logo
Bank of Maldives

Bank of Maldives

ޚަބަރު

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނުކަމަށް ތުހުމަތުވާ 6 މީހަކު ހައްޔަރުކޮށްފި

ޒިދާން މުޙައްމަދު
4 ޖުލައި 2026 - 11:11
ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނުކަމަށް ތުހުމަތުވާ 6 މީހަކު ހައްޔަރުކޮށްފި

މާލެ ސަރަހައްދުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ހަމަނުޖެހުން ހިންގަން ރާވަމުންދިޔަ ކަމުގެ ތުހުމަތުގައި ފުލުހުން ހަ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި، މާލެއާއި ހުޅުމާލޭގައި މާރާމާރީ ހިންގަން އުޅޭކަމުގެ މައުލޫމާތު ލިބިގެން، ކޯޓު އަމުރެއްގެ ދަށުން ރައިވެރި ހިނގުމުގައި ހުރި ގެސްޓް ހައުސަކާއި އެ ސަރަހައްދު ވަނީ ފާސްކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 21 އަހަރާއި 34 އަހަރާ ދެމެދުގެ ހަ ދިވެހި ފިރިހެނުންނެވެ. އޭގެ ތެރޭގައި 30 އަހަރުގެ ދެ މީހަކާއި، 21 އަހަރުގެ މީހަކާއި، 23 އަހަރުގެ މީހަކާއި، 32 އަހަރުގެ މީހެއްގެ އިތުރުން 34 އަހަރުގެ މީހަކު ހިމެނެއެވެ.

ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭގެ ތެރެއިން ހަތަރު މީހަކަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ޖަހާފައެވެ. ނަމަވެސް ބާކީ ތިބި ދެ މީހުން ކޯޓުން ދޫކޮށްލާފައިވަނީ ވަކި ޝަރުތުތަކެއް ކުރުމަށްފަހުގައެވެ.

މި މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނުކަމަށް ތުހުމަތުވާ 6 މީހަކު ހައްޔަރުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންރާއްޖޭގެ ދާހިލީ ސަލާމަތަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ މަސްތުވާތަކެތި: ދާޚިލީ ވަޒީރުޚަބަރު | 6 ގަޑިއިރު ކުރިންފުލުހުންގެ ހަގީގީ ކާމިޔާބީއަކީ ރައްޔިތުންގެ އިތުބާރާއި ހިނިތުންވުން: ސީޕީޚަބަރު | 2 ދުވަސް ކުރިންފުލުހުންގެ އަސާސީ ތަމްރީން ކޯހުން 140 އޮފިސަރުން ދަސްވެނިވެއްޖެޚަބަރު | 2 ދުވަސް ކުރިން