logo
MPL

MPL

ޚަބަރު

ބޮޑުތަކުރުފާނު މަގު އަލަށް ތަރައްގީ ކުރި ބައި މިއަދު ހުޅުވާލަނީ

އައިޝަތު ނަޝާ
24 ޖުލައި 2026 - 04:41
ބޮޑުތަކުރުފާނު މަގު އަލަށް ތަރައްގީ ކުރި ބައި މިއަދު ހުޅުވާލަނީ

މާލޭގެ ބޮޑުތަކުރުފާނު މަގުގައި އަލަށް ތަރައްގީ ކުރި ބައި މިއަދު އާއްމުންނަށް ހުޅުވާލާނެ ކަމަަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު އަލަށް ތަރަައްގީ ކުރި ޕާކިން ޒޯން ސަރަހައްދުގައި ގަސް އިންދަން ފެށުމަށް ބޭއްވި އިވެންޓްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. މުއްތަލިބު ވިދާޅުވީ، މަގުގެ މަސައްކަތް ނިމިފައިވާ ކަމަށާއި މިއަދު ހަވީރު 16:00ގައި އާއްމުންނަށް މަގު ހުޅުވާލާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޑރ. މުއްތަލިބު ވިދާޅުވީ، ގަސް އިންދުމުގެ ހަރަކާތަކީ މަގު ހެދުމުގެ މަސައްކަތް ނިމުމާއެކު ރައްޔިތުންނަށް ވީހާވެސް ހިތްފަސޭހަ، އަދި މާލޭގެ މަލަމައްޗަށް ތަނަވަސްކަން ގެނެސްދިނުމަށް ކުރިއަށްގެންދިޔަ މަސައްކަތެއް ކަމަށެވެ.

އަދި މަގު ފެހި ކުރުމުގެ މަސައްކަތް ކުރިއަށް އޮތްތަނުގައިވެސް ކުރިއަށް ގެންދާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ. މީގެ ތެރޭގައި ތަފާތު މާމެލާމެލީގެ ގަސްތަައްވެސް ހިމެނޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ބޮޑުތަކުރުފާނު މަގު ރަސްމީކޮށް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ. މިގޮތުން މަގުގައި މިޙާރު ރުއް އިންދާފައިވާާއިރު، އެ މަގުގައި ތަރައްގީ ކުރި ޕާކިން ޒޯންގައި ވަނީ ގަސް އިންދަން ފަށައިފަ އެވެ.

ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ދެމެދު އޮތް ސަރަހައްދު ތަރައްޤީކޮށް ހުޅުވާލުމުން ދެން އޮތް މަރުހަލާގައި އެމްޕީއެލް ސަރަހައްދުން ފެށިގެން ރަސްފަންނާ ހަމައަށް ތަރައްޤީކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެކުރިން ވަނީ ވިދާޅުވެފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައުމީ ރުކުނަކަށް އުނިކަމެއް އަންނާނެ ގޮތަކަށް އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަގީންކަންދެން: ރައީސްޚަބަރު | 16 ގަޑިއިރު ކުރިންހަތިޔާރުގެ އަޅުވެތިކަން ފަދައިން ދަރަނީގެ އަޅުވެތިކަމުން ވެސް ޤައުމު ސަލާމަތްކުރަންޖެހޭ: ރައީސްޚަބަރު | ދުވަހެއް ކުރިންނޮވެމްބަރު 3 ގެ ހިތްވަރުގަދަ 5 ބަޠަލެއްގެ ޚިދުމަތުގެ އަގުވަޒަންކޮށް އައްޑަނަ އަރުވައިފިޚަބަރު | ދުވަހެއް ކުރިންއެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފަވެރި ކޮށްދެއްވައިފިޚަބަރު | 2 ދުވަސް ކުރިން