logo
Bank of Maldives

Bank of Maldives

ޚަބަރު

140 ބައިވެރިނާއެކު، ޒުވާން ޚަޠީބު ތަމްރީން ޕްރޮގުރާމުގެ ފަސް ވަނަ ބުރުގެ އިންޓަވިއު ފަށައިފި

އައިޝަތު އިނާޝާ
13 ޖުލައި 2026 - 07:02
140 ބައިވެރިނާއެކު، ޒުވާން ޚަޠީބު ތަމްރީން ޕްރޮގުރާމުގެ ފަސް ވަނަ ބުރުގެ އިންޓަވިއު ފަށައިފި

ޒުވާން ޚަޠީބު ތަމްރީން ޕްރޮގުރާމުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި 160 ފަރާތަކުން ބައިވެރިވުމަށް އެދި ފޯމު ހުށައަޅައިފިއެވެ.

ފޯމު ހުށައެޅި 160 ފަރާތުގެ ތެރެއިން މި ޕްރޮގުރާމުގައި ބައިވެރިވުމަށް ޝަރުތުހަމަވާ 140 ފަރާތުގެ އިންޓަވިއު އިއްޔެ ވަނީ ފަށާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޒުވާން ޚަޠީބު ތަމްރީން ޕްރޮގުރާމުގެ ފަސް ވަނަ ބުރުގައި ރާއްޖޭގެ ހުރިހާ އަތޮޅަކުން ކުދިން ބައިވެރިވެފައިވާއިރު، މާލެއާއި އައްޑޫ ސިޓީ ފިޔަވާ އެހެން އަތޮޅުތަކުގައި ތިބި ކުދިންގެ އިންޓަވިއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ.

ޒުވާން ޚަޠީބު ތަމްރީން ޕްރޮގުރާމުގެ ފަސް ވަނަ ބުރުގައި ބައިވެރިވުމަށް ހއ. އިން 9، ހދ. 10، ށ. 11، ނ.15، ރ. 10، ބ. 4، ޅ. 7، ކ. (މާލެއާއެކު) 28، އއ. 5، އދ. 5، ވ. 1، މ. 8، ފ.1، ދ. 6، ތ. 10، ލ. 4، ގއ. 6، ގދ. 3، ޏ. 3، ސ. 14 ކުދިން ފޯމު ހުށައަޅާފައިވެއެވެ.

ޒުވާން ޚަޠީބު ތަމްރީން ޕްރޮގުރާމަކީ އިސްލާމީކަންތައްތާއި އައުޤާފާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އެންމެ ކާމިޔާބު އެއް ޕްރޮގުރާމެވެ. މި ޕްރޮގުރާމުގެ 4 ބުރު މިހާރު ނިމިފައިވާއިރު 621 ޒުވާން ޚަޠީބުން ތަމްރީން ކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ. މި ޕްރޮގުރާމަކީ، ޒުވާން ޖީލަށް ފުރުސަތު ފަހިކޮށްދިނުމަށާއި، ޚަޠީބުން ނެތުމުގެ ދަތިކަން ދިމާވެފައިވާ ރަށްތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަޤުސަދުގައި ވުޒާރާއިން ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

140 ބައިވެރިނާއެކު، ޒުވާން ޚަޠީބު ތަމްރީން ޕްރޮގުރާމުގެ ފަސް ވަނަ ބުރުގެ އިންޓަވިއު ފަށައިފިޚަބަރު | 2 ގަޑިއިރު ކުރިންގައުމީ ގުރުއާން މުބާރާތް: ކ. އަތޮޅާއި، މާލެ ސިޓީގެ އޮޑިޝަން ފިޔަވާ ހުރިހާ އޮޑިޝަނެއް ނިންމާލައިފިޚަބަރު | 11 ދުވަސް ކުރިންމާލެ ސަރަހައްދުގެ ފާހަގަކޮށްލެވޭ ޒުވާން ޚަޠީބުންނާ ޝަހީމް ބައްދަލުކުރައްވައިފިޚަބަރު | 14 ދުވަސް ކުރިންޒުވާން ޚަޠީބުންނާއި އިމާމުން ތަމްރީނު ކުރުމުގެ 4 ވަނަ ބުރު ނިންމައި ސަނަދު ދީފިޚަބަރު | 16 ދުވަސް ކުރިން