logo
Bank of Maldives

Bank of Maldives

ވިޔަފާރި

ސީ-ޓު-އެއަރ ކާގޯ ޚިދުމަތަށް ބޮޑު ކުރިއެރުމެއް: ނިމިދިޔަ މަހު 335 ޓަނުގެ މުދާ ބޭރުކޮށްފި

ޒިދާން މުޙައްމަދު
6 ޖުލައި 2026 - 17:34
ސީ-ޓު-އެއަރ ކާގޯ ޚިދުމަތަށް ބޮޑު ކުރިއެރުމެއް: ނިމިދިޔަ މަހު 335 ޓަނުގެ މުދާ ބޭރުކޮށްފި

ކަނޑުމަގުން ރާއްޖެއަށް ގެންނަ މުދާ ވައިގެ މަގުން ރީ-އެކްސްޕޯޓް ކުރުމަށް ފަށާފައިވާ 'ސީ-ޓު-އެއަރ' ކާގޯ ޚިދުމަތުގެ ދަށުން ނިމިދިޔަ މަހު 335 ޓަނުގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ. މިއީ މި ޚިދުމަތް ފުޅާވަމުންދާކަން ހާމަކޮށްދޭ މުހިންމު ކުރިއެރުމެކެވެ.

އެމްޕީއެލްގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ މަހު ބޭރުކުރި މުދަލަކީ ގާތްގަނޑަކަށް 65 ކޮންޓެއިނަރު (ޓީއީޔޫސް) އެވެ. މި މުދާތައް ދުނިޔޭގެ 7 ޤައުމަކަށް ފޮނުވާފައިވަނީ ބައިނަލްއަޤްވާމީ 4 އެއާލައިނެއް މެދުވެރިކޮށެވެ. މި މަސައްކަތުގައި ބައިވެރިވެފައިވާ އެއާލައިންތަކަކީ ޤަތަރު އެއަރވޭސް، ޓާކިޝް އެއަރލައިންސް، ސަޢުދިއާ އަދި އެމިރޭޓްސް އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިދިޔަ މޭ މަހު މި ޚިދުމަތުގެ ދަށުން ފޮނުވާފައިވަނީ 162 ޓަނުގެ މުދަލެވެ. އެހެންކަމުން، ނިމިދިޔަ މަހުގެ އަދަދުތަކަށް ބަލާއިރު މިއީ 102 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. 2024 ވަނަ އަހަރުގެ މޭ މަހު ރަސްމީކޮށް ފެށި މި ޚިދުމަތަކީ އެމްޕީއެލް އާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ސީ-ޓު-އެއަރ ކާގޯ ޚިދުމަތަކީ ކަނޑުމަގުން ރާއްޖެއަށް އެތެރެވާ މުދާ، ޓްރާންސިޓް މުދަލުގެ ގޮތުގައި ވައިގެ މަގުން ދުނިޔޭގެ އެކި މަންޒިލްތަކަށް ފޮނުވުމަށް ދެވޭ ޚިދުމަތެކެވެ. ދުނިޔޭގެ ގިނަ ޤައުމުތަކެއްގެ އިޤްތިޞާދަށް ބޮޑު އާމްދަނީއެއް ލިބޭ މިފަދަ ވިޔަފާރިތަކަކީ ރާއްޖެއަށް ވެސް އޭގެ ނަފާ ބޮޑު ކަމެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.

ރާއްޖެއަށް ގިނަ އަދަދެއްގެ ބައިނަލްއަޤްވާމީ އެއާލައިންތައް ދަތުރުކުރަމުންދާތީ، މި ޚިދުމަތް އިތުރަށް ފުޅާކޮށް ރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރުމުގެ ބޮޑު ފުރުޞަތެއް އޮތްކަން ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސީ-ޓު-އެއަރ ކާގޯ ޚިދުމަތަށް ބޮޑު ކުރިއެރުމެއް: ނިމިދިޔަ މަހު 335 ޓަނުގެ މުދާ ބޭރުކޮށްފިވިޔަފާރި | ގަޑިއިރެއް ކުރިން