logo
Bank of Maldives

Bank of Maldives

ޚަބަރު

ބޯލިންގް އެރިނާއަކާއި ގޯކާޓް އެރީނާގެ އިތުރުން، 25 ރަށެއްގައި ސްޕޯޓް ކޮމްޕްލެކްސް އަޅަނީ

އަޙުމަދު ރިޝާން
25 ޖުލައި 2026 - 12:38
ބޯލިންގް އެރިނާއަކާއި ގޯކާޓް އެރީނާގެ އިތުރުން،  25 ރަށެއްގައި ސްޕޯޓް ކޮމްޕްލެކްސް އަޅަނީ

 

 

Ad by Hajj Corporation

Ad by Hajj Corporation

ބޯލިން އެރީނާ އަކާއި ގޯކާޓް އެރީނާ އެއްގެ އިތުރުން ރާއްޖޭގެ 25 ރަށެއްގައި ސްޕޯޓް ކޮމްޕްލެކްސް އަޅަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ ފަސްވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ވިލިމާލެ އާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ 25 ރަށުގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްތައް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިފަދަ ކޮމްޕެލްކްސްތައް ގާއިމުކުރުމުގައި އާބާދީ ބޮޑެތި ރަށްރަށަށް އިސްކަން ދެއްވާނެ ކަމަށާއި މިއިން އެރީނާ އެއްގައި 1200 މީހުންނަށް ކުޅިބަލާލަން ތިބެވޭނެ ކަމަށް ވެސް ރައީސް ފާހަގަ ކުރެއްވެވި އެވެ.

އިންޑޯ ބޯލިންގް އެރިނާ އެޅުމުގެ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން މިކަމަށް ބޭނުންވާ ބިން ހުޅުމާލޭ ފޭސް އެކަކުން ކޮންޓްރެކްޓަރަށް ދީފައިވާ ކަމަށާއި އެކަމަށް ބޭނުންވާ ފައިސާ ވެސް ހަވާލުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ މި އެރީނާ އަކީ ވަރަށް ބޮޑުތަނެއް ކަމަށެވެވެ.

ބޯލިންގް އިތުރުން ސިންގަޕޫރު ފެންވަރުގައި ގޯކާޓް އެރިނާ އެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. މި އެރީނާ ހެދުމަށް ނިންމާފައި ވަނީ ހުޅުމާލޭގައި ކަމަށާއި ދުނިޔޭގެ އެހެން ގައުމުތަކުގައި ހުންނަ ފެންވަރުގައި މިތަން ފެނިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކުރިޔަށް އޮތްތާ ހުރިހާ ކުޅިވަރެއްގެ ކުޅިވަރުކުޅޭ މަރުކަޒުތައް ވެރިރަށް މާލޭ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުން ފެންނާނެ ކަމަށެވެ. 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސައުދީން އަބަދުވެސް ރާއްޖޭގެ ތަރައްގީ އާއި ފާގަތި ކަމަށް އިސްކަމެއްދޭ: ޕްރިންސް ޑޮކްޓަރ މަންޞޫރުޚަބަރު | ގަޑިއިރެއް ކުރިންބޯލިންގް އެރިނާއަކާއި ގޯކާޓް އެރީނާގެ އިތުރުން، 25 ރަށެއްގައި ސްޕޯޓް ކޮމްޕްލެކްސް އަޅަނީޚަބަރު | 2 ގަޑިއިރު ކުރިންމިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެއަށްޚަބަރު | 8 ގަޑިއިރު ކުރިންހެންވޭރު ފެރީ ޓަރމިނަލުން ނޯތު ހާބަރަށް: މި ދޫކޮށްލެވުނީ ފަސޭހައާއި ތަރައްގީގެ އުފާލިބިދިން ހަމަޖެހުމުގެ ނޭވާއެއްރިޕޯޓް | ދުވަހެއް ކުރިން