logo
Bank of Maldives

Bank of Maldives

ދުނިޔެ

އެމެރިކާއާއެކު އޮތް ނުތަނަވަސްކަން ކުޑަކުރުމަށް މެދުވެރިން ހުށަހެޅުންތަކެއް ދީފައިވާ ކަމަށް އީރާނުން ބުނެފި

މުހައްމަދު މޫސާމުހައްމަދު މޫސާ
21 ޖުލައި 2026 - 03:35
އެމެރިކާއާއެކު އޮތް ނުތަނަވަސްކަން ކުޑަކުރުމަށް ހުށަހެޅުންތަކެއް ވަނީ ލިބިފައި: އީރާން

އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ އަސްކަރީ ނުތަނަވަސްކަން ކުޑަކުރުމަށްޓަކައި، މެދުވެރިންގެ ފަރާތުން ހުށަހެޅުންތަކެއް ލިބިފައިވާ ކަމަށާއި އެ ކަންކަން ދިރާސާކުރަމުންދާ ކަމަށް އީރާނުން ހޯމަ ދުވަހު ބުނެފިއެވެ.

އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މަސްލަހަތު އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި މެދުވެރިން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިކަމާ ގުޅޭ ހުށަހެޅުންތަކެއް ތެހެރާނަށް ލިބިފައިވީ ނަމަވެސް، މި ވަގުތު އެ ހުށަހެޅުންތަކުގެ ތަފްސީލު ހާމަކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބަގާއީ އިތުރަށް ވިދާޅުވީ، އީރާނުގެ ހަތިޔާރު އެޅި ފައުޖުތަކުން އެމެރިކާގެ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދެމުންދާ ވަގުތު، އެ ގައުމުގެ ޑިޕްލޮމެޓިކް މުއައްސަސާތަކުން ވެސް އެ ފަރާތްތަކުގެ ޒިންމާ ފުރިހަމައަށް އަދާކުރަމުންދާ ކަމަށެވެ. އަދި އުމާނާ ގުޅިގެން ހޯރްމޫޒް ކަނޑުއޮޅީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ބަގާއީ ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަފުޅެއް ދޮގުކުރައްވާފައެވެ. ޖާސޫސްކުރުމުގެ ކުށުގައި އީރާނުން ހައްޔަރުކޮށްފައި ހުރި އެމެރިކާގެ ރައްޔިތަކު ދޫކޮށްލާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވަމުން ބަގާއީ ވިދާޅުވީ، ޓްރަމްޕް އެ ވިދާޅުވާ ފަދަ އެއްވެސް މީހަކު އީރާނުގެ ޖަލަކުން ދޫކޮށްލާފައި ނުވާ ކަމަށެވެ. އަދި އެ ވިދާޅުވާ އަންހެން މީހާއަކީ އެއްވެސް އިރެއްގައި ޖަލަށްލެވިފައިވާ ނުވަތަ ޖާސޫސްކުރުމުގެ ދައުވާ އުފުލިފައިވާ މީހެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޓްރަމްޕް މިދިޔަ ހަފުތާގައި ވިދާޅުވެފައިވަނީ، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އީރާނުން "ނުހައްގުން" ހައްޔަރުކުރި އެމެރިކާގެ އަންހެނަކު ދޫކޮށްލާފައިވާ ކަމަށާއި، އޭނާ މިހާރު ހުރީ އީރާނުން ބޭރުގައި ރައްކާތެރިކަމާއެކު ކަމަށެވެ.

އީރާނާއި އެމެރިކާއާ ދެމެދު މިދިޔަ މަހު ޕާކިސްތާނު މެދުވެރިވެގެން ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވީ ނަމަވެސް، ފާއިތުވި ހަފުތާގައި ހޯރްމޫޒް ކަނޑުއޮޅި ސަރަހައްދުގައި ދެ ގައުމުގެ ދެމެދުގައި އަސްކަރީ ކުރިމަތިލުންތަކެއް ހިނގައި، ނުތަނަވަސްކަން ވަނީ އަލުން އިތުރުވެފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާނާ އެކު ކުރިއަށްދިޔަ ވާހަކަތައް ހުއްޓާލުމަށް ޓްރަމްޕް އަމުރުކުރައްވައިފިދުނިޔެ | 18 ދުވަސް ކުރިންޓްރަމްޕްގެ ވިސްނުމަކީ އީރާނަށް އިގްތިސާދީ ގޮތުން ފިއްތުންތައް އިތުރުކުރުވުންދުނިޔެ | މަހެއް ކުރިންހޮރްމޫޒް ކަނޑުއޮޅީގެ މައްސަލައިގައި އޮމާނާއި އީރާނުގެ މަޝްވަރާތައް ކުރިއަށް، ހުޅުވޭނެ ދުވަހެއް ނޭނގޭދުނިޔެ | މަހެއް ކުރިންއެމެރިކާއާއެކު ސީދާ އެއްވެސް މަޝްވަރާއެއް ކުރިއަކަށްނުދޭ: އީރާންދުނިޔެ | މަހެއް ކުރިން