. މިއީ އާންމުގޮތެއްގައި ގިނަ ކޮޅިގަނޑުތައް ނަގާ، ވައި ބާރުވެފައި ކަނޑުތައް ގަދަ ނަކަތެކެވެ. މި ނަކަތުގައި ވައި ހުންނާނީ ސީދާ ހުޅަނގުގައެވެ. އަދި ކުއްލިއަކަށް ވައި ބާރުވުމަކީ މި ނަކަތުގައި ވަރަށް ގިނައިން ދިމާވާ ކަމެކެވެ.

ފުނޯސް ނަކަތުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވައި ޖެހޭ ބާރުމިން އެވްރެޖްކޮށް ހުންނަނީ ގަޑިއަކު 18.52 ކިލޯމީޓަރުގައެވެ. އަދި މި ނަކަތުގައި އެވްރެޖްކޮށް 2.41 އިންޗީގެ ވާރޭ ވެހޭއިރު، އަވިދޭ ވަގުތުގެ ދިގުމިން އުޅެނީ 102.9 ގަޑިއިރުގައެވެ. މަސްވެރިކަމަށް ބަލާއިރު، މި ނަކަތުގައި މަސްވެރިކަން އާދައިގެ ވަރަކަށް ރަނގަޅުވާނެ ކަމަށް ބެލެވެއެވެ.

މި ނަކަތަށް ތަފާތު ބަސްބަހުން އެކި ނަންނަން ކިޔައި އުޅެއެވެ. އެގޮތުން ހިންދޫން މި ނަކަތަށް "ޕުނަރުވާސޫ" ކިޔާއިރު، އޭގެ މާނައަކީ ރަނގަޅު ނުވަތަ ތޫނުފިލިއެވެ. އަރަބި ބަހުން މި ނަކަތަށް "އައްދިރާ" ކިޔާއިރު، ސިންހަޅަ ބަހުން ކިޔަނީ "ޕުނަވަސަ" އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޫސުން އާންމުގޮތެއްގައި ރަނގަޅު، ނަމަވެސް ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ: މެޓްޚަބަރު | 2 ގަޑިއިރު ކުރިންޕެސިފިކް ކަނޑުގައި އެލްނީނޯ އުފެދިފައިވާތީ ރާއްޖޭގެ މޫސުމަށް ކުރާނެ އަސަރުތައް ބަލަން ފަށައިފިޚަބަރު | 4 ދުވަސް ކުރިންމުޅި ރާއްޖެ އަށް މޫސުމް ގޯސްވެ، ބައެއް ސަރަހައްދުތަކަށް ހުދު ސަމާލު ނެރިފިޚަބަރު | 5 ދުވަސް ކުރިންވެސްޓްޕާކް ސަރަހައްދު ކަނޑަށް ކޮންޓޭނަރުތަކެއް ވެއްޓި، އޮޔާދަނީޚަބަރު | 5 ދުވަސް ކުރިން