logo
Bank of Maldives

Bank of Maldives

ޚަބަރު

ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބު 131 ރަށެއްގައި ބާއްވަނީ

ޒިދާން މުޙައްމަދު
4 ޖުލައި 2026 - 11:05
ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބު 131 ރަށެއްގައި ބާއްވަނީ

ކުރިއަށް އޮތް ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދާއިރާތަކުގެ އިންތިހާބު ރާއްޖޭގެ 131 ރަށެއްގައި ކުރިއަށްދާނެ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.

ޕީއެންސީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން ހާމަކުރެއްވީ އެ ޕާޓީގެ އިންތިހާބާ ބެހޭ ކޮމިޓީގެ ފަރާތުން ވާހަކަދައްކަވަމުން ޕާޓީގެ ތަރުޖަމާނު އަދި ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފިރުޒުލް ވިދާޅުވި ގޮތުގައި މި އިންތިހާބަކީ ވަރަށް ވާދަވެރި އިންތިހާބަކަށް ވާނެއެވެ. 131 ރަށު ދާއިރާއެއްގައި ވޯޓުލުން ކުރިއަށްދާކަމީ އެ ރަށްތަކުގައި ޕާޓީގެ ތެރޭގައި އޮތް ވާދަވެރިކަން ހާމަކޮށްދޭ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިشنްގެ ދަފްތަރުގައި ޕީއެންސީގެ މެންބަރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

vlcsnap-2026-07-04-16h08m38s628.png

ވޯޓާސް ލިސްޓާއި ރީ-ރަޖިސްޓްރޭޝަން

ޕާޓީގެ ވެބްސައިޓް މެދުވެރިކޮށް މިހާރު ވޯޓާސް ލިސްޓް ބަލާލެވޭނެ ކަމަށާއި، ލިސްޓަށް ޝަކުވާ ހުށަހެޅުމާއި ރީ-ރަޖިސްޓްރޭޝަންގެ ފުރުސަތު ޕާޓީގެ ޕޯޓަލް މެދުވެރިކޮށް މިހާރު ވަނީ ހުޅުވާލާފައެވެ. އަތޮޅުތަކުގެ އިތުރުން މާލޭގައި ވެސް ވޯޓުލުން ކުރިއަށްދާނެ ކަމަށާއި، އިންތިހާބުގެ އިދާރީ ކަންކަން ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ދާއިރާތަކުގެ ރައީސުން ހޮވުން

މި އިންތިހާބުގައި ދާއިރާތަކުގެ ރައީސުން ހޮވަނީ ޕީއެންސީގެ މަޖިލިސް މެންބަރުން ނެތް ދާއިރާތަކަށެވެ. މަޖިލިސް މެންބަރުން ތިއްބަވާ ދާއިރާތަކުގެ ރައީސުންގެ މަގާމު ފުރުއްވާނީ އެ މެންބަރުންނެވެ. ޕީއެންސީން ބުނި ގޮތުގައި ދާއިރާތަކުގެ އިންތިހާބަށްފަހު، ޕާޓީގެ މަތީ މަޖިލިސް ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 15 އިން 18 އަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބު 131 ރަށެއްގައި ބާއްވަނީޚަބަރު | 2 ގަޑިއިރު ކުރިންއައްޑޫ ލިންކް ރޯޑް މަޝްރޫއު ކުރިއަށްދާ ގޮތް ކޮންގްރެސް ޕާޓީގެ ލީޑަރޝިޕުން ބައްލަވާލައްވައިފިޚަބަރު | މަހެއް ކުރިންޕީއެންސީގެ އައު އޮފީސް: ރާއްޖޭގެ ސިޔާސީ ޕާޓީއަކުން މިހާތަނަށް ގާއިމުކުރި އެންމެ ހައިބަތު ބޮޑު އިދާރާ!ޚަބަރު | 6 މަސް ކުރިންޕީއެންސީގެ އޮފީހަކީ އެންމެ ފުރިހަމަ ގޮތުގައި ސިޔާސީ ޕާޓީއެއް ހިންގޭނެ ފަދަ ވަޞީލަތެއް: ރައީސް ޑރ. މުޢިއްޒުޚަބަރު | 6 މަސް ކުރިން