logo
Bank of Maldives

Bank of Maldives

ޚަބަރު

ޔުނިސެފުން ރާއްޖެއަށް 28,000 މީސަލްސް އެމްއާރް ވެކްސިން ޑޯޒު ހަދިޔާކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
8 ޖުލައި 2026 - 19:38
ޔުނިސެފުން ވެކްސިން ހަދިޔާކުރުން، ފޮޓޯ: ހެލްތް މިނިސްޓްރީ
ޔުނިސެފުން ވެކްސިން ހަދިޔާކުރުން، ފޮޓޯ: ހެލްތް މިނިސްޓްރީ

ޔުނައިޓެޑް ނޭޝަންސް އިންޓަރނޭޝަނަލް ޗިލްޑްރަންސް އެމަޖެންސީ ފަންޑް (ޔުނިސެފް) އިން ރާއްޖެއަށް 28,000 މީސަލްސް ރުބެއްލާ (އެމްއާރް) ވެކްސިން ޑޯޒާއި ސިއްޙީ ބައެއް ސާމާނު މިއަދު ހަދިޔާކޮށްފިއެވެ.

މި ތަކެތި ހަދިޔާކުރުމަށްޓަކައި މިއަދު މިނިސްޓްރީ އޮފް ހެލްތުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، މިކަމާ ގުޅޭ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޞިއްޙަތާއި، ޢާއިލާއާއި، އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީއެވެ. ޔުނިސެފްގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމްޢިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އެޑްވާޑް އަޑާއީއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، ޔުނިސެފުން ވެދެއްވި މި ދީލަތި އެހީއަކީ ރާއްޖޭގައި މިހާރު ފެތުރެމުންދާ މީސަލްސާއި ދެކޮޅަށް ކުރާ މަސައްކަތުގައި ލިބުނު ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށެވެ. އަދި މިއީ ދެ ފަރާތުގެ ދެމެދުގައި އޮތް ވަރުގަދަ ގުޅުން ރަމްޒުކޮށްދޭ ކަމެއްކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، މިހާތަނަށް ހިންގި ވެކްސިން ޕްރޮގްރާމްގެ ދަށުން 5,400 އަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފައިވެއެވެ. އަދި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ލެބޯޓްރީ ޓެސްޓްތައް އިތުރުކުރުމާއި، ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާކަން ފާހަގަކުރައްވައި، ސިއްޙީ ދާއިރާގެ މުވައްޒަފުން ކުރައްވާ ބުރަ މަސައްކަތަށް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.

ވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވީ، މީސަލްސްގެ އެއްވެސް އަލާމާތެއް ހުރި މީހެއްނަމަ ވީހާވެސް އަވަހަކަށް ވެކްސިން ޖެހުމަށް އިލްތިމާސް ކުރައްވަމުންނެވެ. މިއީ އަމިއްލަ ނަފްސާއި، އާއިލާ އަދި މުޖުތަމައުގެ ރައްކާތެރިކަމަށްޓަކައި ކުރަންޖެހޭ މުހިންމު ކަމެއްކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ޔުނިސެފްގެ އިތުރުން، ދާދިފަހުން އިންޑިއާ ސަރުކާރުންވެސް ވަނީ ރާއްޖެއަށް 20,000 ޑޯޒުގެ މީސަލްސް ވެކްސިންއާއި 3 ޓަނުގެ ސިއްޙީ އާލާތްތައް ހަދިޔާކޮށްފައެވެ.

ރާއްޖެއިން ހިމަބިހީގެ ކޭސްއެއް މެއި މަހު ފެނުނު ފަހުން މިހާތަނަށް 121 މީހުން ވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 55 މީހަކަށް ބަލިޖެހިފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބަލި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްގެންދާއިރު، މިހާތަނަށް ޖުމްލަ 5,495 މީހުންނަށް ވެކްސިން ދީފައިވާ ކަމަށް އެ އެޖެންސީން މަޢުލޫމާތުދެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔުނިސެފުން ރާއްޖެއަށް 28,000 މީސަލްސް އެމްއާރް ވެކްސިން ޑޯޒު ހަދިޔާކޮށްފިޚަބަރު | ގަޑިއިރެއް ކުރިންއެންސްޕާގެ ކޯލް ސެންޓަރެއް އައްޑޫގައި ގާއިމްކޮށްފިޚަބަރު | 8 ދުވަސް ކުރިން "ނޭޝަނަލް ފެމިލީ މީޑިއޭޝަން ޓްރެއިނިންގ އޮފް ޓްރެއިނާސް" ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިޚަބަރު | 9 ދުވަސް ކުރިންޤައުމީ ފެމިލީ މީޑިއޭޝަން ތަމްރީނު ޕްރޮގްރާމް ފަށައިފިޚަބަރު | 18 ދުވަސް ކުރިން