logo
Bank of Maldives

Bank of Maldives

ޚަބަރު

އައިރީނާގެ ދާއިމީ މަންދޫބަކަށް ތާރިގަށް ރުހުން ހޯދަނީ

އަޙުމަދު ރިޝާން
28 ޖުލައި 2026 - 07:26
އައިރީނާގެ ދާއިމީ މަންދޫބަކަށް ތާރިގަށް ރުހުން ހޯދަނީ

 ދިވެހިރާއްޖެ އިން އިންޓަނޭޝަނަލް ރިނިއުބަލް އެނަރޖީ އެޖެންސީ، އައިރީނާއަށް ކަނޑައަޅުއްވާ ދާއިމީ މަންދޫބަކަށް ތާރިގް އިބްރާހިމް އައްޔަން ކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.

އައިރީނާއަށް ކަނޑައަޅުއްވާ ދާއިމީ މަންދޫބަކަށް ތާރިގް އައްޔަން ކުރެއްވުމަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންގެ މަޖިލީހަށް އެމަނިކުފާނުގެ ނަންފުޅު ފޮނުއްވާފަ އެވެ. ތާރިގް އެ މަގާމަށް އައްޔަން ކުރުމަށް ޝަރުތު ހަމަވޭތޯ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ތާރީގު މިވަގުތު ހުންނެވީ ރާއްޖޭން އެކުވެރި އަރަބި އިމާރާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގަ އެވެ. ތާރީގު ވަނީ ތިމާވެއްޓާއި ހަކަތައާބެހޭ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވަވާފަ އެވެ. އަދި މިސަރުކާރުގެ ތިމާވެއްޓާ ބެހޭ ވަޒީރުކަން ވެސް އޭނާ ފުރުއްވަވާފައިވެ އެވެ.

އަރީނާ އަކީ އިޔާދަކުރަނިވި ހަކަތަޔާއި ބެހޭ ބައިނަލްއަގްވާމީ ޖަމިއްޔާ އެވެ. އައިރީނާ އުފައްދާފައި ވަނީ 2009 ވަނަ އަހަރުގެ ތެރޭގަ އެވެ. ފެށުނީއްސުރެ ރާއްޖެއަކީ އެ ޖަމިއްޔާގެ މެންބަރު ގައުމެކެވެ. ޔޫރަޕިއަން ޔޫނިއަންއާ އެކު، އެ ޖަމިއްޔާގެ މެމްބަރު ގައުމުތަކުގެ އަދަދު 169 އަށް އަރައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައިރީނާގެ ދާއިމީ މަންދޫބަކަށް ތާރިގަށް ރުހުން ހޯދަނީޚަބަރު | ގަޑިއިރެއް ކުރިން ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލު، ރައީސް ތަސްދީގުކުރައްވައިފިޚަބަރު | 5 ދުވަސް ކުރިންއީޔޫ އާއި ބެލްޖިއަމްގެ ސަފީރު ކަމަށް ދިޔާނާ އަޔަންކުރުން ކޮމެޓީން ރުހުންދީފިޚަބަރު | 12 ދުވަސް ކުރިންގައިދީން ގުނަވަން ހަދިޔާ ނުކުރެވޭ ގޮތަށް އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް ފާސްކޮށްފިޚަބަރު | 14 ދުވަސް ކުރިން