އަށް ގައުމެއްގެ ސަފީރުން، ރައީސުލްޖުމްހޫރިއްޔާ އަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
22 ޖުލައި 2026 - 08:23

ދިވެހިރާއްޖެއަށް އަލަށް ކަނޑައެޅުއްވި އަށް ގައުމެއްގެ ސަފީރުން، އެ ބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް މިއަދު އަރުވައިފިއެވެ.
މި ރަސްމިއްޔާތުތައް ބާއްވާފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް ވަޑައިގެންނެވި ކޮންމެ ބޭފުޅަކަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އެގޮތުން، ސަފީރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގެންނެވީ ސަގާފީ ހައިބަތު ދައްކުވައިދޭ ''ހައިކޮޅު'' ގައެވެ. އަދި އެ ބޭފުޅުންނަށް މަރުހަބާ ދެންނެވުމުގެ ގޮތުން އެމްއެންޑީއެފްގެ ބޭންޑްގައި ރަނގަބީލާއި ތާޅަފިލި ކުޅެފައިވެއެވެ.

Ad by Hajj Corporation
މިއަދު ފަތްކޮޅު އެރުވި ޤައުމުތަކަކީ
- ނަމީބިއާ
- ޑޮމިނިކަން ރިޕަބްލިކް
- ކިއުބާ
- ފިޖީ
- ކޮސޯވޯ
- ސޯމާލިއާ
- ސްލޮވީނިއާ
- ގަތަރު
މިއަދުގެ މި ރަސްމިއްޔާތުތަކަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ ހުރިހާ ސަފީރުންނަށްވެސް މަރުޙަބާ ދަންނަވައި، އެ ބޭފުޅުންގެ ދައުރުގައި ރާއްޖެއާއެކު އޮންނަ ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ.


