ގްރޭޓަ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހަށް ގާނޫނީ ގޮތުން ދޭންޖެހޭ ހުރިހާ ބާރެއް ދޭނަން: ރައީސް
1 އޯގަސްޓު 2026 - 13:46

ގްރޭޓަ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހަށް ގާނޫނީ ގޮތުން ދޭންޖެހޭ ހުރިހާ ބާރެއް ދޭނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ގަރާރަކުން އަލަށް އުފެއްދެވި މި އޮފީހަކީ ދެންހުރި އިދާރާތަކުގެ މަސައްކަތް ހުއްޓުވާ އޮފީހެއް ނޫން ކަމަށެވެ. އަދި އެތަނަށް ވަކިން މާގިނަ މުވައްޒަފުންތަކެއް ނެގުމުގެ ވިސްނުންފުޅެއް ނެތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެ އޮފީހުގެ މަސައްކަތްތައް ކުރަމުންދާނީ ކަމާ ގުޅުންހުރި އިދާރާތަކުގައި މިހާރު ވެސް މަސައްކަތްކުރާ މުވައްޒަފުން ކަމަށެވެ.

Ad by Hajj Corporation
ރައީސް ވިދާޅުވީ އެ އޮފީހަކީ މާލޭގެ ޓްރެފިކާ ގުޅުންހުރި ހުރިހާ ކަމެއް ކުރަމުންދާނެ އޮފީސް ކަމަށެވެ. އަދި މިކަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުމާއި އެކު މިކަމަށް ހައްލެއް ގެނެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ޓްރާސްޕޯޓް މިނިސްޓްރީ އަށް މާލޭގައި ދެ ޕާކިން އެޅުމަށް މިހާރު ބިންދީފައިވާ ކަމަށާއި އެކަންކަމުގެ ހުރިހާ ކަމެއް ކުރަމުންދާނީ މި އޮފީހުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހަކީ ގަވަރނިންގ ބޯޑެއްގެ ލަފާގެ ދަށުން ހިންގާ އިދާރާއެކެވެ. މި އޮފީހުގެ މަސައްކަތްތަކުގެ ތެރޭގައި، މާލެ ސަރަހައްދުގެ މަގުތަކުގެ ތޮއްޖެހުމުގެ މައްސަލަ ޙައްލުކުރުމަށް ޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޕުރޮގުރާމުތައް އެކުލަވައިލައި އެ ޕުރޮގުރާމުތައް ތަންފީޒުކުރުމާއި، މާލެ ސަރަހައްދުގެ މަގުތަކުގައި ދުއްވާ އުޅަނދުތަކުގެ އަދަދު އިތުރުވުމުގެ ސަބަބުން ދިމާވެފައިވާ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް ވަށާޖެހޭ ޙައްލެއް ހޯދުމަށް ޓަކައި އެކުވައިލަންޖެހޭ ސިޔާސަތުތައް އެކުލަވައިލުމުގައި ކަމާބެހޭ ފަރާތްތަކަށް ލަފާދިނުމާއި، މާލޭ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީކޮށް، ޕާކުކުރެވޭނެ ވަސީލަތްތަކާއި އެހެނިހެން ޒަމާނީ ޙައްލުތައް ހޯދައި، އެފަދަ ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ތަންފީޒުކުރުމުގައި އިސްދައުރެއް އަދާކުރުން ހިމެނެއެވެ.


