logo
Bank of Maldives

Bank of Maldives

ޚަބަރު

ޒުވާނުންނަށް އަމާޒުކޮށް، ބާއްވާ ޔޫތް ޕާލަމެންޓް ފަށައިފި

އަޙުމަދު ރިޝާން
1 އޯގަސްޓު 2026 - 13:29
ޒުވާނުންނަށް އަމާޒުކޮށް، ބާއްވާ ޔޫތް ޕާލަމެންޓް ފަށައިފި

 

ޒުވާނުންނަށް އަމާޒުކޮށް ބާއްވާ "ޕްރެކްޓިސް ޕާލިމަންޓް ފޯ ޔޫތު 2026" ފަށައިފި އެވެ.

Ad by Hajj Corporation

Ad by Hajj Corporation


 މިއީ ރައްޔިތުންގެ މަޖިލީހާއި ޔޫއެންޑީޕީ ގުޅިގެން ކުރިޔަށް ގެންދާ ހަރާކަތެކެވެ. މި ޕާލިމެންޓް ކުރިޔަށްދާނީ މިއަދުން ފެށިގެން މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ތަމްރީނުތައް ބޭއްވުމުގެ ބޭނުކަމީ ގައުމީ ފެންވަރުގެ ނިންމުންތަކުގައި ޒުވާނުން ބައިވެރިވުމުގެ ހުނަރު ތަރައްގީކޮށްދިނުން ކަމަށް ރައްޔިތުންގެ މަޖިލީހުން މައުލޫމާތުދެ އެވެ.

މި މަޖިލީހުގައި 38 ފަރާތަކުން ބައިވެރިވެފައިވެ އެވެ. މި ޕްރޮގްރާމުގެ ބައިވެރިން ހޮވާފައިވަނީ، އާއްމުކޮށް އިއުލާން ކޮށްގެންނެވެ. ރައްޔިތުންގެ މަޖިލީހުން ބުނީ މި ތަމްރީނު ޕްރޮގްރާމްގެ މައިގަނޑު މަޤުސަދަކީ، ޒުވާނުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް ހިތްވަރުދިނުން ކަމަށެވެ. މީގެ އިތުރުން ކުރިމަގުގައި ސިޔާސީ މަގާމުތަކަށް ޒުވާނުން ކުރިމަތިލުމަށް ބާރުއަޅައި އެހީތެރިވެދިނުމާއި މަޖިލީހުގައި ހިމެނޭ ޒުވާން މެންބަރުންގެ އަދަދު އިތުރު ކުރުން ވެސް މި ތަމްރީނުތަކުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.

މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި މައުލޫމާތު ދެނީ، މަޖިލީހުގެ މަސައްކަތްތަކާއި، ޤާނޫނުތަކާއި، ސަރުކާރު ޖަވާބުދާރީ ކުރުވުމާއި، ބަޖެޓު ދިރާސާ ކުރުމާއި، ކޮމިޓީތަކުގެ މަސައްކަތް ހިނގާގޮތްތަކާ ބެހޭ ގޮތުންނެވެ. މީގެ އިތުރުން ހިޔާލު ފާޅުކުރުމުގެ ހުނަރުތަކާއި، ބަހުސްކުރާނެ ގޮތްތައް ދަސްކޮށްދިނުން ވެސް ހިމެނެ އެވެ. އަދި ކެމްޕެއިންގެ އުކުޅުތަކާއި ސިޔާސީ ހަރަކާތްތައް ހިންގާ ގޮތާއި އިންތިހާބުތަކުގައި ކަންކަން ހިނގާ ގޮތް އޮޅުންފިލުވައި ދިނުން ވެސް ހިމެނެ އެވެ.

މިއީ މިގޮތަށް ކުރިޔަށް ގެންދާ 14 ވަނަ ޕްރޮގްރާމެވެ. މީގެ ތެރެއިން 6 ތަމްރީނު ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފައި ވަނީ ޒުވާނުންނަށް އަމާޒުކޮށްގެންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޒުވާނުންނަށް އަމާޒުކޮށް، ބާއްވާ ޔޫތް ޕާލަމެންޓް ފަށައިފިޚަބަރު | ގަޑިއިރެއް ކުރިންމިނިސްޓަރު ސައީދުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީން މަޖިލީހަށް ވައްދައިފިޚަބަރު | 5 ގަޑިއިރު ކުރިންރަށްރަށުގެ އަސާސީ ޚިދުމަތްތައް ފުރިހަމަނުވެ އޮތީ އެމްޑީޕީ ސަރުކާރުން ހެދި ބޮޑެތި ގޯސްތަކުގެ ސަބަބުން: މަމްދޫހްޚަބަރު | 2 ދުވަސް ކުރިންއެމްޑީޕީ ސަރުކާރުގައި ހުޅުދޫ އިންޖީނުގޭ އަޅަން 185 މިލިއަން ދޫކުރި، ފެންނަން ހުރީ ވަށާފާރަކާ ސައިލެންސަރެއް: ޝާޑްޚަބަރު | 2 ދުވަސް ކުރިން