logo
Bank of Maldives

Bank of Maldives

ޚަބަރު

ސަމާލުވޭ! ހޮޓެލް ބުކް ކުރުމަށް ފޭކް ސްލިޕް ފޮނުވުމަށްފަހު، ރިފަންޑް ހޯދާ ސްކޭމެއް

އައިޝަތު ނަޝާ
31 ޖުލައި 2026 - 12:11
ސަމާލުވޭ! ހޮޓެލް ބުކް ކުރުމަށް ފޭކް ސްލިޕް ފޮނުވުމަށްފަހު، ރިފަންޑް ހޯދާ ސްކޭމެއް

ހޮޓެލް ބުކް ކުރުމަށް ފަހު ފޭކް ސްލިޕް ފޮނުވައި، ފައިސާ އަނބުރާ ދޭން އެދެމުންދާ މައްސަަލަތަކެއް ފެންމަތިވެ މިކަމަށް ހާއްސަ ސަމާލުކަމެއް ދޭން އެންޓި ސްކޭމް ސެންޓަރުން އެދިއްޖެއެވެ.

ފުލުހުން އިއްޔެ ވަނީ މިދިޔަ ހަފްތާގެ ސްކޭމް ތަފާސްހިސާބުތައް އާއްމުކޮށްފައެވެ. އެންޓި ސްކޭމް ސެެންޓަރުން ބުނީ، މި ހަފްތާގައި ޖުމްލަ 33 ސްކޭމް މައްސަލަ ރިޕޯޓުކުރެވިފައިވާއިރު، މިމައްސަލަތަކުގައި 184,235.00 ރުފިޔާގެ ގެއްލުމެއް ވެފައިވާ ކަމަަށެވެ. އަވަސް ފިޔަވަޅުތަކާއެކު 72,073.00 ރުފިޔާ ވަނީ ކާމިޔާބުކަމާއެކު އަނބުރާ ހޯދައިދެވިފައިވާ ކަމަށްވެސް އެ ސެންޓަރުންވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ސެންޓަރުން ބުނިގޮތުގައި، އޮންލައިން ވިޔަފާރި (އީ-ކޮމާސް) ސްކޭމްތަކަކީ މި ހަފްތާގައިވެސް އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ މައްސަލަތަކެވެ. މިގޮތުން އެފަދަ 16 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު، ބުކިން ކެންސަލް/ރިފަންޑް ސްކޭމްގެ ހަތް މައްސަލައެއްވެސް ރިޕޯޓުކޮށްފައިވާ ކަމަށް އެ ސެންޓަރުން ވަނީ ބުނެފައެވެ.

މިހާރު ފެންމަތިވެފައިވާ ސްކޭމަކީ، މީސް މީޑިއާ މެދުވެރިކޮށް ހޮޓާ/އެޕާޓްމަންޓް ބުކިން ހެދުމަށްފަހު، ސައްހަނޫން ފައިސާ ފޮނުވި ސްލިޕް ހިއްސާކޮށް، ކުއްލި ކަމެއް ދިމާވެގެން ބުކިންގ ކެންސަލްކުރަން ބުނެ އަވަހަށް ފައިސާ އަނބުރާ ހޯދުމަށް އެދޭ ސްކޭމެކެވެ.

އެންޓި ސްކޭމް ސެންޓަރުން ވަނީ ބުކިން ކެންސަލް/ރިފަންޑް ސްކޭމް ހިންގާ ގޮތާއި ރައްކާތެރިވުމަށް އެޅިދާނެ ގޮތް ކިޔާދީފައެވެ. އެގޮތުން އެކައުންޓަށް ފައިސާ ޖަމާވެފައިވޭތޯ ކަށަވަރުކުރުމާއި ފައިސާ ފޮނުވިކަމުގެ ސްލިޕަށް އެކަނި އިތުބާރު ނުކޮށް، ރިފަންޑް ދިނުމުގެ ކުރިން އެކައުންޓަށް ފައިސާ ވަދެފައިވާކަން ބޭންކިން އެޕް މެދުވެރިކޮށް ޔަގީންކުރުމަށް ވަނީ އެދިފައެވެ.

އަދި ކުއްލި އަވަސްކަމެއް ދެއްކި ނަމަވެސް، ތަނުގެ ރަސްމީ ރިފަންޑް އުސޫލާ އެއްގޮތަށް އަމަލުކުރުމަށް ސަމާލުކަންދިނުމަށް ވެސް އެ ސެންޓަރުން ވަނީ އެދިފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަމާލުވޭ! ހޮޓެލް ބުކް ކުރުމަށް ފޭކް ސްލިޕް ފޮނުވުމަށްފަހު، ރިފަންޑް ހޯދާ ސްކޭމެއްޚަބަރު | 2 ގަޑިއިރު ކުރިންސްކޭމްގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާން ކޮށްފިޚަބަރު | މަހެއް ކުރިންއެންމެ ބޮޑު އެއް ގޮންޖެހުމަކީ ސްކޭމްގެ މައްސަލަ ރިޕޯޓުކުރުން ލަސްކުރުން: ފުލުހުންޚަބަރު | 4 މަސް ކުރިން"ރިޕެއާ ސްކޭމް" އަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިޚަބަރު | 4 މަސް ކުރިން