logo
Bank of Maldives

Bank of Maldives

ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި ރައީސް ޤަޠަރަށް

އައިޝަތު އިނާޝާ
13 ޖުލައި 2026 - 05:56
ރަސްމީ ދަތުރުފުޅެއްގައި ރައީސް ޤަޠަރަށް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ޤަޠަރަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނިގޮތުގައި މިއީ ގަތަރުގެ ކުރީގެ އަމީރު، ޝެއިހް ހަމަދު ބިން ހަލީފާ އަލް ސާނީ އަވަހާރަވުމާއި ގުޅިގެން، އެމަނިކުފާނުގެ ދަރިކަލުން ގަތަރުގެ މިހާރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އަލް ތާނީ އާއި ޝާހީ އާއިލާއަށް އިހުތިރާމް ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަވަހާރަވި ކުރީގެ އަމީރުގެ ހަނދާނުގައި ޝާހީ ޢާއިލާއިން ކުރިއަށްގެންދާ ހިތާމައިގެ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، ބޭރު ޤައުމުތަކުގެ އެހެން ޢިއްޒަތްތެރިންވެސް ޤަޠަރަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ޤަޠަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އަލް-ޘާނީ އަވަހާރަވީ، އުމުރުފުޅުން 74 އަހަރުގައެވެ. އެ މަނިކުފާނު ޤަޠަރުގެ ވެރިކަން ކުރައްވާފައިވަނީ، 1995 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރަށެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޤަޠަރުގެ ކުރީގެ އަމީރު، އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ނިންމަވައިފިޚަބަރު | 38 މިނިޓު ކުރިންރަސްމީ ދަތުރުފުޅެއްގައި ރައީސް ޤަޠަރަށްޚަބަރު | 2 ގަޑިއިރު ކުރިންރައީސުލްޖުމްހޫރިއްޔާ މަތީ އަރުތަވެރިންގެ އިނާމުގެ ފަހު ދަންފަޅި ޝަރަފްވެރި ކޮށްދެއްވައިފިޚަބަރު | 3 ގަޑިއިރު ކުރިންބަންގްލަދޭޝްއަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން ރައީސް ތަޢުޒިޔާއާއި ހަމްދަރުދީޚަބަރު | 15 ގަޑިއިރު ކުރިން