logo
Bank of Maldives

Bank of Maldives

ޚަބަރު

ޕާސްޕޯޓު ހެއްދުމަށް އޭއައި ބޭނުންކޮށްގެން އެޑިޓްކޮށްފައިވާ ފޮޓޯ ހުށަނޭޅުމަށް އިމިގްރޭޝަނުން އަންގައިފި

ޒިދާން މުޙައްމަދު
7 ޖުލައި 2026 - 17:46
ޕާސްޕޯޓު ހެއްދުމަށް އޭއައި ބޭނުންކޮށްގެން އެޑިޓްކޮށްފައިވާ ފޮޓޯ ހުށަނޭޅުމަށް އިމިގްރޭޝަނުން އަންގައިފި

ޕާސްޕޯޓު ހެއްދުމަށް ހުށަހަޅާ ފޮޓޯތަކަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ނުވަތަ އެނޫންވެސް ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ބަދަލުތައް ގެނެސްފައިވާ ފޮޓޯތަކަކަށް ނުވުމަށް މޯލްޑިވްސް އިމިގްރޭޝަނުން އިލްތިމާސްކޮށްފިއެވެ.

އިމިގްރޭޝަނުން މީސްމީޑިއާގައި ހާމަކުރެއްވި ގޮތުގައި، އޭއައި ބޭނުންކޮށްގެން އެޑިޓްކޮށްފައިވާ ފޮޓޯތައް ހުށަހެޅުމަކީ ޕާސްޕޯޓަށް ކަނޑައަޅާފައިވާ ރަސްމީ މިންގަނޑުތަކާ ފުށުއަރާ ކަމެކެވެ. ޕާސްޕޯޓަކީ މީހާގެ އައިޑެންޓިޓީ ކަށަވަރުކޮށްދޭ ރައްކާތެރިކަމުގެ މުހިންމު ލިޔުމަކަށްވާތީ، މިފަދަ ލިޔުންތަކަށް އެދި ހުށަހަޅާއިރު މިކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެ މުއައްސަސާއިން ވަނީ އެދިވަޑައިގެންފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަހަކަށް އައިސް ފޮޓޯގެ ފެންވަރު ރަނގަޅުކުރުމަށާއި ސިފައަށް ބަދަލުތައް ގެނައުމަށް އޭއައި ޓެކްނޮލޮޖީ ބޭނުންކުރުން ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ. ނަމަވެސް، ރަސްމީ ބޭނުންތަކަށް ހުށަހަޅާ ފޮޓޯތަކަށް މިފަދަ ބަދަލުތައް ގެނައުމަކީ ސަލާމަތީ ގޮތުން ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް އިމިގްރޭޝަނުން ފާހަގަކުރެއެވެ.

މީގެ އިތުރުން، މިފަދަ ފޮޓޯތައް ހުށަހެޅުމުން ފޯމު ބާތިލުވެ، ޕާސްޕޯޓު ލިބުން ލަސްވުމުގެ ފުރުސަތު އޮންނާނެކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އެހެންކަމުން ޕާސްޕޯޓަށް އެދި ހުށަހަޅާއިރު، އެ އިދާރާގެ މިންގަނޑުތަކަށް ފެތޭ އަސްލު ފޮޓޯ ހުށަހެޅުމަށް ވަނީ އިރުޝާދު ދީފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕާސްޕޯޓު ހެއްދުމަށް އޭއައި ބޭނުންކޮށްގެން އެޑިޓްކޮށްފައިވާ ފޮޓޯ ހުށަނޭޅުމަށް އިމިގްރޭޝަނުން އަންގައިފިޚަބަރު | 2 ގަޑިއިރު ކުރިން ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ތިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށްޚަބަރު | 20 ދުވަސް ކުރިންއިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޝަމްޢާން 25 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފިޚަބަރު | މަހެއް ކުރިންރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 7 ބިދޭސީން ހޯދައިފިޚަބަރު | މަހެއް ކުރިން