ރައީސުލްޖުމްހޫރިއްޔާ މަތީ އަރުތަވެރިންގެ އިނާމުގެ ފަހު ދަންފަޅި ޝަރަފްވެރި ކޮށްދެއްވައިފި
13 ޖުލައި 2026 - 04:39

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، "މަތީ އަރުތަވެރިންގެ އިނާމު 2025"ގެ ފަސްވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައިފި އެވެ.
މި އިނާމުގެ ދިނުމުގެ ޖަލްސާ ކުރިޔަށް ގެންގޮސްފައި ވަނީ ހުޅުމާލޭގައި ހުންނަ ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަންގަ ހޯލްގަ އެވެ. މި އިނާމު ދިނުގެ ހަފުލާ ފަސް ދަންފަޅި އަކަށް ބަހާލާފައިވާއިރު ދެ ދުވަހަށް ދިގު ދެމިގެން ދިޔަ އެވެ. ރޭގައި ބޭއްވި އެންމެ ފަހު ދަންފަޅީގައި، ޘާނަވީ އަދި މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުގެ ވަކި ވަކި މާއްދާތަކުން މުޅި ރާއްޖެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށާއި، ޘާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން "ހައި އެޗީވްމަންޓް އެވޯޑު" ހޯދި ދަރިވަރުންނަށާއި، ޘާނަވީ އިމްތިޙާނުން "އައުޓްސްޓޭންޑިންގ ޕިއަރސަން އެވޯޑް" އަދި މަތީ ޘާނަވީ އިމްތިޙާނުން "އައުޓްސްޓޭންޑިންގ ކެމްބްރިޖް ލަރނަރ އެވޯޑް" އާއި "ހައި އެޗީވަރޒް ސްކޮލަރޝިޕް" ހޯދި ދަރިވަރުންނަށް އިނާމު ހަވާލުކުރައްވާފަ އެވެ. މީގެ ތެރެއިން އެންމެ ޝަރަފުވެރި އެވޯޑުތައް ހާސިލުކުރި ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

Ad by Hajj Corporation
މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމުން، އެމަނިކުފާނަށް އޮނަރ ގާޑެއް ވަނީ އަރުވާފައެވެ. އަދި، ދަރިވަރުން ވަނީ އެމަނިކުފާނަށް މަރުޙަބާ ދަންނަވައި ހަނދާނީ ހަދިޔާއެއް ދެއްވާފަ އެވެ.


