logo
Bank of Maldives

Bank of Maldives

ދުނިޔެ

އީރާނުގެ ބްރިޖުތަކާއި ކަރަންޓު އުފައްދާ މަރުކަޒުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދީފި

މުހައްމަދު މޫސާމުހައްމަދު މޫސާ
22 ޖުލައި 2026 - 18:48
އީރާނުގެ ބްރިޖުތަކާއި ކަރަންޓު މަރުކަޒުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނުގެ މުހިންމު އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.

އޭނާގެ ޓްރޫތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، މެދުއިރުމަތީގެ ކަނޑުގެ ސަރަހައްދުތަކުގައި ހިންގާ އޮޕަރޭޝަންތަކާ ގުޅިގެން އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ޓްރަމްޕް އިންޒާރު ދެއްވިގޮތުގައި، ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އެއްވެސް އުޅަނދަކަށް އީރާނުން މިސައިލް، ޑްރޯން ނުވަތަ ރޮކެޓް ބޭނުންކޮށްގެން ދޭ ކޮންމެ ހަމަލާއަކަށް ބަދަލުހިފުމުގެ ގޮތުން، އެމެރިކާ ސިފައިން އީރާނުގެ އެއް ބްރިޖް ނުވަތަ ކަރަންޓު އުފައްދާ މަރުކަޒެއް ބޮން އަޅައި ހަލާކުކޮށްލާނެއެވެ.

މި އިންޒާރުގައި ހާއްސަކޮށް ފާހަގަކޮށްފައިވަނީ އީރާނުގެ ވެރިރަށް ތެހެރާންގައި ނުވަތަ އެ ސިޓީއާ ކައިރީގައި ހުރި އާންމު ރައްޔިތުން ބޭނުންކުރާ އުމްރާނީ ވަސީލަތްތަކެވެ. މިއީ މިހާރުވެސް އެމެރިކާ ސިފައިން އީރާނުގެ އަސްކަރީ އަދި ލޮޖިސްޓިކް މަރުކަޒުތަކަށް އަމާޒުކޮށް ޖެހިޖެހިގެން 11 ރޭ ވަންދެން ދެމުންދާ ހަމަލާތަކަށްފަހު ދެއްވި އިންޒާރެކެވެ.

މިހާތަނަށް އެމެރިކާގެ ފައުޖުތަކުން ވަނީ ބަންޑަރު އައްބާސް އަދި ޗަބަހާރު ފަދަ މުހިންމު ބަނދަރުތަކާ ގުޅިފައިވާ ލޮޖިސްޓިކް ބްރިޖުތަކާއި، ރޭލު ދަތުރުފަތުރުގެ ނިޒާމުތަކުގެ އިތުރުން އައްސޭރިފަށުގެ ސަވައިލަންސް ޓަވަރުތަކަށް ހަމަލާދީފައެވެ. ނަމަވެސް، ތެހެރާން ފަދަ މީހުން ގިނައިން ދިރިއުޅޭ ސަރަހައްދުތަކުގެ ކަރަންޓު ވިއުގައަށް ހަމަލާދޭނެ ކަމަށް ބުނުމަކީ މަސްރަހު ވަރަށް ބޮޑަށް ގޯސްވެގެންދާނެ ކަމެއްގެ ގޮތުގައި މުރާސިލުން ދެކެއެވެ.

މި ނިންމުމުގެ ސަބަބުން ހަކަތައިގެ ރައްކާތެރިކަމާއި، ދުނިޔޭގެ ތެލުގެ ބާޒާރަށް އަތުވެދާނެ ލޮޅުންތަކާ މެދު ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ހަނގުރާމައިގެ ވަގުތުތަކުގައި އާންމުންގެ އުމްރާނީ ވަސީލަތްތަކަށް ހަމަލާދިނުމާ ގުޅޭ ބައިނަލްއަގުވާމީ ގާނޫނީ މިންގަނޑުތަކާ މެދުވެސް ވަނީ ސުވާލު އުފެދިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާނާ އެކު ކުރިއަށްދިޔަ ވާހަކަތައް ހުއްޓާލުމަށް ޓްރަމްޕް އަމުރުކުރައްވައިފިދުނިޔެ | 18 ދުވަސް ކުރިންއީރާނާ ދެކޮޅަށް ކުރާ ހަނގުރާމައާއެކު އެމެރިކާގެ އެއާކްރާފްޓް ކެރިއަރުތަކަށް ބާރުބޮޑުވެ، އޭޝިއާ ސަރަހައްދު ހުސްވެއްޖެދުނިޔެ | 22 ދުވަސް ކުރިންޓްރަމްޕްގެ ވިސްނުމަކީ އީރާނަށް އިގްތިސާދީ ގޮތުން ފިއްތުންތައް އިތުރުކުރުވުންދުނިޔެ | މަހެއް ކުރިންހޮރްމޫޒް ކަނޑުއޮޅީގެ މައްސަލައިގައި އޮމާނާއި އީރާނުގެ މަޝްވަރާތައް ކުރިއަށް، ހުޅުވޭނެ ދުވަހެއް ނޭނގޭދުނިޔެ | މަހެއް ކުރިން