އެމްޑީޕީން ވަޒީފާތަކަށް ވައްދާފައި ތިބި މީހުން ވަކިކުރުމުން މިއީ މަތިބަރު ސަރުކާރެކޭ ނުބުނެވޭނެ: ސިއްދީގު
17 ޖުލައި 2026 - 10:56

އެމްޑީޕީގެ ސަރުކާރުގައި، ވަޒީފާތަކަށް ވައްދާފައި ތިބި މީހުން ވަޒީފާއިން ވަކިކޮށްފި ނަމަ މިއީ މަތިބަރު ސަރުކާރެކޭ ނުބުނެވޭނެ ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސިއްދީގު ވިދާޅުވެއްޖެ އެވެ.
މެންދުރު ޓީވީގެ މައުލޫ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސިއްދީގު ވިދާޅުވީ މި ސަރުކާރުގައި ކުންފުނިތަކުގައި ވަޒީފާގައި ތިބި މީހުން ގިނަވެގެން އުޅެނީ ކުރީ ސަރުކާރުން ވަޒީފާތަކުގައި ތިބި މީހުން ބޭއްތިއްބުމަށް ފަހު ދައުލަތް ހިނގުމަށް އިތުރު މީހުންނަށް ވަޒީފާ ދިނުމުން ކަމަށެވެ. އެމްޑީޕީން ވަޒީފާތަކަށް ވައްދާފައި ތިބި މީހުން ވަޒީފާއިން ވަކިކުރުމުން މިއީ މަތިބަރު ސަރުކާރެކޭ ބުނުމުގެ ޖާގައެއް ނޯންނާނެ ކަމަށް ވެސް ސިއްދީގު ވިދާޅުވި އެވެ. ސަރުކާރު ކުންފުނިތަކުގައި ވަޒީފާގައި ތިބި މީހުން މަދުކުރުމަށްޓަކައި އަމިއްލަ އަށް ވަޒީފާތަކުން ވަކިވުމަށް ބޮޑެތި ޕެކޭޖްތައް ދެމުން އަންނަ ކަމަށް ވެސް ސިއްދީގު ފާހަގަ ކުރެއްވެވި އެވެ.

Ad by Hajj Corporation
ކުރީ ސަރުކާރުން ވޯޓަށްޓަކައި ވަރަށް ގިނަ ބަޔަކަށް ވަޒީފާތައް ދީފައިވީ ނަމަވެސް މި ސަރުކާރުން މީހުން ކަނޑާނުލީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަކީ ހަމަހަމަކޮށް، އެންމެންގެ ރައީސް ކަމަށް ދެކެވަޑައިގެން މަސައްކަތްކުރައްވާ ބޭފުޅަކަށްވުމުން ކަމަށް ވެސް ސިއްދީގު ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ މާސީދާ އޯގާތެރި ވިސްނުންފުޅެއް ކަމަށެވެ.


