logo
Bank of Maldives

Bank of Maldives

ޚަބަރު

ސަޢޫދީ ޢަރަބިއްޔާގެ ވަފުދު، ރައީސްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ޒިދާން މުޙައްމަދު
6 ޖުލައި 2026 - 11:27
ސަޢޫދީ ޢަރަބިއްޔާގެ ވަފުދު، ރައީސްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ދިވެހިރާއްޖެއަށް ޒިޔާރަތްކުރައްވަމުންގެންދަވާ ސަޢޫދީ ޢަރަބިއްޔާގެ ވަފުދު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިއަދު ހެނދުނު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރެއްވި މި ޒިޔާރަތުގައި، ސަޢޫދީ ޢަރަބިއްޔާގެ ވަފުދާއެކު، އެ ޤައުމުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ޔަޙްޔާ ޙަސަން އަލްޤަޙްޠާނީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދާއި، ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހްދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު، ދިވެހިރާއްޖެއާ މެދު ގެންގުޅުއްވާ ދީލަތިކަމާއި ދިވެހިރާއްޖޭގެ އިޤުތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ދެއްވާ އެއްބާރުލެއްވުމުގެ އަގުވަޒަންކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސަޢޫދީ ޢަރަބިއްޔާގެ ވަފުދުން ވަނީ، ދިވެހި ސަރުކާރާއި ދިވެހިރާއްޖެއިން ދެންނެވި ހޫނު މަރަޙަބާއަށާއި ބެހެއްޓެވި މެހުމާންދާރީއަށް ޝުކުރުއަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ޤައުމުންވެސް ވަނީ، ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ، އުޚުއްވަތްތެރި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ޝައުޤުވެރިކަން ދެ ޤައުމުންވެސް ހިއްސާކުރައްވާކަން ހާމަކުރައްވާފައެވެ.

ދައުލަތުގެ ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްވެރިންވެސް، މިއަދުގެ ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަޢޫދީ ޢަރަބިއްޔާގެ ވަފުދު، ރައީސްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިޚަބަރު | 2 ގަޑިއިރު ކުރިންހިޔާ ފްލެޓްތަކުގައި ލިފްޓް އިތުރުކުރުމުގެ މަޝްރޫޢުއެއްކޮށް ނިންމާލައިފިޚަބަރު | ދުވަހެއް ކުރިންރާއްޖެ-އެމެރިކާ ގުޅުން ދެމެހެއްޓިފައި ވަނީ ސުލްޙައާއި ތަނަވަސްކަން ކުރިއެރުވުމަށް ގުޅިގެން ކުރާ މަސައްކަތުގެ ސަބަބުން: ރައީސްޚަބަރު | 2 ދުވަސް ކުރިންކުށުގެ މާހައުލުގައި އުޅޭ ކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމަށް ދާއިމީ ޙައްލެއް ހޯދައިދޭނަން: ރައީސްޚަބަރު | 3 ދުވަސް ކުރިން