logo
Bank of Maldives

Bank of Maldives

ވިޔަފާރި

އެމްޕީއެލްއިން މިދިޔަ ހަފުތާ 1870 ކޮންޓެއިނަރ ކްލިއާ ކުރި

އައިޝަތު ނަޝާ
7 ސެޕްޓެމްބަރު 2026 - 08:10
އެމްޕީއެލްއިން މިދިޔަ ހަފުތާ 1870 ކޮންޓެއިނަރ ކްލިއާ ކުރި

މޯލްޑިވްސް ޕޯރޓްސް ލިމިޑެޓް، އެމްޕީއެލުން މިދިޔަ ހަފުތާ އެކަނިވެސް 1870 ކޮންޓެއިނަރ ކްލިއާ ކޮށްފައިވާކަމަށް އެކުންފުނީގެ ތަފާސްހިސާބު ތަކުން ދައްކައިފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޑެޓުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ހުސްްވި އޮގަސްޓް މަހުގެ 30 އިން މިމަހުގެ 5 އާ ހަމައަށް ، ކޮންޓެއިނަރު އުފުލާ ބޯޓުފަހަރާއި މުދާ އުފުލާ ބޯޓުފަހަރުން ވެސް ކޮންޓެރިނަރ ވަނީ ކްލިއާ ކޮށްފައެވެ. އެގޮތުން، 1471 ކޮންޓެއިނަރު އުފުލާ ބޯޓުފަހަރާއި، 399 އާންމު މުދާ އުފުލާ ބޯޓުފަހަރުން ގެނައި 'ކޮންސައިންމަންޓްސް' ނުވަތަ ވިއްކުމުން ފައިސާ ދައްކާ ގޮތަށް ބަހައްޓާ މުދާ ހިމެނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation


މި މުއްދަތުގެ ތެރޭގައި ކްލިއަރެންސް ދިން މިންވަރަށް ބަލާއިރު ޖުމުލަ 45،672.31 ޓަނުގެ މުދާ ކްލިއާ ކޮށްފައިވެއެވެ. އެގޮތުން ކޮންޓެއިނަރު އުފުލާ ބޯޓުފަހަރުން .2543،134 ފްރައިޓް ޓަން ވަނީ ކްލިއާ ކޮށްފައެވެ. އަދި އާންމު މުދާ އުފުލާ ބޯޓުފަހަރުން 2،538.06 ފްރައިޓް ޓަންގެ މުދާ ވަނީ ކްލިއާ ކޮށްފައެވެ.

މާލޭ ވިޔަފާރި ބަނދަރަށް މިދިޔަ ހަފުތާގައި އައި ބޯޓުފަހަރުގެ އަދަދަށް ބަލާއިރު ކޮންޓެއިނަރ އުފުލާ 3 ބޯޓާއި، އާންމު މުދާ އުފުލާ 5 ބޯޓު އައިސްފައިވެއެވެ. ފުރި އުޅަނދުތަކަށް ބަލާއިރު، ކޮންޓެއިނަރ އުފުލާ 4 ބޯޓާއި އާންމު މުދާ އުފުލާ 5 ބޯޓު މާލޭ ވިޔަފާރި ބަނދަރުން ފުރާފައިވެއެވެ.

ކޮންޓެއިނަރުގެ ތަފާސްހިސާބަށް ބަލާއިރު ބޭލި ކޮންޓެއިނަރުގެ އަދަދަކީ، 1667 އެވެ. އަދި ބޭރުކުރި ކޮންޓެއިނަރުގެ އަދަދަކީ، 1957 އެވެ. ޖުމްލަ އޮޕަރޭޝަންއަކީ 3624 ކަމަށް އެމްޕީއެލްގެ ތަފާސްހިސާބުތަކުން ދައްކައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޕީއެލްއިން މިދިޔަ ހަފުތާ 1870 ކޮންޓެއިނަރ ކްލިއާ ކުރިވިޔަފާރި | 3 ގަޑިއިރު ކުރިންތިލަފުށްޓަށް ޕޯޓް ބަދަލު ކުރުމުން ވިޔަފާރިތަކަށް ލިބޭ ލުއިފަސޭހައާ ބެހޭ ގޮތުން މަޝްވަރާ ކޮށްފިޚަބަރު | މަހެއް ކުރިންސީ-ޓު-އެއަރ ކާގޯ ޚިދުމަތަށް ބޮޑު ކުރިއެރުމެއް: ނިމިދިޔަ މަހު 335 ޓަނުގެ މުދާ ބޭރުކޮށްފިވިޔަފާރި | 2 މަސް ކުރިން