logo
Bank of Maldives

Bank of Maldives

ދުނިޔެ

އެމެރިކާއިން އީރާނަށް ދިން ވަރުގަދަ ހަމަލާތަކެއްގައި 8 މީހުން މަރުވެ 20 މީހުން ޒަޚަމްވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
17 ޖުލައި 2026 - 10:24
އެމެރިކާއިން އީރާނަށް ދިން ވަރުގަދަ ހަމަލާތަކެއްގައި 8 މީހުން މަރުވެ 20 މީހުން ޒަޚަމްވެއްޖެ

އީރާނުގެ އެކި ސަރަހައްދުތަކުގައި ހުރި އިންފްރާސްޓްރަކްޗަރތަކަށް އަމާޒުކޮށް ރޭގަނޑު އެމެރިކާއިން ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި 8 މީހުން މަރުވެ، 20 މީހުން ޒަޚަމްވެފައިވާ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާ، އިރްނާ އިން މިއަދު ރިޕޯޓްކޮށްފިއެވެ.

އިރްނާއިން ބުނި ގޮތުގައި މި ހަމަލާތައް ދީފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގަނޑާއި ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތުތަކުގައެވެ. މި ހަމަލާތަކުގައި އީރާނުގެ އެކި ޕްރޮވިންސްތަކުގެ މުހިންމު ވަސީލަތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އީރާނުގެ ހެލްތު މިނިސްޓްރީގެ ޕަބްލިކް ރިލޭޝަންސް އެންޑް އިންފޮމޭޝަން ސެންޓަރުގެ އިސްވެރިޔާ ހުސައިން ކަރްމަންޕޫރު ސޯޝަލް މީޑިއާގައި ވިދާޅުވި ގޮތުގައި، މި މަހުގެ ތެރޭގައި އެމެރިކާއިން ދޭން ފެށި ހަމަލާތަކުގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 38 އަށް އަރާފައެވެ. އަދި 400 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

ކަރްމަންޕޫރު އިތުރަށް ހާމަކުރެއްވި ގޮތުގައި، އެންމެ ފަހުން މަރުވި މީހުންގެ ތެރޭގައި ތިން އަންހެނުންނާއި 18 އަހަރުން ދަށުގެ ކުއްޖަކު ހިމެނެއެވެ. އަދި ޒަޚަމްވި މީހުންގެ ތެރޭގައި 22 އަންހެނުންނާއި 9 ކުޑަކުދިން ހިމެނޭއިރު، 47 މީހަކަށް އަދިވެސް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފައިވަނީ އީރާނުގެ އަސްކަރީ ވަސީލަތްތަކަށް އަމާޒުކޮށް ދިން މި ހަމަލާތަކަކީ ޖެހިޖެހިގެން ހަވަނަ ރޭ ދިން ހަމަލާތަކެއް ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހުން ފެށިގެން އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނާ ދެކޮޅަށް ހަމަލާތައް ދޭން ފެށުމާއެކު މެދުއިރުމަތީގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. މީގެ ރައްދުގައި އީރާނުންވެސް ދަނީ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި ގަލްފުގެ ގައުމުތަކަށް މިސައިލާއި ޑްރޯން ހަމަލާތައް ދެމުންނެވެ.

ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށްޓަކައި ޕާކިސްތާނުގެ މެދުވެރިކަމާއެކު މިދިޔަ މަހު އެމެރިކާއާއި އީރާނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް، ހޯރްމުޒް ކަނޑުއޮޅީގެ މައްސަލައިގައި ދެފަރާތުން ދެމުންދާ ހަމަލާތަކުގެ ސަބަބުން މަސްރަހު އަނެއްކާވެސް ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމެރިކާއިން އީރާނަށް ދިން ވަރުގަދަ ހަމަލާތަކެއްގައި 8 މީހުން މަރުވެ 20 މީހުން ޒަޚަމްވެއްޖެދުނިޔެ | 2 ގަޑިއިރު ކުރިންއީރާނުގެ އަސްކަރީ މަރުކަޒުތަކަށް އެމެރިކާއިން ވަރުގަދަ ހަމަލާތަކެއް ދީފިދުނިޔެ | 3 ދުވަސް ކުރިން އެމެރިކާއިން އެއްބަސްވުމާ ޚިލާފުވާނަމަ އީރާނުންވެސް އިލްތިޒާމްތަކަށް އަމަލެއް ނުކުރާނެ: ބަގާއީދުނިޔެ | 4 ދުވަސް ކުރިންއީރާނާއެކު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން "ނިމިއްޖެ": ޓްރަމްޕްދުނިޔެ | 9 ދުވަސް ކުރިން