logo
Bank of Maldives

Bank of Maldives

ޚަބަރު

އަމީނީމަގުގެ ސެގްމަންޓް 1 ގައި ތާރުގެ ދެވަނަ ފަށަލަ އެޅުމުގެ މަސައްކަތް ފަށައިފި

އައިޝަތު ނަޝާ
21 ސެޕްޓެމްބަރު 2026 - 13:06
އަމީނީމަގުގެ ސެގްމަންޓް 1 ގައި ތާރުގެ ދެވަނަ ފަށަލަ އެޅުމުގެ މަސައްކަތް ފަށައިފި

އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު މަސައްކަތް ފަށާފައިވާ ފުރަތަމަ ސެގްމަންޓުގައި ތާރުގެ ދެވަނަ ފަށަލަ އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

އަމީނީ މަގުގެ މަރާމާތު ކުރަން ފަށާފައިވާ ސަރަހައްދުގެ ފުރަތަމަ ސެގްމަންޓުގައި ތާރު އެޅުމުގެ މަސައްކަތް ފެށީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އަދި މިއަދު ދެވަނަ ތާރުގެ ދެވަނަ ފަށަލަ އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެ ކުންފުނިން ބުނީ، ތާރު އެޅުމުގެ މަސައްކަތް ހަފުތާއެއްގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެކަމަށާއި،އެގޮތުން ތާރުގެ ދެވަނަ ފަށަލަ އެޅުމަށްފަހު މި ހަފުތާގެ ތެރޭގައި މަގުގެ ނިޝާންތައް ކުރެހުންފަދަ އެންމެ ފަހުގެ މަސައްކަތްތައް ތާވަލުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

View post on Twitter

 

މިއީ މަގުގެ ފެންވަރު ރަނގަޅުކޮށް އާންމުންނަށް ދަތުރުފަތުރުކުރުމުގައި ލުއިފަސޭހަކޮށްދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި މަސައްކަތް ކުރުމަށްޓަކައި ބަންދުކޮށްފައިވަނީ ދިވެހިރާއްޖޭގެ އަޑުގެ އިމާރާތުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހިސާބަށް އޮތް ސަރަހައްދެވެ. މި ސަރަހައްދު އާންމު ދަތުރުފަތުރަށް ބަންދުކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ ފަހުކޮޅުގައެވެ.

ފުރަތަމަ ސެގްމަންޓްގެ މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލުމަށްފަހު، ދެން ކުރިއަށްދާނީ ސެގްމަންޓް 2 ގައި ހިމެނޭ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ގިޔާސުއްދީން ސްކޫލާ ހަމައަށް އޮންނަ ސަރަހައްދުގެ މަސައްކަތެވެ.

އަދި މުޅި މި މަސައްކަތް އަންނަ ނޮވެންބަރު މަހުގެ ތެރޭގައި ނިންމާލުމަށް ވަނީ އަމާޒުހިފާފައެވެ. މީގެއިތުރުން، އަމީނީ މަގު މަރާމާތު ކުރުމުގެ އިތުރުން ބޮޑުތަކުރުފާނު މަގުގެ ތާރުއަޅާފައިވާ ސަރަޙައްދުތަކުން ހަލާކުވެފައި ހުރި ތަންތަން މަރާމާތުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަމީނީމަގުގެ ސެގްމަންޓް 1 ގައި ތާރުގެ ދެވަނަ ފަށަލަ އެޅުމުގެ މަސައްކަތް ފަށައިފިޚަބަރު | ގަޑިއިރެއް ކުރިންއަމީނީމަގުގެ މަރާމާތު ކުރަމުންދާ ބައިގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފިޚަބަރު | 2 ދުވަސް ކުރިންއަމީނީމަގު މަރާމާތުގެ ފުރަތަމަ ސެގްމަންޓްގައި ތާރު އަޅަން ތައްޔާރުވެއްޖެޚަބަރު | 25 ދުވަސް ކުރިންއަމީނީމަގު މަރާމާތު ކުރުމަށް ސާވޭ ކޮށްފިޚަބަރު | 2 މަސް ކުރިން