logo
Bank of Maldives

Bank of Maldives

ދުނިޔެ

އެމެރިކާއާއި އީރާނުގެ ހަމަލާތައް ވަރުގަދަވެ، މުހިންމު ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
18 ޖުލައި 2026 - 01:56
އެމެރިކާއާއި އީރާނުގެ ހަމަލާތައް ވަރުގަދަވެ، މުހިންމު ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

މެދުއިރުމަތީގެ މަސްރަޙު ނުތަނަވަސްވެ، އެމެރިކާއާއި އީރާނުން އެކަކު އަނެކަކަށް ދެމުންގެންދާ ހަމަލާތައް ހުކުރު ދުވަހު ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. ދުނިޔޭގެ ހަކަތައިގެ މައިނާރު ކަމަށްވާ ހޮރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދުމަށް ކުރާ މި ހަނގުރާމައިގައި، ދެ ގައުމުން ވެސް ވަނީ އަސްކަރީ އަމާޒުތަކުގެ އިތުރުން މުހިންމު އިންފްރާސްޓްރަކްޗަރތަކަށް ހަމަލާދީފައެވެ.

އެމެރިކާއިން އީރާނަށް ދެމުންގެންދާ ހަމަލާތައް ފުޅާކޮށް، އީރާނުގެ ދެކުނުގެ ހޮރްމުޒްގާން ޕްރޮވިންސްގެ ބްރިޖްތަކަށާއި ހަކަތަ އުފައްދާ މަރުކަޒުތަކަށް ވަނީ ހަމަލާދީފައެވެ. މި ހަމަލާތަކުގައި އީރާނުގެ މުހިންމު ބަނދަރެއް ކަމަށްވާ ޗަބަހާރު ބަނދަރުގެ މުހިންމު ޓަވަރެއް ވަނީ ވައްޓާލާފައެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނި ގޮތުގައި މިއީ އީރާނުގެ އަސްކަރީ ގާބިލްކަން ކުޑަކުރުމަށްޓަކައި މެދުނުކެނޑި ހަމަލާދިން ހަތްވަނަ ރެޔެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވަނީ އެމެރިކާއާ ގާތް ގުޅުމެއް އޮންނަ އަދި މި ހަނގުރާމައިގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ގަތަރަށާއި ކުވައިތަށް މިސައިލް ހަމަލާތަކެއް ފޮނުވާލާފައެވެ. ކުވައިތުގެ ކަނޑުފެން މީރުފެަނަށް ހަދާ ޕްލާންޓަކަށް ހަމަލާ އަމާޒުވުމުގެ ސަބަބުން އެތަނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް އެ ގައުމުން ރިޕޯޓްކޮށްފައިވެއެވެ. މީގެ އިތުރުން ބަހްރޭނާއި އުރުދުންއަށް ވެސް އީރާނުގެ ހަމަލާތައް އަމާޒުވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

އީރާނުގެ އޮފިޝަލުން ހާމަކުރި ގޮތުގައި އެމެރިކާގެ ހަމަލާތަކުގައި މިހާތަނަށް 46 މީހުން މަރުވެ 400 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. ހަމައެއާއެކު، އެމެރިކާގެ އަސްކަރިއްޔާއިން ވެސް ވަނީ އެ ގައުމުގެ 13 ސިފައިންނަށް އަނިޔާވެފައިވާކަމަށް އެއްބަސްވެފައެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ފީފާއަކަށް 86 ޑޮލަރަށްވުރެ މައްޗަށް އުފުލިފައެވެ. އީރާނުން ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތުމުގެ ސަބަބުން، އެ ސަރަހައްދުން ދަތުރުކުރާ އާގުބޯޓުތަކުގެ އަދަދު ވަނީ ފާއިތުވި ތިން ހަފުތާގެ އެންމެ ދަށް މިންވަރަށް ވެއްޓިފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުރާސްފަތި ދުވަހު ވިދާޅުވީ، އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އެމެރިކާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށާއި އޭގެ ނަތީޖާ ވަރަށް އަވަހަށް ފެންނާނެ ކަމަށެވެ. ނަމަވެސް، ހަތަރު މަހަށްވުރެ ގިނަ ދުވަސްވެފައިވާ މި ހަނގުރާމަ ހުއްޓުމަކަށް އަންނާނެ ސީދާ ތާރީޚެއް އަދި ފެންނާކަށް ނެތެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމެރިކާއާއި އީރާނުގެ ހަމަލާތައް ވަރުގަދަވެ، މުހިންމު ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެދުނިޔެ | 2 ގަޑިއިރު ކުރިންއެމެރިކާއިން އީރާނަށް ދިން ވަރުގަދަ ހަމަލާތަކެއްގައި 8 މީހުން މަރުވެ 20 މީހުން ޒަޚަމްވެއްޖެދުނިޔެ | 18 ގަޑިއިރު ކުރިންއީރާނުގެ އަސްކަރީ މަރުކަޒުތަކަށް އެމެރިކާއިން ވަރުގަދަ ހަމަލާތަކެއް ދީފިދުނިޔެ | 3 ދުވަސް ކުރިން އެމެރިކާއިން އެއްބަސްވުމާ ޚިލާފުވާނަމަ އީރާނުންވެސް އިލްތިޒާމްތަކަށް އަމަލެއް ނުކުރާނެ: ބަގާއީދުނިޔެ | 4 ދުވަސް ކުރިން