logo
Bank of Maldives

Bank of Maldives

ޚަބަރު

އަމީނީ މަގު ރަނގަޅު ކުުރުމުގެ މަސައްކަތް އަންނަ ހަފުތާ ފަށަނީ

އައިޝަތު ނަޝާ
25 ޖުލައި 2026 - 06:06
އަމީނީ މަގު ރަނގަޅު ކުުރުމުގެ މަސައްކަތް އަންނަ ހަފުތާ ފަށަނީ

އަމީނީމަގުގެ ހުޅަނގަށްވީ ބައިގައި އަޅައިފައިވާ ތާރުގަނޑު ނަގައި، އެ ސަރަހައްދުގައި އަލުން ތާރުއެޅުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ބުނެފި އެވެ.

އަމީނީ މަގުގެ އެންމެ ފަހުން ތާރުއެޅި ސަރަހައްދު ހާބަރު ފުޑްކޯޓާއި ދިމާ މިހާރު ވަނީ، ދުއްވަން ނުރައްކާވާ މިންވަރަށް ހަލާކުވެފަ އެވެ. އެ ސަރަހައްދުގައި "މުލިހި"ތަކެއްހެން ނުވަތަ "ރާޅުބާނި"ތަކެއްހެން ތާރުގަނޑުން ބައިބައި ވަނީ އުފުލިފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަމީނީ މަގުގެ ހުޅަނގަށްވީ ބައިގައި އަލުން ތާރުއެޅުމަށް ސަރުކާރުން ފުރަތަމަ ހަވާލުކުރީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އާއެވެ. އެ ސަރަހައްދުގައި ތާރުއެޅުމުގެ މަސައްކަތް ދެ ހަފުތާއެއްހައި ދުވަހުގެތެރޭގައި ފަށާނެ ކަމަށް އެ ކުންފުނިން ބުނެފަައި ވަނީ މި އަހަރުގެ އޭޕްރިލް މަހުގެ 11 ވަނަ ދުވަހެވެ.

އޭރު އެ ކުންފުނިން ބުނީ އެ މަގު އަލުން ތަރައްގީކުރާއިރު ފަންނީ ގޮތުން ބަލަންޖެހޭ ހުރިހާ ކަމެއް ބަލާނެ ކަމަށާއި ތާރުއެޅުމުގެ މަސައްކަތް ކުރަން ހަމަޖެހިފައި ވަނީ ރާއްޖޭން ބޭރުން ރޯޑް އިންޖިނިއަރެއް ގެނެސްގެން ކަމަށެވެ.

އެއަށްފަހު އެ މަސައްކަތް ނުފެށި ލަސްވާތީ ސުވާލުކުރުމުން އެ ކުންފުނިން ޖޫން މަހުގެ ކުރީކޮޅު ބުނީ، އެ ސަރަހައްދުގައި އަލުން ތާރުއެޅުމުގެ މަސައްކަތް ފެށުން ލަސްވަނީ ހައުސިން މިނިސްޓްރީން އެ މަސައްކަތުގެ ބައެއް ކަންކަމަށް ބަދަލު ގެންނާތީ ކަމަށެވެ.

އަމީނީ މަގުގެ މިހާރު ހަލާކުވެފައިވާ ސަރަޙައްދު، ސެގްމަންޓް 11 އަދި 12ގެ މުޅި މަސައްކަތް ނިންމާ ފުރަތަމަ ހުޅުވީ 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު އެވެ. މިދިޔަ އަހަރުގެ ކުރީކޮޅުވެސް ވަނީ މާފަންނު ސްޓޭޑިއަމް ސަރަޙައްދުގެ އިރުން ހުޅަނގަށް ދުއްވާ ލޭނުން ބައެއްގައި ތާރުގަނޑު މަރާމާތު ކޮށްފަ އެވެ.

ނަމަވެސް ކުރު މުއްދަތެއްގެ ތެރޭގައި މަގުގެ ތާރުގަނޑު ހަލާކުވެ، އަޑިގުޑަންވެ، މަގުން ދުއްވާ މީހުންނަށް އޭގެ އުނދަގޫ ކުރިމަތިވާ ވަރަށް ވަނީ ހަލާކުވެފަ އެވެ. މި ގޮތަށް ހަލާކުވުުގެ ސަބަބެއްގެ ގޮތުގައި ޓެކްނިކަލް ފަރާތްތަކުން ފާހަގަކުރަނީ ތާރު އެޅުމަށްފަހު، ތާރުގަނޑު ރަނގަޅަށް ނުހިކެނީސް އުޅަނދުތަކަށް މަގު ހުޅުވާލުމެވެ. އެގޮތަށް ހުޅުވާލުމުން ކުރު މުއްދަތެއްގެ ތެރޭގައި މަގުގެ އެ ލޭނު ވަރަށް ބޮޑަށް ހަލާކުވި އެވެ.

މިދިޔަ ސަރުކާރުން 84.4 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ، އަމީނީ މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަހައްދެއް ތާރު އަޅައިގެން ތަރައްޤީކޮށްފައިވެ އެވެ. އަމީނީމަގުގެ މަސައްކަތް މުޅިން ނިންމާފައިވަނީ 2024 އަހަރުގެ ޖަނަވަރީ މަހު އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަމީނީ މަގު ރަނގަޅު ކުުރުމުގެ މަސައްކަތް އަންނަ ހަފުތާ ފަށަނީޚަބަރު | 3 ގަޑިއިރު ކުރިންއަމީނީމަގުގެ މަސައްކަތް ފެށުން ލަސްވަނީ މަސައްކަތުގެ ސްކޯޕަށް ބަދަލެއް ގެންނާތީ: އާރްޑީސީޚަބަރު | 2 މަސް ކުރިންއަމީނީމަގު ހަލާކުވީ ތާރުގަނޑު ނުހިކެނީސް ހުޅުވުމުން ޚަބަރު | އަހަރެއް ކުރިންއަމީނީ މަގުގައި ފެން ބޮޑުވާ މައްސަލަ ހައްލު ކުރަނީ ޚަބަރު | 2 އަހަރު ކުރިން