logo
Bank of Maldives

Bank of Maldives

ޚަބަރު

މިއަހަރުގެ މިހާތަނަށް ގަވައިދާ ހިލާފަށް ޕާކް ކޮށްގެން 3،417 އުޅަނދު ޓޯކުރި

އައިޝަތު ނަޝާ
3 އޯގަސްޓު 2026 - 12:49
މިއަހަރުގެ މިހާތަނަށް ގަވައިދާ ހިލާފަށް ޕާކް ކޮށްގެން 3،417 އުޅަނދު ޓޯކުރި

މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ގަވައިދާ ޚިލާފަށް ޕާކުކޮށްގެން 3،417 އުޅަނދު ޓޯ ކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިއަދު ފުލުހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ޖޫން މަހުގެ ނިޔަލަށް ޖުމްލަ 4،679 އުޅަނދެއް ޓޯ ކޮށްފައިވެ އެވެ. އޭގެތެރޭގައި ގަވައިދާ ޚިލާފަށް ޕާކުކޮށްގެން 3،417 އުޅަނދަކާއި ނުރައްކާތެރިކޮށް ދުއްވައިގެން 77 އުޅަނދަކާއި ލައިސަންސްނެތި ދުއްވައިގެން 1،052 އުޅަނދަކާއި އަސްލަށް ބަދަލު ގެނެސްގެން 32 އުޅަނދެއް ޓޯ ކޮށްފައިވެ އެވެ. އަދި އެހެން ޒޯނެއްގައި ދުއްވައިގެން 71 އުޅަނދަކާއި އެހެނިހެން މައްސަލަތަކާ ގުޅިގެން 32 އުޅަނދެއް ޓޯ ކޮށްފައިވެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގަވައިދާ ޚިލާފަށް ޕާކުކޮށްގެން ޓޯ ކުރި ޖުމުލަ 3،417 އުޅަނދުފަހަރުގެ ތެރޭ ގިނައިން ހިމެނެނީ ސައިކަލެވެ. އެގޮތުން 3،336 ސައިކަލަކާއި ހަތަރު ފުރޮޅުލީ 81 އުޅަނދެއް އޭގެ ތެރޭ ހިމެނޭ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

މީގެ އިތުރުން ރަސްމީ އެކި މުނާސަބަތުތަކާ ގުޅިގެން ނޯޓިސް ދިނުމަށް ފަހު 1,080 އުޅަނދެއް އެހެން ސަރަހައްދުތަކަށް ބަދަލުކޮށްފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިއަހަރުގެ މިހާތަނަށް 21،354 އުޅަނދެއް ބަލައި ފާސްކޮށްފައިވެ އެވެ. އޭގެ ތެރެއިން 10,878 އުޅަނދެއް ޖޫރިމަނާކޮށް، އުޅަނދު ފަހަރު ދުއްވި 8،740 ފަރާތަކަށް ނަސޭހަތް ދީފައިވެ އެވެ.

ފުލުހުން ބުނީ ޖޫން މަހުގެ ނިޔަލަށް ދުވާލަކު އެވަރެޖުކޮށް 118 އުޅަނދު ފާސްކޮށް 60 ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އެ ހަ މަހުގެ ތެރޭ ބަލައި ފާސްކުރި ކޮންމެ 100 އުޅަނދަކުން ގާތްގަނޑަކަށް 51 އުޅަނދު ޖޫރިމަނާކޮށް، އުޅަނދު ދުއްވާ 41 ފަރާތަކަށް ނަސޭހަތް ދީފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެ އެވެ.

މަގުމަތީގެ ގަވައިދުތައް ތަންފީޒުކޮށް އަމާންކަން ކަށަވަރުކުރުމަށްޓަކައި މިއަހަރު ދެބައިވިއިރު 998 ޗެކްޕޮއިންޓެއް ގާއިމުކޮށް، ސްކޫލު ސަރަހައްދުތަކާއި މަގުމަތީގެ ޓްރެފިކް ބެލެހެއްޓުމަށްޓަކައި ޖުމްލަ 10,263 ހަރަކާތެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުުން ހިއްސާކުރި އެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުގައިވާ ގޮތުން އުޅަނދުފަހަރު އެންމެ ގިނައިން ޖޫރިމަނާކުރީ އުޅަނދުގެ އަހަރީ ފީގެ މުއްދަތު ހަމަވެފައިވާ މައްސަލަތަކުގައެވެ. އެގޮތުން އަހަރީ ފީގެ މައްސަލަތަކުގައި 2,249 ޖޫރިމަނާއެއް ކޮށްފައިވާ ކަމަށް އެ ތަފާސްހިސާބުތަކުގައިވެ އެވެ.

ފުލުހުން ބުނީ، އޭގެ އިތުރުން ވެސް އިންޝުއަރެންސާއި ރޯޑްވާދިނަސްގެ މުއްދަތު ހަމަވުމާއި ލައިސަންސް ނެތި ދުއްވުމާއި ޓްރެފިކް ނިޝާންތަކާ ޚިލާފުވެގެން ވެސް މީހުން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި ނަންބަރު ޕްލޭޓުގެ މައްސަލަތަކާއި އުޅަނދުފަހަރު ދުއްވަމުން ފޯނު ބޭނުންކުރުމާއި ޓެކްސީކުރުމުގެ ގަވާއިދުތަކާ ޚިލާފުވެގެން ވެސް މީހުން ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ ދެބައިކުޅަ އެއްބައި ފުލުހުން ހޯދައިފިޚަބަރު | ގަޑިއިރެއް ކުރިންމަސްތުވާތަކެތި ވިއްކާ ވިޔަފާރި ކުރުމުގެ ތުހުމަތުގައި 26 ސެލޯފިންކޯޅާ އެކު ޒުވާނަކު ހައްޔަރު ކޮށްފިޚަބަރު | ގަޑިއިރެއް ކުރިންމިއަހަރުގެ މިހާތަނަށް ގަވައިދާ ހިލާފަށް ޕާކް ކޮށްގެން 3،417 އުޅަނދު ޓޯކުރިޚަބަރު | 2 ގަޑިއިރު ކުރިން ފޭސް ދޭއްގެ ޓަވަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިޚަބަރު | 3 ދުވަސް ކުރިން