logo
ޚަބަރު

ވިލިމާލެ ހޮސްޕިޓަލްގެ މަސައްކަތް އަންނަ އަހަރު ފަށަނީ

އަޙްމަދު ޒަލީފް
17 އޮކްޓޯބަރު 2024 - 12:11
ވިލިމާލެ ހޮސްޕިޓަލްގެ މަސައްކަތް އަންނަ އަހަރު ފަށަނީ

ވިލިމާލޭގައި ތަރައްޤީކުރާ 100 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތް 2 އަހަރު ދުވަހުގެ ތެރޭގައި ނިންމާ ޚިދުމަތް ދޭން ފެށުމަކީ އަމާޒެއްކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ވިލިމާލޭ ހޮސްޕިޓަލުގެ ޓެންޑަރިންގެ މަރުހަލާއަށް ދިޔުމަށް އިމާރަތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާއި ޗައިނާއާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެެއެވެ.

ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، ޗައިނާއިން ދިވެހިރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ހިންގަވަން ނިންމެވި މަޝްރޫޢުއެކެވެ.

އިމާރާތް ކުރުމާއި ބިނާރާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، ވިލިމާލޭ ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް އެކި ފަރާތްތަކާއެކު މުހިންމު މަޝްވަރާތަކެއް ކުރެވުނުކަމަށެވެ. އެގޭ ތެރޭގައި ހޮސްޕިޓަލުތަކާއި ވުޒާރާތަކާއި އެކަމާއި ގުޅުން ހުރި ތަންތަނާއެކު މަޝްވަރާ ބައްދަލުވުންތައް ގެންދެވުނުކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވީ، މި މަސައްކަތަކީ އައިޖީއެމްއެޗްގެ ދަށުން ހިންގާ މަސައްކަތަކަށްވުމުން އެ ހޮސްޕިޓަލާއި ޞިއްޙީ ވުޒާރާއި ގުޅިގެން ވިލިމާލޭ ހޮސްޕިޓަލަށް ބޭނުންވާ އާލާތްތަކުގެ ލިސްޓް ކަނޑައެޅި އަދި އެތަނުން ލިބެން ހުންނަ ޚިދުމަތްތަކާއި މީގެ އިތުރުންވެސް ބޭނުންވާނެ މައުލޫމާތު އެއްކުރެވިފައިވާކަމަށެވެ.

ވަޒީރު ވިދާޅުވީ، ޓެންޑަރިންގެ މަރުހަލާ ފުރިހަމަވުމަށް 6 މަސް ދުވަސް ނަގާނެކަމަށެވެ. މި 6 މަސް ދުވަސް ތެރޭގައި ޑިޒައިންގެ މަސައްކަތް ނިމި މަސައްކަތް ކުރާނެ ކުންފުންޏެއް ބިޑްކޮށްގެން ޗައިނާއިން ހޯދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އެއަށްފަހު އަންނަ އަހަރުގެ މެދު ތެރޭގައި އިމާރާތް ކުރުމުގެ މަސައްކަތް ފެށި 2 އަހަރު ތެރޭގައި ނިންމާލެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވިލިމާލޭގައި މިހާރު ބޭނުންކުރާ ހޮސްޕިޓަލުގައި ބޭނުންކުރަނީ އެމަޖެންސީ 5 އެނދެއެވެ. އަދި ހޮސްޕިޓަލުގައި ހުރީ ބަލި މީހުން ބަލާ 3 ކޮޓަރިއެވެ. ބައެއް އާއްމު ޙާލަތްތަކުގައި މިހާރުވެސް ފަރުވާއަށް އަންނަޖެހެނީ މާލެއެވެ.

ވިލިމާލެއަކީ 15000 އެއްހާ މީހުންގެ އާބާދީއެއް އޮތް ރަށެކެވެ.

މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލިޝިންއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިލިމާލޭ 100 އެންދުގެ ހޮސްޕިޓަލްގެ ތަފްސީލީ ޑިޒައިން މަރުޙަލާ ފެށުމަށް ނިންމައިފިޚަބަރު | 3 މަސް ކުރިންމާލެ ސަރަހައްދުގެ މައި ހޮސްޕިޓަލުތަކުގެ އޯޕީޑީ މިއަދު ބަންދުޚަބަރު | 6 މަސް ކުރިންވިލިމާލެ ހޮސްޕިޓަލްގެ މަސައްކަތް އަންނަ އަހަރު ފަށަނީ ޚަބަރު | އަހަރެއް ކުރިން