logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޑީޕީ އަށް ވެރިކަން ލިބުނު އެންމެ ފަހަރަކު ވެސް އިގްތިސޯދީ ގޮތުން އާ ކަމެއް ނުކުރޭ: ސައީދު

އަޙުމަދު ރިޝާން
20 ޖުލައި 2026 - 12:19
އެމްޑީޕީ އަށް ވެރިކަން ލިބުނު އެންމެ ފަހަރަކު ވެސް އިގްތިސޯދީ ގޮތުން އާ ކަމެއް ނުކުރޭ: ސައީދު

އެމްޑީޕީއަށް ވެރިކަން ލިބުން ދެ ފަހަރު ވެސް އިގްތިސޯދީ އާ ކަމެއް ނުކުރާ ކަމަށް އިގްތިސޯދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދު ވިދާޅުވީ ވެއަތުވި ހުރިހާ ސަރުކާރަކުން ވެސް އިގްތިސޯދު ރަނގަޅު ކުރުމަށް ވަކި އާ ކަންތައްތަކެއް ނުކުރާ ކަމަށެވެ. އަދި އަބަދު ވެސް ކުރަމުން އަންނަ ކަމަކީ ފަތުރުވެރިކަން ވަށައިގެން ދުވުން ކަމަށް ސައީދު ފާހަގަ ކުރެއްވެވި އެވެ. އާ ރިސޯޓުތައް މާކެއްޓަށް ނެރުމާއި ގެސްޓްހައުސްތައް އިތުރުކޮށް، އެއާޕޯޓްތައް އެޅުމާ އެކަމަށް ބޭނުންވާ ކަނޑުދަތުރު އިތުރު ކުރުމަކީ ރާއްޖޭގެ އިގްތިސޯދު އެތުރިފައި އޮތް ގޮތް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ. ސައީދު ވިދާޅުވީ ހުރިހާ ސަރުކާރަކުން ވެސް އާ ކެމެއް ނުކޮށް ހަރަދު ވަރަށް ބޮޑުތަނުން ބޮޑުކޮށްފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް އައިރު ނިމިދިޔަ ސަރުކާރުތަކުން ވާރުތަކޮށްފައި އޮތް ބޮޑު ދަރަންޏެއް އޮތް ކަމަށާއި އެއީ ނުރައްކާތެރި ބަނަ ހާލަތެއް ކަމަށް ސައީދު ސިފަ ކުރެއްވެވި އެވެ. މިނިސްޓަރު ސައީދު ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ ދެ އަހަރު ދިޔައީ އެ ހާލަތުން އަރައިގަތުމަށް ކަމަށެވެ. އަދި ބިޔަ ލޯނުތަކެއް ދައްކަން ޖެހުން ކަމަށާއި ރާއްޖޭގެ އިގްތިސޯދު ވިޔަފާރިތައް ކުރެވޭނެ ރައްކާތެރި ހާލަތަކަށް ގެނެއަމަށްޓަކައި އެއްވެސް ސަރުކާރަކަށް ވުޖޫދަށް ގެންނަން ނުކުރެނު "ފޮރެކްސް" ގާނޫނު ވުޖޫދަށް ގެނައި ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭ ވިޔަފާރި ބަނދަރާއި ގުޅުވައި ޔާމީން ހެއްދެވީ ބުހުތާން ދޮގެއްޚަބަރު | 23 ދުވަސް ކުރިންއެމްޑީޕީ ސަރުކާރާއި މިހާރުގެ ޑޮލަރުގެ ހޭދަ ނަންބަރުތަކުން، ދޮގު މައުލޫމާތު ފަތުރަނީ މުޒާހަރާއަށް މީހުން ގެންދަންޚަބަރު | މަހެއް ކުރިންޕެޓްރޯލާއި ޑީސަލް އަގު ހެޔޮ، ތަކެތީ އަގާ ގުޅޭ ގޮތުން އެމްޑީޕީން ފަތުރަނީ ދޮގެއް: ސައީދުޚަބަރު | 2 މަސް ކުރިންމިނިސްޓަރު ސައީދުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީން މަޖިލީހަށް ވައްދައިފިޚަބަރު | 2 މަސް ކުރިން