logo
MPL

MPL

ޚަބަރު

ފުޓްސަލް ދަނޑެއް ނެތް ދިއްދޫގައި މި ސަރުކާރުން ދަނޑެއް ތަރައްގީކޮށްދީ ޒުވާނުންގެ ހުވަފެން ހަގީގަތަކަށް ހަދައިދީފި

މުހައްމަދު މޫސާމުހައްމަދު މޫސާ
11 ޖުލައި 2026 - 06:13
ދިއްދޫގައި ތަރައްގީކުރި ފުޓްސަލް ދަނޑު
ދިއްދޫގައި ތަރައްގީކުރި ފުޓްސަލް ދަނޑު

އދ. ދިއްދޫގެ ތާރީޚުގައި މުޅިން އަލަށް ތަރައްގީކުރި ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައި، އެ ރަށުގެ ޒުވާނުން ގިނަ އަހަރުތަކެއް ވަންދެން ކުރަމުން އައި އުންމީދުތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުލަޖައްސަވައިދެއްވައިފިއެވެ.

މިކަމާ ގުޅިގެން ދަނގެތީ ދާއިރާގެ މެމްބަރު ޢަބުދުﷲ ރަޝީދު (އަވަސް އަބުޅޯ) ވިދާޅުވީ، ދިއްދޫގެ ތާރީޚުގައި ވެސް މުޅިން އަލަށް ފުޓްސަލް ދަނޑެއް އަޅައި، މިއަދު އެ ދަނޑު ރަސްމީކޮށް ހުޅުވިގެން ދިޔުމުން، އެކަމަށްޓަކައި ރައީސް ޑރ. މުޢިއްޒަށް ޚާއްސަ ޝުކުރެއް ދަންނަވާ ކަމަށެވެ. މިއީ އެ ރަށުގެ ޒުވާނުން ވަރަށް ގިނަ އަހަރުތަކެއް ވަންދެން ދެކެމުން އައި ވަރަށް ބޮޑު ހުވަފެނެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދިއްދޫއަކީ މީގެކުރިން ފުޓްބޯޅަ ނުވަތަ ފުޓްސަލް ކުޅޭނެ އެއްވެސް ވަސީލަތެއް ނެތް ރަށެކެވެ. އެ ރަށުގެ ޒުވާނުން މިހާތަނަށް ކުޅެމުން އައި ހަމައެކަނި ކުޅިވަރަކީ ވޮލީއެވެ. ނަމަވެސް އެހެން ރަށްތަކެކޭ އެއްފަދައިން ފެންވަރު ރަނގަޅު ފުޓްސަލް ދަނޑެއް އޮތުމަކީ ދިއްދޫގެ ޒުވާނުންގެ ވަރަށް ބޮޑު އެދުމެކެވެ.

 

View post on Twitter

 

މެމްބަރު ޢަބުދުﷲ ރަޝީދު ވިދާޅުވި ގޮތުގައި، މި އުންމީދު ހަގީގަތަކަށް ހަދައިދިނީ ރައީސް މުޢިއްޒު ސަރުކާރުންނެވެ. މިއީ ދިއްދޫގެ ޒުވާނުންގެ އިތުރުން ހުރިހާ އުމުރުފުރައެއްގެ ރައްޔިތުން ވެސް އިންތިހާއަށް އުފާކުރާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ރޭގަނޑު ވެސް ކުޅިވަރު ކުޅެވޭ ގޮތަށް ލައިޓްތަކާއެކު ފުރިހަމައަށް ތަރައްގީކޮށްފައިވާ މި ދަނޑުގެ މަސައްކަތް ނިންމައި ހުޅުވައިދެއްވި ކަމަށްޓަކައި، ރައީސް ޑރ. މުޢިއްޒުގެ އިތުރުން ކުޅިވަރާ ބެހޭ ވަޒީރު ޢަބުދުﷲ ރާފިޢު އަށާއި އެމްޓީސީސީގެ ސީއީއޯ އަށް ވެސް މެމްބަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް އަރިހަށް ސައުތު އޭޝިއަން ޔުނިވަރސިޓީގެ ރައީސް، ޒިޔާރަތް ކުރައްވައިފިޚަބަރު | 5 ގަޑިއިރު ކުރިންފަލަސްތީނުގެ މިނިވަންކަމަށް އަބަދުވެސް ވަކާލާތުކުރާނަން: ރައީސްޚަބަރު | 12 ގަޑިއިރު ކުރިންއިހާނެތިކޮށް ހިތުމާއި މީހުން ނުރުހޭ ވަނަންތައް ކިޔުމާ ދުރުހެލިވެ ތިބެން ޖެހޭ: ރައީސްޚަބަރު | 14 ގަޑިއިރު ކުރިންއިހްތިރާމުކޮށް ގަދަރުކުރާ މުޖުތަމައެއް ބިނާކުރަންޖެހޭ: ރައީސްޚަބަރު | ދުވަހެއް ކުރިން