logo
Bank of Maldives

Bank of Maldives

ޚަބަރު

ދިވެހި ލިޔުންތެރިން ވާންޖެހޭނީ ޙައްޤުބަސް ފަތުރާ، ޤައުމު ފަޚުރުވެރިވާނެ ފަދަ އަމާނާތްތެރި ބަޔަކަށް: ރައީސް

އައިޝަތު އިނާޝާ
8 ޖުލައި 2026 - 06:13
ދިވެހި ލިޔުންތެރިން ވާންޖެހޭނީ ޙައްޤުބަސް ފަތުރާ، ޤައުމު ފަޚުރުވެރިވާނެ ފަދަ އަމާނާތްތެރި ބަޔަކަށް: ރައީސް

ދިވެހިރާއްޖޭގެ 34 ވަނަ ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ދިވެހި އެންމެހައި ލިޔުންތެރިންނަށާއި ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުންތަކާއި ތަހުނިޔާ ފޮނުއްވައިފިއެވެ.

މި ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާތްވެގެންވާ އިސްލާމްދީނަކީ އުނގަންނައިދިނުމާއި، ތެދު މަޢުލޫމާތު ފެތުރުމުގެ އިތުރުން ލިޔުންތެރިކަން ކުރިއެރުވުމަށް ބާރުއަޅާ ދީނެއް ކަމަށެވެ. އެހެންކަމުން، ދިވެހިބަހުން ލިޔުއްވާ ކޮންމެ ލިޔުންތެރިއަކުވެސް ޙައްޤުބަސް ފެތުރުމަށާއި، ރީތިކޮށް މުޚާޠަބުކުރުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ތިމާއަށާއި އަނެކުންނަށް މިއަދާއި މާދަމާވެސް ފައިދާކުރާނެ ރަނގަޅު ވާހަކަތަކާއި ފިކުރުތައް ފެތުރުމަށް ނަސޭހަތްތެރިވަން." ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ރައީސް ވިދާޅުވިގޮތުގައި، ދިވެހި ލިޔުންތެރިން ވާންޖެހޭނީ މި ޤައުމު އަބަދުމެ ފަޚުރުވެރިވާނެ އަދި ޤައުމަށް ފާގަތިވާނެ ގޮތަށް ލިޔާ، އަމާނާތްތެެރި، ޤައުމުދެކެ ލޯބިވާ ބަޔަކަށެވެ.

ރައީސްގެ ގެ ޕޯސްޓު ނިންމަވާލައްވަމުން ވަނީ، ދިވެހި ޤައުމުގެ އެހާރާއި މިހާރުގެ ލިޔުންތެރިން ކުރައްވާފައިވާ އަދި ކުރައްވަމުންދާ ތެދުވެރި މަސައްކަތްތަކުގައި ބަރަކާތްލެއްވުން އެދި ދުޢާކުރައްވާފައެވެ.

ރާއްޖޭގައި ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 8 ވަނަ ދުވަސް ފާހަގަކުރަމުންދަނީ ލިޔުންތެރިންގެ ދުވަހުގެ ގޮތުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގިރިފުށީ ބިންހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފިޚަބަރު | 11 ގަޑިއިރު ކުރިންސިފައިންގެ އަސާސީ ތަމްރީން ކޯސް ނިންމި 2 ބެޗެއްގެ ދަރިވަރުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިޚަބަރު | 16 ގަޑިއިރު ކުރިން"އައްޑުއަތޮޅު ހަންކެޑެ" ތަރައްޤީކޮށް، ފަތުރުވެރިކަން ފުޅާކުރުމަށް ކުންފުންޏެއް އުފައްދަވައިފިޚަބަރު | 16 ގަޑިއިރު ކުރިންދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު 66 ފަރާތަކަށް ދިނުމަށް ނިންމައިފިޚަބަރު | 2 ދުވަސް ކުރިން