logo
Bank of Maldives

Bank of Maldives

ޚަބަރު

ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ ދެބައިކުޅަ އެއްބައި ފުލުހުން ހޯދައިފި

އައިޝަތު ނަޝާ
3 އޯގަސްޓު 2026 - 13:48
ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ ދެބައިކުޅަ އެއްބައި ފުލުހުން ހޯދައިފި

މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކުގައި ރައްޔިތުންނަށް ގެއްލުނު ފައިސާގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި އަނބުރާ ހޯދައިދީފައި ވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

ފުލުހުން ބުނީ މިފައިސާތައް ހޯދުނީ ފުލުހުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ. މިއަހަރުގެ ޖުލައި 26 އިން އޯގަސްޓް 1 ގެ ނިޔަލަށް ، ސްކޭމްގެ 42 މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވެ އެވެ.
 އަދި މި މުއްދަތުގައި ރިޕޯޓުކުރި މައްސަލަތަކުގައި ޖުމްލަ 334,549.00 ރުފިޔާގެ މާލީ ގެއްލުން ރައްޔިތުންނަށް ލިބިފައިވާއިރު، ފުލުހުންގެ އަވަސް މަސައްކަތުން އޭގެ ތެރެއިން 163,558.00 ރުފިޔާ ވަނީ އަނބުރާ ހޯދައިދީފައި ވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ މާލީ ކުށްތައް ހުއްޓުވުމަށާއި ރައްޔިތުންގެ މުދާ ރައްކާތެރިކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ލިބުނު ބޮޑު ކުރިއެރުމެކެވެ.

 

View post on Twitter

 

 ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފުތާގައި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އޮންލައިން ވިޔަފާރި ނުވަތަ އީ-ކޮމާސްއާ ގުޅުންހުރި ސްކޭމްތަކެވެ. އެގޮތުން 15 މައްސަލައެއް (35.71 އިންސައްތަ) ރިޕޯޓުކޮށްފައިވެއެވެ. ދެވަނައަށް އެންމެ ގިނައީ ބުކިން ކެންސަލްކޮށް ރިފަންޑް ހޯދުމުގެ ނަމުގައި ހިންގާފައިވާ އޮޅުވާލުންތަކެވެ. މިފަދަ 11 މައްސަލައެއް (26.19 އިންސައްތަ) ހުށަހަޅާފައިވެއެވެ.

 މީގެ އިތުރުން، ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާފައިވާ 8 މައްސަލައެއް (19.05 އިންސައްތަ) އަދި އެހެން މީހަކަށް ހެދިގެން އޮޅުވާލައިގެން ފައިސާ ހޯދުމުގެ 3 މައްސަލައެއް (7.14 އިންސައްތަ) ވަނީ ރިޕޯޓުކޮށްފައެވެ. އަދި އެހެނިހެން ގޮތްގޮތުން ހިންގާފައިވާ ސްކޭމްގެ 5 މައްސަލައެއް (11.90 އިންސައްތަ) މި މުއްދަތުގެ ތެރޭގައި ރިޕޯޓުކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މި ހަފްތާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ދުވާލެއްގެ މައްޗަށް އެވަރޭޖުކޮށް 6 މައްސަލަ ވަނީ ރިޕޯޓުކޮށްފަ އެވެ.

 ރައްޔިތުންގެ މާލީ ރައްކާތެރިކަން ދެމެހެއްޓުމަށާއި، މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް ހުއްޓުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން އޮންލައިންކޮށް ވިޔަފާރިކުރުމުގައި އިތުބާރު ނުކުރެވޭ ފަރާތްތަކަށް ކުރިއާލާ ފައިސާ ނުފޮނުވުމަށާއި، މުދާ ލިބުމުން ފައިސާ ދެއްކުމުގެ (ކޭޝް އޮން ޑެލިވަރީ) އުސޫލަށް އިސްކަންދިނުމަކީ މިފަދަ ސްކޭމްތަކުން ސަލާމަތްވުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއް ކަމަށް ފުލުހުން ވަނީ ތަކުރާރު ކޮށް ބުނެފަ އެވެ.

އަދި ބޭރު ފައިސާ މާރުކުރުމުގައި ސޯޝަލް މީޑިއާ ގްރޫޕްތަކުގެ ބަދަލުގައި، ރަސްމީ ބޭންކުތަކާއި ހުއްދަ އޮންނަ މަނީ އެކްސްޗޭންޖްތަކުގެ ޚިދުމަތް ހޯދުމަށް ސަމާލުކަން ދިނުމާއި، ގާތް ރައްޓެއްސަކު ނުވަތަ އާއިލާގެ މެންބަރެއްގެ ނަމުގައި ފައިސާއަށް އެދި މެސެޖެއް ލިބުނު ކަމުގައިވިޔަސް، ފައިސާ ފޮނުވުމުގެ ކުރިން އެ މީހަކަށް ގުޅައި އެއީ ސައްހަ މުއާމަލާތެއްކަން ޔަގީންކުރުމަށް ވެސް ފުލުހުން އިލްތިމާސްކުރެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ ދެބައިކުޅަ އެއްބައި ފުލުހުން ހޯދައިފިޚަބަރު | 2 ގަޑިއިރު ކުރިންމަސްތުވާތަކެތި ވިއްކާ ވިޔަފާރި ކުރުމުގެ ތުހުމަތުގައި 26 ސެލޯފިންކޯޅާ އެކު ޒުވާނަކު ހައްޔަރު ކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންމިއަހަރުގެ މިހާތަނަށް ގަވައިދާ ހިލާފަށް ޕާކް ކޮށްގެން 3،417 އުޅަނދު ޓޯކުރިޚަބަރު | 3 ގަޑިއިރު ކުރިން ފޭސް ދޭއްގެ ޓަވަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިޚަބަރު | 3 ދުވަސް ކުރިން