logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖެއާ ގުޅިގެން މަސައްކަތް ކުރަން ޑަބްލިއުއެޗްއޯ އިން ސްޓްރެޓިޖިކް ޕްލޭނެއް އެކުލަވާލައިފި

އަޙްމަދު ޒަލީފް
17 އޮކްޓޯބަރު 2024 - 08:40
ރާއްޖެއާ ގުޅިގެން މަސައްކަތް ކުރަން ޑަބްލިއުއެޗްއޯ އިން ސްޓްރެޓިޖިކް ޕްލޭނެއް އެކުލަވާލައިފި

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއާއި ދިވެހިރާއްޖެއާ ގުޅިގެން މަސައްކަތްކުރުމުގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާޙްކޮށްފިއެވެ.

މި ސްޓްރެޓީޖިކް ޕްލޭން އެކުލަވާލާފައިވަނީ 2024 ވަނަ އަހަރުން ފެށިގެން 2029 ވަނަ އަހަރާ ދެމެދު ގުޅިގެންކުރާނެ މަސައްކަތްތަކުގެ މައްޗަށެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއާއި ރާއްޖެއާ ގުޅިގެން މަސައްކަތްކުރުމުގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާޙްކޮށްދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމާއި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ދެކެނު އިރުމަތީ އޭޝިޔާގެ ރީޖަނަލް ޑައިރެކްޓަރ ސައިމާ ވަޒީދެވެ.

ޞިއްޙީ ވުޒާރާއިން ވިދާޅުވީ، 2024 އިން 2029 އަށް ރާއްޖެއާއި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއާ ގުޅިގެން މަސައްކަތްކުރުމުގެ ސްޓްރެޓީޖިކް ޕްލޭން ނުވަތަ ޑަބްލިޔުއެޗްއޯ ކަންޓްރީ ކޯޕަރޭޝަން ސްޓްރެޓެޖީ ފޮރ މޯލްޑިވްސް އެކުލަވާލާފައިވަނީ ދިވެހި ސަރުކާރާއި އެ ޖަމްޢިއްޔާއާ ގުޅިގެން ކަމަށެވެ.

މި ޕްލޭންގައި ކުރިއަށް އޮތް 5 އަހަރު ރާއްޖޭގެ ޢާންމު ޞިއްޙީ ޙާލަތު ރަނގަޅުކުރުމަށް ޞިއްޙަތު ޖަމްޢިއްޔާއިން ފޯރުކޮށްދެވޭނެ އެހީތެރިކަން ހިމަނާފައިވާ ކަމަށް ޞިއްޙީ ވުޒާރާއިން ވިދާޅުވިއެވެ. އަދި މި ސްޓްރެޓީޖިކް ޕްލޭންގައި މައިގަނޑު 3 ކަމަކަށް އަލިއަޅުވާލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ޞިއްޙީ ވުޒާރާއިން ވިދާޅުވީ، ސްޓްރެޓީޖިކް ޕްލޭންގައި މައިގަނޑު 5 ކަމެއްކުރުމަށް ޚާއްސަ އިސްކަމެއްދޭ ކަމަށެވެ. އެ 5 ކަމަކީ އިޖުތިމާޢީ، އިޤުތިޞާދީ އަދި ވިޔަފާރިއާ ޞިއްޙީގޮތުން ގުޅުންހުރި ކަންކަމަށް ޙައްލު ހޯދައިދިނުމާއި، އަސާސީ ޞިއްޙީ ފަރުވާ ކުރިއެރުވުމަށް އިންވެސްޓްކުރުމާއި، އާބާދީގެ ތެރެއިން ޞިއްޙީ ޚިދުމަތް ހޯދަން ދަތި ފަރާތްތަކަށް އެ ޚިދުމަތް ފޯރުކޮށްދެވޭކަން ކަށަވަރުކުރުމާއި ރާއްޖޭގެ ޞިއްޙީ ނިޒާމު އިތުރަށް ހަރުދަނާކުރުމާއި ޞިއްޙީ ނިޒާމަށް އަންނަ ދަތިތަކާއި ޞިއްހީ ކުއްލި ހާލަތްތަކަށް ވިލުންތެރި ނިޒާމަކަށް ރާއްޖޭގެ ޞިއްހީ ނިޒާމު ހެދުމެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނޭޝަނަލް ޓޯޗް ރަންގައި 18 ގަޑިއިރު ތެރޭ 7000 އަށްވުރެ ގިނަ މީހުން ދުވެފިޚަބަރު | 6 ދުވަސް ކުރިންތާރީޚީ އައު ސަފުހާއެއް, ޖެނެރޭޝަނަލް ބޭން އަށް ޢަމަލުކުރަން ފަށައިފިޚަބަރު | 6 ދުވަސް ކުރިންމިލަންދޫ ހޮސްޕިޓަލުގެ އަމަލީ މަސައްކަތާއެކު ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފިޚަބަރު | 22 ދުވަސް ކުރިންމައިންގެ ފަރާތުން ޖެހޭ ބޮޑު ތިން ބައްޔެއް ނައްތާލި ފުރަތަމަ ގައުމަކަށް ރާއްޖެޚަބަރު | 24 ދުވަސް ކުރިން