logo
Bank of Maldives

Bank of Maldives

ޚަބަރު

ޕީޕީއެމްގެ ނައިބު ރައީސްއަކަށް ޑރ. ޚަލީލް، އެސްޖީއަކަށް ހަލީމް

އާމިނަތު ޝަފާ
17 އޮކްޓޯބަރު 2024 - 11:15
މިއަދު ކުރިއަށްދިޔަ ސެނެޓް ބައްދަލުވުމުގެ ތެރެއިން
މިއަދު ކުރިއަށްދިޔަ ސެނެޓް ބައްދަލުވުމުގެ ތެރެއިން

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ނައިބް ރައީސްްގެ ކަމުގެ މަގާމަށް ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލު ހަމަޖައްސަވައި އަދި އެ ޕާޓީގެ ސެކެރެޓަރީ ޖެނެރަލްގެ މަގާމަށް ދަރުމަވަންތަ ހޮސްޕިޓަލުގެ ސީއީއޯ އަބްދުއްރައްޒާގް ހަލީމް އައްޔަން ކުރައްވައިފިއެވެ.

މިއަދު ބޭއްވި ސެނެޓް ބައްދަލުވުމުގައި މި ދެބޭފުޅުންވެސް ވަނީ ސެނެޓްގެ އިއްތިފާގުން އިންތިހާބު ކޮށްފައިކަމަށް ޕާޓީގެ ރެޖިސްޓްރާ އަހުމަދު ހަމްދާން ނާސިރު ވަނީ ވިދާޅުވެފައެވެ. ސެނެޓް ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޚަލީލާއި ހަލީމްގެ އިތުރުން އެ ޕާޓީގެ ނައިބު ރަައީސް އަދި ދިފާއީ ވަޒީރު ޣައްސާން މައުމޫނުކަމަށް އެނގިފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުވުމުގައި އެ ޕާޓީ އުވާލަން މަޝްވަރާކުރައްވާނެކަމަށް މީޑިއާތަކުގައި އަޑު ފެތުރިފައިވެއެވެ. ނަމަވެސް އެފަދަ އެއްވެސް މަޝްވަރާއެއް ކުރައްވާފައިނުވާކަމަށް ހަމްދާން ވިދާޅުވިއެވެ.

އިލެކްޝަން ކޮމިޝަނުގެ ދަފްތަރު ދައްކާގޮތުން އެ ޕާޓީގައި މިހާރުވެސް 34،000 އަށް ވުރެ ގިނަ މެމްބަރުން އެބަތިއްބެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީއެންސީ ނައިބު ރައީސް ކަމަށް ނިމާލް ވާދަ ކުރައްވަނީޚަބަރު | 4 ދުވަސް ކުރިންތިން މަސްތެރޭ ދަރާނެ ކަމަށް ބުނި ގައުމު، ދަރުވާނުލާތީ، 2028 ރައީސް އަށް ދޭންޖެހޭ: އަދުރޭޚަބަރު | 4 ދުވަސް ކުރިންޕީއެންސީގެ ނައިބު ރައީސް ކަމަށް، މުންދު، ރާފިއު، ސައުދާ، ސައީދު، ޝުޖާއު އަދި އަސްމައްތަ ވާދަކުރައްވަނީޚަބަރު | 8 ދުވަސް ކުރިންއެމްޑީޕީގެ ވެރިކަމުގައި ރައްޔިތުންނާ މެދު އަމަލުކުރި ގޮތް ހަނދާން ނެތޭނެ ކަމަށް ހީކުރުމަކީ ކުށްހީއެއް: ފަލާހްޚަބަރު | 13 ދުވަސް ކުރިން