logo
MPL

MPL

ވިޔަފާރި

ސްވައިޕް މެދުވެރިކޮށް ބައިނަލް އަގުވާމީ އެކައުންޓް ހުޅުވޭނެ، މިއީ އިންގިލާބީ ބަދަލެއް: ބީއެމްއެލްގެ ސީއީއޯ

އަޙުމަދު ރިޝާން
16 ޖުލައި 2026 - 04:02
ސްވައިޕް މެދުވެރިކޮށް ބައިނަލް އަގުވާމީ އެކައުންޓް ހުޅުވޭނެ، މިއީ އިންގިލާބީ ބަދަލެއް: ބީއެމްއެލްގެ ސީއީއޯ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެ ބޭންކުގެ ޑިޖިޓަލް ވޮލެޓް، ސްވައިޕް މެދުވެރިކޮށް ބައިނަލްއަގުވާމީ އެކައުންޓްތައް ހުޅުވައި ބޭރުން ފައިސާ ގެނެވޭ ގޮތަށް ހަދައިފި އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ މި ހިދުމަތުގެ ސަބަބުން ބޭރުން ފައިސާ ގެނެވޭނެ ކަމަށާއި މިއީ ދިވެހި ވިޔަފާރިވެރިންނާއި ކޮންޓެންޓްކުރިއޭޓަރުންނަށް ފަހިކޮށްދެއްވުން އިންގިލާބީ ބަދަލެއް ކަމަށެވެ. އަލަށް ތައާރަފުކުރި މި ހިދުމަތާ އެކު ބައިނަލްއަގްވާމީ ބޭންކް އެކައުންޓް ނަންބަރެއް ހުޅުވައި ބޭރުގެ އެކައުންޓްތަކުން ފަސޭހަކަމާ އެކު ފައިސާ ފޮނުވޭނެ ކަމަށް ވެސް ޝަރީފް ފާހަގަ ކުރެއްވެވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝަރީފު ވިދާޅުވީ ސްވެއިޕް މެދުވެރިކޮށް ފައިސާ ފޮނުވާ ފައިސާ ބަލައިގަތުމަށް ދިވެހިން އަތުން އެއްވެސް ފީ އެއް ނުނަގާނެ ކަމަށެވެ. އަދި މިހާރު ވެސް ސްވައިޕް ބޭނުންކުރާ 20،000 ވުރެ ގިނަ ކަސްޓަމަރުން އުޅޭ ކަމަށާއި 3،300 ގިނަ ވިޔަފާރިތަކުން މިހިދުމަތް ބޭނުންކުރާ ކަމަށް ވެސް ޝަރީފު ފާހަގަ ކުރެއްވެވި އެވެ.

ސްވައިޕް އަކީ ސައްތައިން ސައްތަ ދިވެހި އުފެއްދުމެއް ކަމަށްވާއިރު، މިއީ ރާއްޖޭގައި އެންމެ އަވަހަށް، އެންމެ ހެޔޮ އަގުގައި ފައިސާގެ މުއާމަލާތް ހިންގޭ ޑިޖިޓަލް ވޮލެޓެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބީއެމްއެލްއިން ޓީޓީތަކަށް ވިއްކާ ޑޮލަރުގެ އަދަދު އިތުރުކުރަން ނިންމައިފިޚަބަރު | 19 ދުވަސް ކުރިންގައުމީ ބޭންކުން ކޮންމެ ދުވަހަކު 2.7 މިލިޔަން ޑޮލަރު ވިއްކާޚަބަރު | 20 ދުވަސް ކުރިންބޭންކް އޮފް މޯލްޑިވިސް އިން އެއްވެސް ކަމަކަށް ސަރުކާރަށް ޑޮލަރު ދީފައެއް ނުވާނެ: ޝަރީފުޚަބަރު | މަހެއް ކުރިންސްވައިޕް މެދުވެރިކޮށް ބައިނަލް އަގުވާމީ އެކައުންޓް ހުޅުވޭނެ، މިއީ އިންގިލާބީ ބަދަލެއް: ބީއެމްއެލްގެ ސީއީއޯވިޔަފާރި | 2 މަސް ކުރިން