logo
Bank of Maldives

Bank of Maldives

ދުނިޔެ

އިންޑިއާގެ އާރްއޭއެފް އޮފިސަރަކު މުޒާހަރާގެ ބައިވެރިންނަށް ''ކުރަފީ''ގެ ނަމުން މުޚާތަބުކުރުމުން ބޮޑު ހޫނުގަނޑެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
23 ޖުލައި 2026 - 07:59
އިންޑިއާގެ އާރް.އޭ.އެފްގެ އޮފިސަރ ސޯނިއާ ސެހްރާވަތް، ފޮޓޯ: ސޯނިއާގެ އިންސްޓަގްރާމް
އިންޑިއާގެ އާރް.އޭ.އެފްގެ އޮފިސަރ ސޯނިއާ ސެހްރާވަތް، ފޮޓޯ: ސޯނިއާގެ އިންސްޓަގްރާމް

އިންސްޓަގްރާމްގައި މަގުބޫލުކަން ހޯދާފައިވާ އިންޑއާގެ އޮފިސަރަކު، އެގަމުގެ ކޮކޮރަޗް ހަރަކާތުން ކުރިއަށް ގެންދާ މުޒާހަރާގެ ބައިވެރިންނަށް ނިސްބަތްކޮށް "ކުރަފީގެ" ނަމުން މުހާތަބުކޮށް ކުރި ޕޯސްޓަކާ ގުޅިގެން ބޮޑު ހޫނުގަނޑެއްގެ ތެރެއަށް އޭނާ ވެއްޓިއްޖެއެވެ.

ހަމަނުޖެހުންތަކާއި މީހުން ކޮންޓްރޯލްކުރުމަށް ހާއްސަ ރެޕިޑް އެކްޝަން ފޯސް (އާރް.އޭ.އެފް) ގެ އޮފިސަރެއް ކަމަށްވާ ސޯނިއާ ސެހްރާވަތަކީ، ސޯޝަލް މީޑިއާގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފަރާތެކެވެ. ހަރިޔާނާއަށް ނިސްބަތްވާ މި އޮފިސަރުގެ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދު 6 ލައްކައަށްވުރެ ގިނައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހަފްތާގައި އޭނާ ގައުމީ ސަމާލުކަމަށް އައީ، މެޑިކަލް އިމްތިހާނު (ނީޓް) ގެ ކަރުދާސް ލީކުވި މައްސަލައިގައި އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކުގައި އިސްކޮށް އުޅޭ 'ކޮކްރޯޗް ޖަންތާ ޕާޓީ' (ސީ.ޖޭ.ޕީ) އަށް އަމާޒުކޮށް ކުރި އިންސްޓަގްރާމް ސްޓޯރީއަކާ ގުޅިގެންނެވެ.

photo_2026-07-23_13-13-04.jpg

އިންޑިއާގެ އާރް.އޭ.އެފްގެ އޮފިސަރ ސޯނިއާ ސެހްރާވަތް، ފޮޓޯ: ސޯނިއާގެ އިންސްޓަގްރާމް

 

ހޯމަ ދުވަހު ދަރިވަރުން ޕާލަމެންޓާ ދިމާލަށް ހިނގާލުމެއް ބޭއްވި އިރު، މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ފުލުހުން ކަރުނަގޭސް ޖަހައި ބާރުގެ ބޭނުންކުރުމާ ގުޅިގެން މަސްލަހަތު އިތުރަށް ގޯސްވިއެވެ. ސެންޓްރަލް ރިޒާވް ޕޮލިސް ފޯސް (ސީ.އާރް.ޕީ.އެފް) ގެ ހާއްސަ ގޯއްޕެއް ކަމަށްވާ އާރް.އޭ.އެފްގެ އެސިސްޓަންޓް ކޮމަަންޑަންޓްގެ މަގާމުގައި ހުރި ސޯނިއާ، އެ ސަރަހައްދުގައި ޑިއުޓީގައި ހުރެ ކުރި ސްޓޯރީގައި މަރުވެފައި އޮތް ކަރަފީއެއްގެ ފޮޓޯއަކާއެކު ލިޔެފައިވަނީ، "އަމިއްލަ ނަފްސު އިސްލާހު ނުކުރެވޭ ބަޔަކު ގައުމު އިސްލާހުކުރަން އުޅެނީ" ކަމަށެވެ.

މިކަމާ ގުޅިގެން އާންމުންގެ ނުރުހުން އަމާޒުވުމުން އޭނާ ވަނީ އެ ސްޓޯރީ ފަހުން ޑިލީޓްކޮށްފައެވެ. ސީ.ޖޭ.ޕީ އިން އެކްސްގައި ބުނެފައިވަނީ މިއީ ވަރަށް ހިތާމަވެރި ކަމެއް ކަމަށާއި، އާރް.އޭ.އެފްގެ އޮފިސަރަކު ސުލްހަވެރި މުޒާހަރާގެ ބައިވެރިންނަކީ ކުރަފީތަކެއްގެ ގޮތުގައި ދެކި، އެމީހުންނާ މެދު ބާރުގެ ބޭނުންކުރުން ދިފާއުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ކުރަފީއަކީ ދުވަހަކުވެސް މަރުވާނެ އެއްޗެއް ނޫން ކަމަށް ބުނެ އެ ޖަމިއްޔާއިން ވަނީ އޮފިސަރަށް ރައްދު ދީފައެވެ.

photo_2026-07-23_13-19-43.jpg

އިންޑިއާގެ އާރް.އޭ.އެފްގެ އޮފިސަރ ސޯނިއާ ސެހްރާވަތް، ފޮޓޯ: ސޯނިއާގެ އިންސްޓަގްރާމް

 

ސަރުކާރުގެ ވަޒީފާ އަދާކުރާ މުވައްޒަފުންގެ އަހުލާގީ މިންގަނޑު ބުނާގޮތުން، ނަސްލީ ތަފާތުކުރުމާއި، އަމިއްލަ ފުރައްސާރައާއި، ބަދުއަހުލާގީ އަމަލުތަކުން ދުރުހެލިވާންޖެހެއެވެ. ސޯނިއާގެ މި އަމަލަކީ އެ ގަވާއިދުތަކާ ހިލާފު އަމަލެއް ކަމަށް ބެލެވެއެވެ.

'ދަ ޕްރިންޓް' ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޑިއުޓީގައި ހުރެ އަމިއްލަ އެކައުންޓުން ސިޔާސީ ޚިޔާލު ފާޅުކުރުމަކީ އަދަބު ދެވޭނެ ފަދަ ކަމެކެވެ. މީގެ އިތުރުން، އިންސްޓަގްރާމް ފަދަ ވަސީލަތްތަކުގައި ޔުނީފޯމްގައި ހުންނަ ފޮޓޯ ޕްރޮފައިލް ފޮޓޯއަށް ނުލުމަށް އޮންނަ އިރުޝާދާވެސް އޭނާ ވަނީ ހިލާފުވެފައެވެ. އޭނާގެ އިންސްޓަގްރާމް އެކައުންޓް '3star_Sonia' ގެ ޕްރޮފައިލް ފޮޓޯގައި އިނީ ޔުނީފޯމްގައެވެ.

photo_2026-07-23_13-13-08.jpg

އިންޑިއާގެ އާރް.އޭ.އެފްގެ އޮފިސަރ ސޯނިއާ ސެހްރާވަތް، ފޮޓޯ: ސޯނިއާގެ އިންސްޓަގްރާމް

 

ސޯނިއާގެ އިންސްޓަގްރާމް ފީޑުން ފެންނަނީ ތަފާތު އެކި ދިރިއުޅުމުގެ މަންޒަރުތަކެވެ. ފައްޅިތަކަށް ޒިޔާރަތްކުރުމާއި، ކަސްރަތުކުރުމާއި، ސައިކަލް ދުއްވުމުގެ އިތުރުން ފިލްމީ ލަވަތަކަށް ހަރަކާތްތެރިވާ މަންޒަރުތައް ވެސް އޭނާ ހިއްސާކުރެއެވެ. އޭނާގެ މި އަމަލުތަކާ ގުޅިގެން އާރް.އޭ.އެފް އަދި ސީ.އާރް.ޕީ.އެފްގެ އިސްވެރިންގެ މެދުގައި ވެސް ވަނީ ބަހުސްތަކެއް އުފެދިފައެވެ. ބައެއް އޮފިސަރުން ބުނާގޮތުގައި މިއީ މުޅި މުއައްސަސާގެ އަބުރަށް އުނިކަން އަންނަ ކަމެކެވެ.

photo_2026-07-23_13-19-38.jpg

އިންޑިއާގެ އާރް.އޭ.އެފްގެ އޮފިސަރ ސޯނިއާ ސެހްރާވަތް، ފޮޓޯ: ސޯނިއާގެ އިންސްޓަގްރާމް

 

މި މައްސަލައިގައި ''އެން.ޑީ.ޓީ.ވީ'' އަށް ދިން އިންޓަވިއުއެއްގައި ސޯނިއާ ބުނީ، މުޒާހަރާގެ ތެރޭގައި "ގޯނާކުރާ މީހުންނާއި" "ނޭދެވޭ އަމަލުތައް ހިންގާ ބަޔަކު" ތިބި ކަމަށެވެ. އަދި މުޒާހަރާގެ ބައިވެރިން ފުލުހުންނާ ދިމާލަށް ގަލާއި، ބޯޓްލާއި، ބޫޓު ފަދަ ތަކެތި އުކި ކަމަށް އޭނާ ތުހުމަތުކުރިއެވެ. މުޒާހަރާ ކޮންޓްރޯލްކުރުމުގެ ތެރޭގައި އަތަށް ލިބުނު އަނިޔާއާއި ކަރުގައި ހުރި ވަކިއެޅި ނިޝާންތައް ދައްކަމުން އޭނާ ބުނީ، އޭނާ އަށް އަނިޔާވީ އަންހެން ދަރިވަރުން ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޑިއާގެ އާރްއޭއެފް އޮފިސަރަކު މުޒާހަރާގެ ބައިވެރިންނަށް ''ކުރަފީ''ގެ ނަމުން މުޚާތަބުކުރުމުން ބޮޑު ހޫނުގަނޑެއްދުނިޔެ | 2 ގަޑިއިރު ކުރިންޝާހްރުކް ޚާންގެ ދީލަތި އެހީއާއެކު 'ދިއޯލް ބޭންޑް 2' ބޮޑު ކާމިޔާބީއެއް ހޯދަނީދުނިޔެ | މަހެއް ކުރިންފައިސާގެ އަގު ދަށްވުމާއި ވިސާގެ ހަރުކަށި އުސޫލުތަކުގެ ސަބަބުން އިންޑިއާ ކިޔަވާ ކުދިން ދެވަނަ ވިސްނުމަކަށްދުނިޔެ | މަހެއް ކުރިންމަޝްހޫރު އެކްޓަރު ޖިއަންކާލޯ އެސްޕޮސިޓޯ އިސްލާމްދީން ގަބޫލުކޮށްފިދުނިޔެ | މަހެއް ކުރިން