logo
Bank of Maldives

Bank of Maldives

ދުނިޔެ

ކައި ޓްރަމްޕްގެ އިންސްޓަގްރާމް ފޮޓޯތަކާއެކު، ޓްރަމްޕްގެ ސިއްހީ ހާލަތާ މެދު ބޮޑެތި ސުވާލުތަކެއް އުފެދިއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
7 ޖުލައި 2026 - 11:25
ކައި ޓްރަމްޕާއި ބައްޕާފުޅު ޓްރަމްޕް އަދި ޓްރަމްޕްގެ ސިއްހީ ހާލަތު ފެންނަ އަތްޕުޅު
ކައި ޓްރަމްޕާއި ބައްޕާފުޅު ޓްރަމްޕް އަދި ޓްރަމްޕްގެ ސިއްހީ ހާލަތު ފެންނަ އަތްޕުޅު

އެމެރިކާގެ މިނިވަން ދުވަސް ފާހަގަކުރުމަށް ޖުލައި 4 ވަނަ ދުވަހު ބޭއްވި ހަރަކާތްތަކުގެ ތެރެއިން، ޑޮނަލްޑް ޓްރަމްޕްގެ ކާފަ ދަރިފުޅު ކައި ޓްރަމްޕް ސޯޝަލް މީޑިއާއަށް ދޫކޮށްލި ފޮޓޯތަކަކާ ގުޅިގެން، ރައީސް ޓްރަމްޕްގެ ސިއްހީ ހާލަތާ މެދު އާންމުންގެ މެދުގައި ބޮޑެތި ސުވާލުތަކެއް އުފެދިއްޖެއެވެ.

ކައި ޓްރަމްޕް އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯތަކުގެ ތެރެއިން ރައީސް ޓްރަމްޕާއެކު ނަގާފައިވާ ފޮޓޯއެއްގައި، އޭނާގެ އަތުގެ ކުލަ އާދަޔާ ހިލާފަށް ތަފާތުކޮށް ހުރުމުން ގިނަ ބައެއްގެ ސަމާލުކަން ވަނީ އެއަށް ހުއްޓިފައެވެ. ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވާ ގޮތުގައި، ޓްރަމްޕްގެ އަތުގައި ހުރި ނޫފައިގަތުމާއި ލަކުނުތައް ފޮރުވުމަށްޓަކައި "ކޮންސީލަރ" ނުވަތަ މޭކަޕް ބޭނުންކޮށްފައިވާކަން ވަރަށް ސާފުކޮށް ފެންނަން ހުއްޓެވެ. މިއީ ފަހަކަށް އައިސް ޓްރަމްޕް ބައިވެރިވި އެކި ހަފްލާތަކުގައި އޭނާގެ އަތުން ފެންނަމުންދާ ނިޝާންތަކާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތައް އިތުރަށް ގަދަވެގެންދިޔަ ކަމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

Capture.PNG

ކައި ޓްރަމްޕާއި ބައްޕާފުޅު ޓްރަމްޕް އަދި ޓްރަމްޕްގެ ސިއްހީ ހާލަތު ފެންނަ އަތްޕުޅު

 

މިކަމާ ގުޅޭގޮތުން ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ޓްރަމްޕްގެ އަތުގައި ހުންނަ ލަކުނުތައް ފޮރުވުމަށް އޭނާ ގަވާއިދުން މޭކަޕް ބޭނުންކުރެއެވެ. މިފަދަ ނޫފައިގަތުންތައް އަތުގައި އުފެދެނީ އޭނާ ކޮންމެ ދުވަހަކު ބޭނުންކުރާ 325 މިލިގްރާމްގެ އެސްޕިރިންގެ ސަބަބުން ކަމަށް ރިޕޯޓްތައް ބުނެއެވެ. މިއީ ޑޮކްޓަރުން އާންމުކޮށް ލަފާދޭ މިންވަރަށް ވުރެ އިތުރު މިންވަރެކެވެ. މީގެ އިތުރުން، ދުވާލެއްގެ މައްޗަށް އެތައް ސަތޭކަ ބަޔަކާ ސަލާމްކުރުމުގެ ސަބަބުން އަތުގެ މަސްތަކަށް ލިބޭ ގެއްލުމާއި، އުމުރުން ދުވަސްވުމުގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތަކަކީ ވެސް މިކަމަށް މެދުވެރިވާ ސަބަބުތައް ކަމަށް މެޑިކަލް މާހިރުން ފާހަގަކުރެއެވެ.

މި ފޮޓޯތަކުގެ އިތުރުން، ހަވާއެރުވުމުގެ ހަރަކާތްތައް ކުރިއަށްދިޔަ ވަގުތު ޓްރަމްޕް ލޯ މަރައިގެން އިން މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ވަނީ އާންމުވެފައެވެ. މި ވީޑިއޯއާއެކު، އުމުރުން 80 އަހަރާ ގާތްވެފައިވާ ޓްރަމްޕްގެ ހަށިގަނޑުގައި ހަކަތަ ހުރި މިންވަރާ މެދު ގިނަ ބަޔަކު ދަނީ ބަހުސްކުރަމުންނެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެ ވަގުތު ޓްރަމްޕަށް އޮތީ ނިދިފައެވެ.

Capture.PNG

ޓްރަމްޕްގެ ސިއްހީ ހާލަތު ފެންނަ އަތްޕުޅު

 

ވައިޓް ހައުސްއިން މި ހުރިހާ ވާހަކަތަކެއް ދޮގުކުރެއެވެ. އޮފިޝަލުން ވިދާޅުވާ ގޮތުގައި ޓްރަމްޕްގެ ސިއްހީ ހާލަތު ރަނގަޅެވެ. އަދި އަތުގައި ހުންނަ ނިޝާންތަކަކީ ހަމައެކަނި އެސްޕިރިން ބޭނުންކުރުމާއި ގިނަ ބަޔަކާ ބައްދަލުކޮށް ސަލާމްކުރުމުގެ ސަބަބުން ދިމާވާ ކަންކަމެވެ.

މިނިވަން ދުވަހުގެ މި ހަރަކާތަކީ ގޯސް މޫސުމުގެ ސަބަބުން ބައެއް މެދުކެނޑުންތައް އައި ނަމަވެސް، ވަރަށް ގިނަ ބަޔަކު ބައިވެރިވި ހަރަކާތެކެވެ. ކައި ޓްރަމްޕް ހިއްސާކުރި އާއިލީ އުފާވެރި ފޮޓޯތަކުގެ ބަދަލުގައި، އާންމުންގެ ސަމާލުކަން ބޮޑަށް ހުއްޓުނީ ރައީސް ޓްރަމްޕްގެ ސިއްހީ ހާލަތު ހުރި ގޮތުގެ މައްޗަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްކުގެ މައްޗަށް ކުރި ޓްވިޓާ އޮޅުވާލުމުގެ ހުކުމް ދަމަހައްޓަން ކޯޓަކުން ނިންމައިފިދުނިޔެ | ގަޑިއިރެއް ކުރިންކައި ޓްރަމްޕްގެ ފޮޓޯތަކާއެކު، ޓްރަމްޕްގެ ސިއްހީ ހާލަތާ މެދު ބޮޑެތި ސުވާލުތަކެއްދުނިޔެ | 2 ގަޑިއިރު ކުރިންޖަޕާނާ ގުޅުންހުރި 10 އުޅަނދެއް ހޮރްމޫޒް ކަނޑުއޮޅިން ނުކުމެއްޖެދުނިޔެ | ދުވަހެއް ކުރިންއެމެރިކާގެ 250 ވަނަ މިނިވަން ދުވަހުގެ ޙަފްލާގައި ޓްރަމްޕް ދެއްކެވީ ބާރުވެރިކަން، އޯގާތެރިކަމެއް ނޫން: ބޮޑީ ލޭންގުއޭޖް އެކްސްޕާޓްދުނިޔެ | ދުވަހެއް ކުރިން