logo
Bank of Maldives

Bank of Maldives

ޚަބަރު

2023 އާއި ހަމައަށް އައިއިރު ރަށްރަށުގެ އަސާސީ ޚިދުމަތްތައް ފުރިހަމަނުވެ އޮތީ އެމްޑީޕީ ސަރުކާރުން ހެދި ބޮޑެތި ގޯސްތަކުގެ ސަބަބުން: މަމްދޫހް

މުހައްމަދު މޫސާމުހައްމަދު މޫސާ
30 ޖުލައި 2026 - 09:05
ރަށްރަށުގެ އަސާސީ ޚިދުމަތްތައް ފުރިހަމަނުވެ އޮތީ އެމްޑީޕީ ސަރުކާރުން ހެދި ބޮޑެތި ގޯސްތަކުގެ ސަބަބުން: މަމްދޫހް

ރާއްޖޭގެ ރަށްރަށުގެ އަސާސީ ޚިދުމަތްތައް ފުރިހަމަނުވެ ލަސްވެގެން ދިޔައީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ހެދި ބޮޑެތި ގޯސްތަކުގެ ސަބަބުން ކަމަށް ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހް ވިދާޅުވެއްޖެއެވެ. ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަމްދޫހް ވަނީ ކުރީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މަމްދޫހް ފާހަގަކުރެއްވި ގޮތުގައި 2018 ވަނަ އަހަރު އެމްޑީޕީ ވެރިކަމާ ހަވާލުވިއިރު، ރަށްރަށުގެ ގާތްގަނޑަކަށް 28 އިންސައްތަ ރަށްރަށަށް ފެނާއި ނަރުދަމާގެ ޚިދުމަތް ދެމުންދިޔައެވެ. ނަމަވެސް، 2019 ވަނަ އަހަރު ފެށި ގިނަ މަޝްރޫއުތަކެއް 2020 އާއި 2021 އާ ހިސާބުން ހުއްޓިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ މައިގަނޑު ސަބަބަކީ އެ މަސައްކަތްތައް ހިންގޭވަރުގެ ގާބިލުކަން ނެތް ކުންފުނިތަކާ މަޝްރޫއުތައް ހަވާލުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަމްދޫހް އިތުރަށް ވިދާޅުވީ، އޭރުގެ އެމްޑީޕީގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުންނަށް ނާޖާއިޒު ފައިދާވާނެ ގޮތަށް ކުންފުނިތަކުގެ ތެރެއިން ކަންތައްތައް ކުރަމުންދިޔަ ކަމަށެވެ. 

"އެންމެ ފަހުން ހެދި އޮޑިޓް ރިޕޯޓުން ވެސް އަޅުގަނޑުމެންނަށް ފެންނަން މި އޮތީ ވަރަށް ބޮޑެތި ގޯސްތައް ޙަޤީޤަތުގައި އޭރުގެ ސަރުކާރުގެ ތެރެއިން ހަދާފައި އޮތް ތަން،" މަމްދޫހް ވިދާޅުވިއެވެ.

މި ގޯސްތައް ނެހެދި ނަމަ 2023 ވަނަ އަހަރާ ބައްދަލުކުރިއިރު ރަށްރަށުގައި އެ ޚިދުމަތްތައް ފުރިހަމަވެފައި އޮންނާނެ ކަމަށް އޭނާ ވަކާލާތު ކުރެއްވިއެވެ.

އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ކުރީ ސަރުކާރުގެ ވެރިން ވަރަށް ބޮޑަށް މަސައްކަތްތައް މިސްމެނޭޖްކޮށްފައިވާ ކަމަށާއި، އޭގެ ސަބަބުން ފެނާއި، ނަރުދަމާ، ކަރަންޓު އަދި ކުނި މެނޭޖްކުރުމުގެ ޚިދުމަތްތައް އެންމެ އެދެވޭ ގޮތެއްގައި ރަށްރަށަށް ފޯރުކޮށްދެވިފައި ނުވާ ކަމަށް މަމްދޫހް ވިދާޅުވިއެވެ.

މިހާރުގެ ސަރުކާރުގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން މަމްދޫހް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ ކުނި މެނޭޖްކުރުމަކީ ވެސް އަސާސީ ޚިދުމަތެއްގެ ގޮތުގައި ކަނޑައަޅައިގެން އެ މަސައްކަތް ފުރިހަމަކުރުމަށް އިސްކަންދެއްވާ ވެރިއެއް ކަމަށެވެ. މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ކުނި މެނޭޖްކުރުމަކީ އަސާސީ ޚިދުމަތެއްގެ ގޮތުގައި ބަލައިގެން މަސައްކަތްތަކެއް ކޮށްފައި ނުވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަށްރަށުގެ އަސާސީ ޚިދުމަތްތައް ފުރިހަމަނުވެ އޮތީ އެމްޑީޕީ ސަރުކާރުން ހެދި ބޮޑެތި ގޯސްތަކުގެ ސަބަބުން: މަމްދޫހްޚަބަރު | ގަޑިއިރެއް ކުރިންއެމްޑީޕީ ސަރުކާރުގައި ހުޅުދޫ އިންޖީނުގޭ އަޅަން 185 މިލިއަން ދޫކުރި، ފެންނަން ހުރީ ވަށާފާރަކާ ސައިލެންސަރެއް: ޝާޑްޚަބަރު | 2 ގަޑިއިރު ކުރިންރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ރައީސް ވަރަށް ބުރަ މަސައްކަތްޕުޅުތަކެއް އެބަ ކުރައްވާ: އައިބީޚަބަރު | 19 ގަޑިއިރު ކުރިންއަޅުގަނޑު ރިޔާސަތުގައި އިންނަހާ ހިނދަކު މަޖިލިސް ޖަނަވާރު ކޮށްޓަކަށް ނުހެދޭނެ: ސަލީމްޚަބަރު | ދުވަހެއް ކުރިން