logo
Bank of Maldives

Bank of Maldives

ދުނިޔެ

އީރާނުގެ ދެކުނަށް އެމެރިކާއިން ދިން ހަމަލާތަކެއްގައި އެއް އާއިލާއެއްގެ ތިން މީހުން މަރުވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
30 ޖުލައި 2026 - 06:49
އީރާނުގެ ދެކުނަށް އެމެރިކާއިން ދިން ހަމަލާތަކެއްގައި އެއް އާއިލާއެއްގެ ތިން މީހުން މަރުވެއްޖެ

އީރާނުގެ ދެކުނުގައި އޮންނަ ގޭޝްމް އައިލެންޑުގެ މީހުން ދިރިއުޅޭ އިމާރާތަކަށް ބުރާސްފަތި ދުވަހުގެ ފަތިހު އެމެރިކާއިން ދިން ހަމަލާތަކެއްގައި އެއް އާއިލާއެއްގެ ތިން މީހުން މަރުވެ، ދެ ކުޑަކުދިން ޒަޚަމްވެއްޖެ ކަމަށް އެ ގައުމުގެ ރަސްމީ ނޫސް އެޖެންސީ، އިރްނާ (އިރްނާ) އިން ރިޕޯޓްކޮށްފިއެވެ.

ހޯރްމޯޒްގާންގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު ނަފީސީއާ ހަވާލާދީ އިރްނާ އިން ބުނީ، ޗާހް ތަންގޫ އަވަށުގައި ހުރި އެ ގެއަށް ދިން ހަމަލާއާ ގުޅިގެން މީހުން ސަލާމަތްކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. މި ހަމަލާގައި މަރުވެފައިވަނީ އެ އާއިލާގެ ބަައްޕައާއި މަންމަގެ އިތުރުން އެމީހުންގެ އެއް ދަރިފުޅެވެ. އަދި ޒަޚަމްވި އަނެއް ދެ ކުދިންނަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނި ގޮތުގައި، މިއީ މެދުއިރުމަތީގައި ތިބި އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް އީރާނުން ދޭން އުޅުނު މިސައިލް ހަމަލާތަކަކަށް ރައްދު ދިނުމުގެ ގޮތުން ދިން ވަރުގަދަ ހަމަލާތަކެކެވެ. ސެންޓްކޮމް އިން ނެރުނު ބަޔާނެއްގައި ބުނީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ އަސްކަރީ މަރުކަޒުތަކާއި، މިސައިލް އަދި ޑްރޯން އުފައްދާ ތަންތަން ހިމެނޭހެން އެތައް އަމާޒަކަށް ހަމަލާދީފައިވާ ކަމަށެވެ.

މި ހަމަލާތައް ދީފައިވަނީ ޖުލައި 28 ވަނަ ދުވަހު އީރާނުން އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލްތައް ކާމިޔާބުކަމާއެކު ހުއްޓުވާފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާއިން ބުނާ ގޮތުގައި މެދުއިރުމަތީގައި މިހާރުވެސް އެ ގައުމުގެ 50،000 އަށްވުރެ ގިނަ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

އީރާނުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ގޭޝްމް އައިލެންޑުގެ އިތުރުން ހޫޒެސްތާން ޕްރޮވިންސްގެ އަހްވާޒް ސިޓީއަށްވެސް ހަމަލާތަކެއް އަމާޒުވެ، އެ ސިޓީގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ޚިދުމަތް ކެނޑިފައެވެ. މި ހަމަލާތަކާ ގުޅިގެން ސަރަހައްދީ މަސްރަހު ވަނީ އިތުރަށް ނުތަނަވަސްވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާނުގެ ދެކުނަށް އެމެރިކާއިން ދިން ހަމަލާތަކެއްގައި އެއް އާއިލާއެއްގެ ތިން މީހުން މަރުވެއްޖެދުނިޔެ | ގަޑިއިރެއް ކުރިންހޮރްމުޒް ކަނޑުއޮޅީގެ ހަމަޖެހުން ގާއިމުކުރުމަށް ސަރަހައްދީ އެއްބާރުލުމަށް އީރާނުން ގޮވާލައިފިދުނިޔެ | 2 ދުވަސް ކުރިންއީރާނުގެ އާގުބޯޓަށް ޔޫކްރެއިނުން ދިން ހަމަލާއަކީ ޓްރަމްޕަށް ދިން މެސެޖެއްދުނިޔެ | 3 ދުވަސް ކުރިންއީރާނުގެ ބްރިޖުތަކާއި ކަރަންޓު މަރުކަޒުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފިދުނިޔެ | 8 ދުވަސް ކުރިން