logo
MPL

MPL

ޚަބަރު

ނ.އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރަށް ޑްރަގް އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
29 ޖުލައި 2026 - 01:10
ސަރުކާރު އިމާރާތަކަށް ޑްރަގް އެތެރެކުރަން އުޅެނިކޮށް ހައްޔަރުކޮށްފައިވާ މީހާ، ފޮޓޯ: ޕޮލިސް
ސަރުކާރު އިމާރާތަކަށް ޑްރަގް އެތެރެކުރަން އުޅެނިކޮށް ހައްޔަރުކޮށްފައިވާ މީހާ، ފޮޓޯ: ޕޮލިސް

ނ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޅ. ނައިފަރު / ފުންވިލު، ޒައިދު މުޙައްމަދު (36އ) އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި މަނަދޫ ޕޮލިސް ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަން ހިންގާފައި ވަނީ މި ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.

ޒައިދު މުޙައްމަދު ހައްޔަރުކޮށް ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 20 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނުގައި 7.2 ގުރާމު ހުރި ކަމަށް ލަފާކުރެވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.

މި މައްސަލަ މަނަދޫ ޕޮލިސް ސްޓޭޝަނުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުލުހުންގެ ސަފުތަކާ އަލަށް ގުޅުނު 133 ފުލުހަކު ހުވާކޮށް އިގުރާރުގައި ސޮއިކޮށްފިޚަބަރު | 10 މިނިޓު ކުރިންމަސްތުވާތަކެއްޗާއި ބަނގުރާ އުފައްދާ ސާމާނާއެކު ރަސްދޫން 9 މީހަކު ހައްޔަރުކޮށްފިޚަބަރު | 3 ގަޑިއިރު ކުރިންބްރިޖުގައި ޑިއުޓީގައި ހުއްޓާ އަނިޔާވި ފުލުސް އޮފިސަރުގެ ހާލު ބެއްލެވުމަށް ވަޒީރު އިޙްސާން އޭޑީކޭއަށްޚަބަރު | 21 ގަޑިއިރު ކުރިންވަގަށް ނަގާފައިވާ ސައިކަލެއްގެ ނަންބަރު ބޯޑު ބަދަލު ކޮށްގެން ދުއްވި ދެ ބިދޭސީން ހައްޔަރުކޮށްފިޚަބަރު | ދުވަހެއް ކުރިން