އުރީދޫން ވަނީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކޮށްފައި
1 އޯގަސްޓު 2026 - 14:00

ވެއަތުވި 21 އަހަރަކީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމުގައި މުހިންމު ދައުރެއް އެކުންފުނިން އަދާކުރި އަހަރުތަކެއް ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެފި އެވެ.

Ad by Hajj Corporation
ރާއްޖޭގައި ހިދުމަތްދޭތާ 21 އަހަރު ފުރުމުގެ މުނާސިބަތުގައި އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ޝާދީ ގަވާސްމީ ވިދާޅުވީ ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސާދީ ކުރިއެރުމުގައި މުހިންމު ދައުރެއް ވެއަތުވި 21 އަހަރުގައި އެކުންފުނިން އަދާކޮށްފައިވާ ކަމަށެވެ. އަދި މިއީ ފަހުރުވެރި އަހަރުތަކެއް ކަމަށް ވެސް އޭނާ ސިފަކުރެއްވެވި އެވެ.
އުރީދޫގެ ސީއީއޯ ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބާރުވެރިކުރުވުމާއި ޒަމާނީ ޓެކްނޮލަޖީ ދުނިޔޭގެ ފެންވަރުގައި ރާއްޖެ އަށް ފޯރުކޮށްދިނުމުގައި އުރީދޫ އަބަދު ވެސް ދެމި އޮންނާނެ ކަމަށެވެ.
އުރީދޫގެ ސީއީއޯ އިތުރަށް ވިދާޅުވީ ކަސްޓަމަރުންނާއި މުވައްޒަފުންގެ ފަރާތުން ލިބޭ އެއްބާރުލުމަކީ އެކިގޮތް ގޮތުން ރާއްޖެއަށް އާއީޖާދުތައް ގެނެސްދީ އުޖާލާ މުސްތަގުބަލެއް ބިނާކުރުމަށް އުރީދޫ އަށް ލިބުން ބޮޑު ހިތްވަރެއް ކަމަށެވެ.
އުރީދޫން ރާއްޖެ އަށް ހިދުމަތްދޭން ފަށާފައި ވަނީ 2005 ވަނަ އަހަރު އެވެ. އެކުންފުނީގެ އަހަރީ ދުވަހަކީ 1 އޮގަސްޓް އެވެ.


