logo
Bank of Maldives

Bank of Maldives

ރިޕޯޓް

އިޙްތިރާމް ކުރުން އަށަގެންނެވުމުގެ ޤައުމީ ކެމްޕެއިން: ދިވެހި ޤައުމިއްޔަތު ދިރުވުމަށް އެޅޭ މުހިއްމު ފިޔަވަޅެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
10 ޖުލައި 2026 - 18:26
އިޙްތިރާމް ކުރުން އަށަގެންނެވުމުގެ ޤައުމީ ކެމްޕެއިން:  ދިވެހި ޤައުމިއްޔަތު ދިރުވުމަށް އެޅޭ މުހިއްމު ފިޔަވަޅެއް

ދިވެހި މުޖުތަމަޢަކީ ޒަމާނުއްސުރެ އެކަކު އަނެކަކަށް އިޙްތިރާމްކުރުމާއި، އޯގާތެރިކަމާއި، އަދަބުވެރިކަމުގެ މަތިވެރި ސިފަތަކެއް ލިބިފައިވާ ބައެކެވެ. ނަމަވެސް، ފަހަކަށް އައިސް ދިވެހިންގެ ތެރެއިން މި ރީތި އާދަތައް ނެތެމުންދާކަމީ ހިތާމަހުރި ކަމެކެވެ. މިކަން ހައްލުކޮށް، ދިވެހިންގެ އައިޑެންޓިޓީ ނުވަތަ އަމިއްލަވަންތަކަން ހިފެހެއްޓުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޙްތިރާމް ކުރުން އަށަގެންނެވުމަށް ޤައުމީ ބޮޑު ކެމްޕެއިނެއް ފެށުމަށް ނިންމަވާފައެވެ. މި ނިންމެވުމާއެކު މި ކެމްޕޭން ފެއްޓެވުމަށް ނިންމެވި ސަބަބުތަކާއި، މި ކެމްޕޭނުން ހާސިލްވާނެ ކަންކަމާއި، މި ކެމްޕޭނުން ނެރެން ބޭނުންވާ ނަތީޖާ އެމަނިކުފާނު ވަނީ ވިދާޅުވެދެއްވާފައެވެ. ރައީސްގެ މި ވާހަކަފުޅުގެ މުހިންމު ބައިތަކަށް ބަލާއިރު،

އިޙްތިރާމް ކުރުމުގެ މުހިއްމުކަމާއި އައިޑެންޓިޓީ

Ad by Hajj Corporation

Ad by Hajj Corporation

ކޮންމެ ޤައުމެއްގެވެސް އެންމެ ބޮޑު ރައުސްމާލަކީ އެ ޤައުމެއްގެ ރައްޔިތުންގެ މެދުގައި އޮންނަ އަޚުލާޤީ މިންގަނޑުތަކެވެ. ދިވެހިންގެ އައިޑެންޓިޓީ ބިނާވެފައިވަނީ އިސްލާމީ އަޚުލާޤާއި، ދިވެހި ބަހާއި، ސަޤާފަތުގެ މައްޗަށެވެ. މީގެ ތެރެއިން އެންމެ މުހިއްމު އެއް ބަހާއަކީ އެކަކު އަނެކަކަށް އިޙްތިރާމް ކުރުމެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ގެއްލެމުންދާ ދިވެހިވަންތަކަން އަލުން އާލާކުރުމަށެވެ. އިޙްތިރާމް ކުރުމަކީ ހަމައެކަނި ބަހަކުން ބުނެލާ ބަހެއް ނޫނެވެ. އެއީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅީގެ ތެރެއިން ފެންނަންޖެހޭ އަސާސީ ސިފައެކެވެ.

ސިޔާސީ އޮއެވަރާއި އިޖުތިމާޢީ އަޚުލާޤު

ރާއްޖެއަށް އައި ސިޔާސީ ބަދަލުތަކާއި، ސިޔާސީ އޮއެވަރު ވަރުގަދަވުމުގެ ސަބަބުން މުޖުތަމަޢުގެ އަޚުލާޤީ މިންގަނޑަށް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ. ކުރިން އަވައްޓެރިންނަށާއި، ޚާއްޞަކޮށް އިސްރަށްވެހިންނަށް ކުރަމުން އައި އިޙްތިރާމް ވަނީ ކުޑަވެފައެވެ. ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން އެކަކު އަނެކަކަށް ބަދުބަސް ބުނުމާއި، އިޙްތިރާމް ކުޑަކުރުން ވަނީ އާދައަކަށް ވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ފަދައިން، ސިޔާސީވުމަކީ އިޙްތިރާމް ކުރުން ހުއްޓާލުމެއް ނޫނެވެ. ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތަކުން މިކަމުގައި ނަމޫނާ ދައްކަންޖެހެއެވެ.

ޤައުމީ ކެމްޕެއިންގެ މަޤްޞަދާއި ބައިވެރިވުން

މި ފެށޭ ޤައުމީ ކެމްޕެއިންގެ މައިގަނޑު މަޤްޞަދަކީ ދިވެހިންގެ ތެރޭގައި އޮތް ރީތި އާދަތައް އަލުން ދިރުވައި، އިޙްތިރާމް ކުރާ މުޖުތަމަޢެއް ބިނާކުރުމެވެ. މިއީ ހަމައެކަނި ސަރުކާރުގެ މުއައްސަސާތަކުން ކުރާ ކަމެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި، ހުރިހާ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، އަމިއްލަ ފަރުދުން ބައިވެރިވާ ވަށާޖެހޭ މަސައްކަތަކަށް ހެދުމަށް ވަނީ ނިންމަވާފައެވެ. ޚާއްޞަކޮށް، އިސްރަށްވެހިންގެ ތަޖުރިބާއާއި އެހީތެރިކަން މި ކެމްޕެއިންގައި ބޭނުންކުރުމަކީ މި މަސައްކަތް ކާމިޔާބުވުމަށް އޮތް ބޮޑު ބާރެކެވެ.

ދިވެހި ޤައުމިއްޔަތު ދިރުވުމަށް އެޅޭ މުހިއްމު ފިޔަވަޅެއް

ޖުމްލަކޮށް ބަލާއިރު، އިޙްތިރާމް ކުރުން އަށަގެންނެވުމަށް ފަށާ ޤައުމީ ކެމްޕެއިނަކީ ދިވެހި ޤައުމިއްޔަތު ދިރުވުމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ. އަޅުގަނޑުމެންގެ އައިޑެންޓިޓީ ހިމާޔަތްކުރަން ބޭނުންނަމަ، އަލުން އިޙްތިރާމް ކުރާ ބަޔަކަށް ވާންޖެހެއެވެ. މިއީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެކެވެ. މި ކެމްޕެއިންގެ ސަބަބުން، ދިވެހި މުޖުތަމަޢަކީ އެކަކު އަނެކަކަށް އިޙްތިރާމްކުރާ، އަޚުލާޤީ ގޮތުން ނަމޫނާ މުޖުތަމަޢަކަށް ވެގެންދާނެ ކަމީ ޔަޤީން ކަމެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިޙްތިރާމް ކުރުން އަށަގެންނެވުމުގެ ޤައުމީ ކެމްޕެއިން: ދިވެހި ޤައުމިއްޔަތު ދިރުވުމަށް އެޅޭ މުހިއްމު ފިޔަވަޅެއްރިޕޯޓް | 2 ގަޑިއިރު ކުރިންޑރ. ފަޒުނާ ނިޔާވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެޚަބަރު | ދުވަހެއް ކުރިންއިޙްތިރާމްކުރުމުގެ ރީތި އާދަ އަލުން ދިރުވުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ޚާއްޞަ ކެމްޕެއިނެއް ފަށަނީޚަބަރު | ދުވަހެއް ކުރިންބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވައިފިޚަބަރު | ދުވަހެއް ކުރިން