ޕީއެންސީ އިންތިހާބުގައި ސްކޫލަށް ލިބުނު ގެއްލުމުގެ ޒިންމާ އެ ޕާޓީން ނަގައިފި
19 ޖުލައި 2026 - 07:21

ޕީއެންސީ އިންތިހާބުގައި ސްކޫލަށް ލިބުނު ގެއްލުމުގެ ޒިންމާ އެޕާޓީން އަމިއްލަ އަށް ނަގައި ބަދަލުދޭން ނިންމައިފި އެވެ.
ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ވޯޓްގުނުން ކުރިޔަށްދަނިކޮށް، ބަޔަކު ހިންގި ހަމަނުޖެހުމުގައި ހުޅުމާލޭގެ ކާމިލް ދީދީ ޕްރީ ސްކޫލަށް ވަނީ ގެއްލުންތަކެއް ލިބިފަ އެވެ. އެ ސްކޫލަށް ލިބުނު ގެއްލުންތަކަށް ބަލާއިރު، ސްކޫލް ސައުންޑް ސިސްޓަމެއްގެ އިތުރުން ދޮރުފަތެއްގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައިވެ އެވެ.

Ad by Hajj Corporation
މި މަހުގެ 11 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި ޕީއެންސީގެ އެތެރޭގެ އިންތިހާބު ކުރިއަށްދަނިކޮށް ހުޅުމާލޭގައި ހިންގި މާރާމާރީގެ މައްސަލައިގައި ތުހުމަތުކުރެވޭ ބަޔަކު ފުލުހުންވަނީ ހައްޔަރުކޮށްފަ އެވެ. މި މައްސަލައާ ގުޅިގެން ޕީއެންސީން ބުނެފައި ވަނީ ޕާޓީން މި މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އަދި ޒިންމާވާންޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް ޕީއެންސީން ބުނެފައިވެ އެވެ.
މިމާރާމާރީގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯތަކުން ފެންނަގޮތުގައި އެކަކު އަނެކަކަށް ގޮނޑިން ހަމަލާދޭ މަންޒަރު ފެނެއެވެ.


