logo
Bank of Maldives

Bank of Maldives

ޚަބަރު

"ރިޕެއާ ސްކޭމް" އަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

މަރިޔަމް މާޙީ
6 އޭޕްރީލު 2026 - 07:36
"ރިޕެއާ ސްކޭމް" އަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ހިންގާ "ރިޕެއާ ސްކޭމް" އަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން އިލްތިމާސްކޮށްފި އެވެ.

ފުލުހުން ބުނީ މި ސްކޭމަރުން އެންމެ ފުރަތަމަ ބަލަނީ މާކެޓްޕްލޭސްގައި "Sold" ނުވަތަ ވިއްކާލެވިފައިވާ ކަމަށް ފާހަގަކޮށްފައިވާ ތަކެތި ކަމަށެވެ. އެއަށްފަހު، އެ މުދާ ވިއްކި ފަރާތަށް ގުޅައި ނުވަތަ މެސެޖުކޮށް، އެ މުދަލަކީ އެމީހުން މަރާމާތު (repair) ކުރި އެއްޗެއް ކަމަށް ބުނެ އިތުބާރު ހޯދަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން، މުދާ މަރާމާތުކޮށް ނިންމާފައިވާ ކަމަށް ބުނެ، އެކަމުގެ އުޖޫރަ ނުވަތަ ރިޕެއަރ ފީ ދެއްކުމަށް އެދެއެވެ. އިތުބާރު ހޯދުމުގެ ގޮތުން ބައެއް ފަހަރު ފޭކް ރިސިޕްޓް ނުވަތަ އިންވޮއިސް ވެސް ސްކޭމަރުން ދައްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިފަދަ ކަންކަމުން ސަލާމަތްވުމަށް ޓަކައި ކުރިން ނުދަންނަ ފަރާތްތަކަށް ފައިސާ ނުފޮނުވުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި މުދަލެއް މަރާމާތުކުރަން ތިބާ އަމިއްލައަށް ހަވާލުނުކުރާ ފަރާތަކުން ފައިސާއަށް އެދުނަސް، އެއްވެސް ފައިސާއެއް ނުފޮނުވުމަށް ވެސް ވަނީ ނަސޭހަތްތެރިވެފަ އެވެ.

މީގެ އިތުރުން މަރާމާތުކުރި ކަމަށް ބުނާ ފަރާތަކީ ކޮބައިކަމާއި، އެފަރާތާ މުދާ ހަވާލުކުރީ ކާކުތޯ ސުވާލުކޮށް، އެކަން ފުރިހަމައަށް ކަށަވަރުކުރަންޖެހޭނެ ކަމަށާއި، ބޭންކް އެކައުންޓް ނަންބަރު ޗެކްކޮށް، ފައިސާ ފޮނުވަން ބުނާ އެކައުންޓަކީ މީގެ ކުރިން ސްކޭމްގެ ރިޕޯޓް ލިބިފައިވާ އެކައުންޓެއްތޯ ބަލައި ޔަގީންކުރުމަކީ މުހިންމު ކަމެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިފަދަ ކަންކަމަކީ މުޖުތަމައުގެ އިޖުތިމާއީ އަދި އިގްތިސާދީ ރައްކާތެރިކަމަށް އޮތް ނުރައްކަލެއް ކަމުގައިވާތީ، މުދާ ގަނެވިއްކުމުގެ މުއާމަލާތްތަކުގައި އިތުރަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސޯސަންމަގު އެކްސިޑެންޓްގައި އަނިޔާވި މާހިދާ ނިޔާވެއްޖެ، ރައީސްގެ ތައުޒިޔާޚަބަރު | 17 ގަޑިއިރު ކުރިންސޯސަން މަގުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި އަންހެންމީހާ ނިޔާވެއްޖެޚަބަރު | 21 ގަޑިއިރު ކުރިންޅ. އަތޮޅުގެ ދެ ރަށަކުން މަސްތުވާތަކެއްޗާއެކު 3 މީހަކު ހައްޔަރުކޮށްފިޚަބަރު | 2 ދުވަސް ކުރިން 3 ވުޒާރާގައި އަލިފާން ރޯވީ ކަރަންޓު މައްސަލައަކުން، ގަސްތުގައި ރޯކޮށްލި ކަމުގެ ހެއްކެއް ނެތް: ފުލުހުންޚަބަރު | 2 ދުވަސް ކުރިން