logo
Bank of Maldives

Bank of Maldives

ޚަބަރު

ޤަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

އައިޝަތު ނަޝާ
12 ޖުލައި 2026 - 09:51
ޤަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ޤަޠަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އަލް-ޘާނީ، އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

މީސްމިޑީއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޤަޠަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އަލް-ޘާނީ އަވާހަރަވުމާއި ގުޅިގެން، އެކަމުގައި ހިތާމައިގެ ބައިވެރިވާ ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ، ޤަތަރުގެ ކުރީގެ އަމީރަކީ ދުރުވިސްނޭ ޚިކުމަތްތެރި ލީޑަރެއް ކަމަށާއި ޤަތަރުގެ ތަރައްޤީ ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ފަރާތެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތައުޒިޔާގެ މެސެޖުގައި ޤަތަރުގެ މިހާރުގެ އަމީރު ޝެއިޙް ތަމީމް ބިން ޙަމަދު އަލް-ޘާނީގެ ބައްޕާފުޅު އަވާހަރަވުމާއި ގުޅިގެން ޤަތަރު ޝާޚީ ޢާއިލާއަށާއި، ސަރުކާރާއި ރައްޔިތުންނަށް ވަނީ ތައުޒިޔާ ވިދާޅުވެފައެވެ. އަދި ޝައިޚް ޙަމަދު ބިން ޚަލީފާ އަލް-ޘާނީއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކޮށްދެއްވުން އެދި ދުޢާ ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ޤަޠަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އަލް-ޘާނީ އަވަހާރަވީ، އުމުރުފުޅުން 74 އަހަރުގައެވެ. މި ހިތާމަވެރި ޚަބަރު އެ ޤައުމުގެ އަމީރުގެ ރަސްމީ އޮފީހުން ކަށަވަރު ކޮށްދީފައިވަނީ، ޖުލައި 12 ވަނަ ދުވަހުއެވެ. އެ މަނިކުފާނު ޤަޠަރުގެ ވެރިކަން ކުރައްވާފައިވަނީ، 1995 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޤަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެޚަބަރު | 2 ގަޑިއިރު ކުރިންޞިއްޙީ އޮނިގަނޑުތައް ދެމެހެއްޓުމަށް، ޒުވާނުންގެ ޞިއްޙަތަށް ވުނަކުރުމަކީ ލާޒިމު ކަމެއް: ރައީސްޚަބަރު | ދުވަހެއް ކުރިން ފުޓްސަލް ދަނޑެއް ނެތް ދިއްދޫގައި ދަނޑެއް ތަރައްގީކޮށްދިނީ މި ސަރުކާރުން، ޒުވާނުންގެ ހުވަފެން ހަގީގަތަކަށް ޚަބަރު | ދުވަހެއް ކުރިންއިޙްތިރާމް ކުރުން އަށަގެންނެވުމުގެ ޤައުމީ ކެމްޕެއިން: ދިވެހި ޤައުމިއްޔަތު ދިރުވުމަށް އެޅޭ މުހިއްމު ފިޔަވަޅެއްރިޕޯޓް | 2 ދުވަސް ކުރިން