logo
Bank of Maldives

Bank of Maldives

ޚަބަރު

ކަނޑުމަގުން އެތެރެކުރަން އުޅުނު 4 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

އައިޝަތު އިނާޝާ
30 ޖުލައި 2026 - 11:31
ކަނޑުމަގުން އެތެރެކުރަން އުޅުނު 4 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

ކަނޑުމަގުން ރާއްޖެއެތެރެކުރަން އުޅުނު 2.2 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ 2026 ޖުލައި 27 ވަނަ ދުވަހުއެވެ. އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބާވަތަކީ 'މެތްއެމްފެޓަމީން' އެވެ. މިތަކެތީގެ ބަރުދަނުގައި ޖުމްލަ 2231 ގްރާމް (2.2 ކިލޯ) ހުރި ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދީފައިވެއެވެ. އަދި މި ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 4.4 މިލިއަން ދިވެހި ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސް އިން ލަފާކުރެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމްސްއާއި ކަމާބެހޭ އެހެނިހެން މުވައްސަސާތަކުން ގުޅިގެން ދަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ.

މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ އިތުރަށް ތަހުގީގު ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކުރެވިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަނޑުމަގުން އެތެރެކުރަން އުޅުނު 4 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފިޚަބަރު | 2 ގަޑިއިރު ކުރިންކަނޑުމަގުން އެތެރެކުރި 3 ކިލޯގެ މަސްތުވާތަކެތި އަތުލައި ގަނެފިޚަބަރު | 6 ދުވަސް ކުރިންއައްޑޫއަށް ވައިގެ މަގުން އެތެރެކުރަން އުޅުނު 4.4 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިޚަބަރު | 9 ދުވަސް ކުރިންކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިޚަބަރު | މަހެއް ކުރިން