logo
Bank of Maldives

Bank of Maldives

ޚަބަރު

ޑރ. ފަޒުނާ ނިޔާވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

އައިޝަތު އިނާޝާ
9 ޖުލައި 2026 - 18:53
ޑރ. ފަޒުނާ ނިޔާވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ކުޑަކުދިން ހެދިބޮޑުވާގޮތް ބަލައި ފަރުވާ ދިނުމުގެ ދާއިރާއިން ޚާއްޞަ ސްޕެޝަލިސްޓެއްގެ ގޮތުގައި ރާއްޖޭގައި ޚިދުމަތްކޮށްދެއްވަން ފެށްޓެވި ފުރަތަމަ ދިވެހި ޑޮކްޓަރު، މަރްޙޫމާ ޑރ. އާމިނަތު ފަޒުނާ ނިޔާވުމުގެ ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައި، ޑރ. ފަޒުނާ އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގެން، ފަޒުނާގެ ޢާއިލާއަށް ވަނީ ތަޢުޒިޔާ ފޮނުއްވާފައެވެ. އަދި މީގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލާއި، އައި.ޖީ.އެމް.އެޗްގެ ހުރިހާ މުވައްޒަފުންނަށާއި، ރާއްޖޭގެ ޞިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކަށްވެސް ރައީސް ވަނީ އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ މަރްޙޫމާ ޑރ. އާމިނަތު ފަޒްނާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލަހައްޓެވުން އެދި ދުޢާ ދަންނަވަމުންނެވެ.

"މަރްޙޫމާ ޑރ. އާމިނަތު ފަޒްނާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލަހައްޓަވާށި! އާމީން،" ރައީސް ވިދާޅުވިއެވެ.

ޑރ. އާމިނަތު ފަޒުނާއަކީ ކުޑަކުދިންގެ ހެދިބޮޑުވުމުގެ އެކި މައްސަލަތަކާއި (އޯޓިޒަމް އަދި އޭ.ޑީ.އެޗް.ޑީ ފަދަ ކަންކަން) ދެނެގަނެ ފަރުވާދިނުމުގައި ރާއްޖޭގައި އެންމެ ފުރަތަމަ ސުޕަޝެލިސްޓް ފެންވަރުގައި ޚިދުމަތް ދެއްވަން ފެއްޓެވި ފާހަގަކޮށްލެވޭ ޤާބިލު ޑޮކްޓަރެކެވެ. ފަޒުނާ ނިޔާވިއިރު އުމުރަކީ 47 އަހަރެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

''ޤައުމު ހަލަބޮލިކޮށް، ހަމަނުޖެހުން އުފައްދައިފިނަމަ އިޤްތިޞާދު ބޮޑު އަދަވަޅަކަށް ވެއްޓި، ތަކުލީފު މުޅި ރައްޔިތުންނަށް''ރިޕޯޓް | 17 ގަޑިއިރު ކުރިންސަރުކާރު ކުންފުނިތަކަށް ބިން ދެވޭ ގޮތަށް ގަވާއިދު އިސްލާހު ކޮށްފިޚަބަރު | 2 ދުވަސް ކުރިންއުކުޅަސް ދަތުރުފުޅަށް ފަހު، ރައީސް މާލެ ވަޑައިގެންފިޚަބަރު | 2 ދުވަސް ކުރިންއުކުޅަހު ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް މިމަސްތެރޭގައި ފަށަނީޚަބަރު | 2 ދުވަސް ކުރިން