logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖެ ދަރުވާލަން ލަފާދިން މޭސްތިރި އަކީ އަމީރު: ސައީދު

އަޙުމަދު ރިޝާން
14 ޖުލައި 2026 - 12:42
ރާއްޖެ ދަރުވާލަން ލަފާދިން މޭސްތިރި އަކީ އަމީރު: ސައީދު

 ރާއްޖެ ދަރުވާލުމުގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ ލަފާދިން މޭސްތިރިއަކީ އޭރުގެ މާލީ ވަޒީރު އިބްރާހިމް އަމީރު ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ އެމްޑީޕީން ބޭއްވި ޕެނަލް ޑިސްކަޝަންގައި އަމީރާ އެކު ބައިވެރިވެފައި ވަނީ އޭރު އަމީރަށް ފާޑުވިދާޅުވި ބޭފުޅުން ކަމަށެވެ. އެ ޕެނަލް ޑިސްކަޝަންގައި އަމީރު ވިދާޅުވެފައި ވަނީ ޑޮލަރުގެ އަގު މައްޗަށް އަރާ ތާށިވެގެން އުޅެނީ މި ސަރުކާރުން ބޭކާރު ހަރަދުކުރާތީ ކަމަށެވެ. އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ އަމީރަކީ އެ ވާހަކަތައްދައްކަން އެންމެ ރަނގަޅު ބޭފުޅާ ނޫން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރު ވިދަޅުވީ  އޭރު ފައިސާ ޗާޕްކުރާތީ އެވާހަކަ ދައްކާފައިވާނެ ކަމަށާ، އެކަމާ ގުޅިގެން މަރުކަޒީ ބޭންކަށް ފައިސާ ޗާޕްކުރަނީ ކީއްވެތޯ އޮޅުންފިލުވުމަށް ސިޓީއެއް ވެސް ފޮނުވާފައިވާނެ ކަމަށެވެ. ސައީދު ވިދާޅުވީ ނިމިދިޔަ މަޖިލީހަށް އަމީރު އެތައް ފަހަރަކު ހާޒިރުކޮށްފައިވާނެ ކަމަށާއި އެކަމުގެ ތަފްސީލު މަޖިލީހުން ފެންނަން ހުންނާނެ ކަމަށެވެ. އަދި އަމީރު ފިނޭންސް މިނިސްޓަރަކަށް ހުންނަވައިން ރައީސް ސޯލިހަށް ލަފާދީފައިވާތީ އަމީރު ފުރިހަމަ ޒިންމާ ނަގަންޖެހޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ މިއަދު އިލްޔާސް ލަބީބްމެން އަމީރާއެކު ޕެނެލްގައި އިންނެވި ނަމަވެސް އެމްޑީޕީ ދެ ފެކްޝަންނަށް ބެހިގެންދިޔައިރު ފައިސާ ޗާޕްކުރާތީ އެކަމުގެ ވާހަކަ އިލްޔާސް ލަބީބްމެން އޭރު ދައްކާފައިވާ ކަމަށެވެ. އެގޮތުން ފައިސާ އެވަރަށް ޗާޕުކުރުމުން ޑޮލަރުގެ ކުރިމަތީ ދިވެހި ފައިސާގެ އަގު ނިކަމަތިވަނީއޭ ތިހެން ނުހައްދަވާށޭ އޭރު އިލްޔާސްލަބީމެން އަމީރަށް ވިދާޅުވި ކަމަށް ވެސް ސައީދު ފާހަގަ ކުރެއްވެވި އެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭ ވިޔަފާރި ބަނދަރާއި ގުޅުވައި ޔާމީން ހެއްދެވީ ބުހުތާން ދޮގެއްޚަބަރު | 23 ދުވަސް ކުރިންއެމްޑީޕީ ސަރުކާރާއި މިހާރުގެ ޑޮލަރުގެ ހޭދަ ނަންބަރުތަކުން، ދޮގު މައުލޫމާތު ފަތުރަނީ މުޒާހަރާއަށް މީހުން ގެންދަންޚަބަރު | މަހެއް ކުރިންޕެޓްރޯލާއި ޑީސަލް އަގު ހެޔޮ، ތަކެތީ އަގާ ގުޅޭ ގޮތުން އެމްޑީޕީން ފަތުރަނީ ދޮގެއް: ސައީދުޚަބަރު | 2 މަސް ކުރިންމިނިސްޓަރު ސައީދުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީން މަޖިލީހަށް ވައްދައިފިޚަބަރު | 2 މަސް ކުރިން