logo
Bank of Maldives

Bank of Maldives

ޚަބަރު

އަމާޒަކީ ޒުވާނުންނަށް ފުރުސަތު ފަހިކޮށްދީ، ކްރިއޭޓަރ އެކޮނޮމީ އިން ޖީޑީޕީއަށް 2030ގެ ނިޔަލަށް 15% ހިއްސާކުރުން: ރައީސް

އަޙުމަދު ރިޝާން
24 ޖުލައި 2026 - 11:36
އަމާޒަކީ ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދީ، ކްރިއޭޓަރ އެކޮނޮމީ އިން ޖީޑީޕީއަށް 2030ގެ ނިޔަލަށް 15% ހިއްސާކުރުން: ރައީސް

އަމާޒަކީ ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދީ، ކްރިއޭޓަރ އެކޮނޮމީއެއް އުފައްދާ، އެދާއިރާއިން ޖީޑީޕީއަށް 2030ގެ ނިޔަލަށް 15% ހިއްސާކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ ފަސްވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ޒުވާނުންނަކީ ގައުމުގެ އިގްތިސޯދު ބިނާކުރުމުގައި އެއްފަރާތް ކަމަށެވެ. ޒުވާނުން ބާރުވެރި ކުރުމަށް ތަފާތު އެކި މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެގޮތުން، ޒުވާނުން ތައުލީމީ ގޮތުންނާއި އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށާއި ޒުވާނުންނަކީ އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލަ މަސައްކަތްކުރާ ބަޔަކަށް ހެދުމަށް އިސްކަން ދެއްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ވިދާޅުވީ ހަށިހެޔޮ، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ޒުވާނުންނަށް ކުޅިވަރުކުޅެވޭނެ ފަހި ފުރުޞަތުތައް މީގެ ކުރިން ރާއްޖެ ދެކެފައި ނުވާ ތަރައްގީ ކޮށްދެއްވާނެ ކަމަށެވެ. މާލޭ ސަރަހައްދުގެ އިތުރުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ޒުވާނުންނަށް އަމާޒުކޮށް އެކި ކުޅުވަރުތައް ކުޅެވޭނެ ގޮތް ހަދައި ދެއްވާނެ ކަމަށް ވެސް ރައީސް ފާހަގަ ކުރެއްވެވި އެވެ. އެގޮތުން 2028 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާ ހިސާބަށް ދެވޭއިރު، މިފަދަ މަޝްރޫޢުތައް ނިންމާލެވޭނެ ކަމަށް ވެސް ރައީސް ފާހަގަ ކުރެއްވެވި އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހެންވޭރު ފެރީ ޓަރމިނަލުން ނޯތު ހާބަރަށް: މި ދޫކޮށްލެވުނީ ފަސޭހައާއި ތަރައްގީގެ އުފާލިބިދިން ހަމަޖެހުމުގެ ނޭވާއެއްރިޕޯޓް | ގަޑިއިރެއް ކުރިންއަމާޒަކީ ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދީ، ކްރިއޭޓަރ އެކޮނޮމީ އިން ޖީޑީޕީއަށް 2030ގެ ނިޔަލަށް 15% ހިއްސާކުރުން: ރައީސްޚަބަރު | 2 ގަޑިއިރު ކުރިންބޮޑުތަކުރުފާނު މަގު އަލަށް ތަރައްގީ ކުރި ބައި މިއަދު ހުޅުވާލަނީޚަބަރު | 9 ގަޑިއިރު ކުރިން ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލު، ރައީސް ތަސްދީގުކުރައްވައިފިޚަބަރު | ދުވަހެއް ކުރިން