logo
Bank of Maldives

Bank of Maldives

ޚަބަރު

ހަ ޤައުމެއްގެ ސަފީރުން މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އަރުވައިފި

އައިޝަތު ނަޝާ
23 ޖުލައި 2026 - 11:18
ހަ ޤައުމެއްގެ ސަފީރުން މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އަރުވައިފި

ހަ ޤައުމަކުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއަށް މަޤާމުގެ ފަތްކޮޅު އަރުވައިފިއެވެ.

އެބޭޅުން ރައީސުލްޖުމްހޫރިއްޔާއަށް މަޤާމުގެ ފަތްކޮޅު އަރުވާފައިވަނީ، މިއަދު ރައީސްއޮފީހުގައި ވަކިވަކިން ބޭއްވި ބައްދަލުކުރެއްވުންތަކުގައެވެ. ނޮން ރެސިޑެންޓް ސަފީރުން މި ރަސްމިއްޔާތަށް ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ ޢިއްޒަތުގައި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ބެރުދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ.

މިއަދު މަޤާމުގެ ފަތްކޮޅު އަރުވާފައިވާ ނޮން-ރެސިޑެންޓް ސަފީރުން:

Ad by Hajj Corporation

Ad by Hajj Corporation

  • ޑިމޮކްރެޓިކް ޕީޕަލްސް ރިޕަބްލިކް އޮފް ލާއޮސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވި ނޮން-ރެސިޑެންޓް ސަފީރު، ވިތާޔާ ޒަޔާވޮންގ
  • ތުރުކެމިނިސްތާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު، ޝަލާރް ގެލްޑެނަޒަރޮވް
  • ބުރުކީނާ ފާސޯއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު، ޑޮކްޓަރ ޑޭޒީރޭ ބޯނީފާސް ސޯމޭ
  • ރިޕަބްލިކް އޮފް އޮސްޓްރިއާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު، ޑޮކްޓަރ ރޮބަރޓް ޓްސީގް
  • ކިންގްޑަމް އޮފް ބޫޓާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ނޮން-ރެސިޑެންޓް ސަފީރު، ޑަޝޯ ކާރމަ ހަމު ޑޯރޖީ
  • ޕޯޗުގަލް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ނޮން-ރެސިޑެންޓް ސަފީރު، ޖޮއާއޯ މެނުއަލް މެންޑެސް ރިބޭރޯ ޑި އަލްމީޑާ

ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބޭފުޅުންގެ ފަތްކޮޅު ބަލައިގަނެ، އެ ބޭފުޅުންނަށް މަރުޚަބާ ދަންނަވާފައެވެ. އަދި ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، ސަފީރުންނާއި ވަކިވަކިން ބައްދަކުރައްވާ މުހިންމު މަޝްވަރާތަކެއް ކުރައްވާފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލު، ރައީސް ތަސްދީގުކުރައްވައިފިޚަބަރު | 2 ގަޑިއިރު ކުރިންހަ ޤައުމެއްގެ ސަފީރުން މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އަރުވައިފިޚަބަރު | 4 ގަޑިއިރު ކުރިން"ރައްޔިތުންގެ އަޑު" ބައްދަލުވުމުގައި އިތުރު 4 ދާއިރާއަކުން ބައިވެރިވުމަށް ހުޅުވާލައިފިޚަބަރު | 4 ގަޑިއިރު ކުރިންއިޤްތިޞާދީ ގުޅުން ބަދަހިކުރަން ޤަޠަރާއެކު މަޝްވަރާ ކޮށްފިޚަބަރު | ދުވަހެއް ކުރިން