logo
Bank of Maldives

Bank of Maldives

ޚަބަރު

މާލޭގެ އަމީނީމަގުގެ މަރާމާތު ކުރަމުންދާ ބައިގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފި

އަޙުމަދު ރިޝާން
19 ސެޕްޓެމްބަރު 2026 - 12:22
މާލޭގެ އަމީނީމަގުގެ މަރާމާތު ކުރަމުންދާ ބައިގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފި

 މާލޭގެ އަމީނީމަގުގެ މަރާމާތު ކުރަމުންދާ ބައިގައި ތާރު އެޅުމުގެ މަސައްކަތް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކުންފުނި (އެމްޓީސީސީ) އިން މިއަދު ފަށައިފި އެވެ.

މިއީ މަގުގެ ފެންވަރު ރަނގަޅުކޮށް އާންމުންނަށް ދަތުރުފަތުރުކުރުމުގައި ލުއިފަސޭހަކޮށްދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި މަސައްކަތް ކުރުމަށްޓަކައި ބަންދުކޮށްފައިވަނީ ދިވެހިރާއްޖޭގެ އަޑުގެ އިމާރާތުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހިސާބަށް އޮތް ސަރަހައްދެވެ. މި ސަރަހައްދު އާންމު ދަތުރުފަތުރަށް ބަންދުކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ ފަހުކޮޅުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކުރިން ތާރު އަޅައިގެން ހަދާފައިވާ އަމީނީމަގުގެ ބައެއް ސަރަހައްދުތަކުގައި ތާރުގަނޑު އުފުލި، ބޮޑެތި އަޑިގުޑަންތައް ހެދުމާ ގުޅިގެން، އެ ތާރުގަނޑު އެއްކޮށް ނަގައި އެތަން އަލުން ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ޖޫން މަހުއެވެ. މި މަސައްކަތުގެ ދަށުން މިދިޔަ ހަފްތާގައި ތާރު އަޅަން ހަމަޖެހިފައި އޮތް ނަމަވެސް، އެ ދުވަސްވަރު މޫސުން ވަރަށް ބޮޑަށް ގޯސްވެ ވާރޭވެހުމުގެ ސަބަބުން މަސައްކަތް ވަނީ ލަސްވެފައެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ ޖުލައި 2022 ގައެވެ. އަދި ތާރު އަޅައިގެން މި މަގު ހެދުމަށް ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ފާހަގަކުރެވެއެވެ.

ނަމަވެސް، މަގުގެ އެކި ހިސާބުތަކުގައި ތާރުގަނޑު ހަލާކުވެ، ނުއަގުގައި އަދި ފެންވަރު ދަށް މެޓީރިއަލް ބޭނުންކޮށްގެން މަސައްކަތް ކޮށްފައިވާ ކަމަށް ބުނެ ގިނަ ފަރާތްތަކުން ވަނީ ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. މި މަޝްރޫޢާ ގުޅޭގޮތުން އާންމުންގެ ފަރާތުން ގިނަ ކަންބޮޑުވުންތަކެއް ވަނީ ފާޅުކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭގެ އަމީނީމަގުގެ މަރާމާތު ކުރަމުންދާ ބައިގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފިޚަބަރު | ގަޑިއިރެއް ކުރިންއަމީނީމަގު މަރާމާތުގެ ފުރަތަމަ ސެގްމަންޓްގައި ތާރު އަޅަން ތައްޔާރުވެއްޖެޚަބަރު | 23 ދުވަސް ކުރިންއަމީނީމަގު މަރާމާތު ކުރުމަށް ސާވޭ ކޮށްފިޚަބަރު | 2 މަސް ކުރިންއަމީނީ މަގު ރަނގަޅު ކުުރުމުގެ މަސައްކަތް އަންނަ ހަފުތާ ފަށަނީޚަބަރު | 2 މަސް ކުރިން